ހުލާސާކޮށް އިއްޔެ: ދެ އަހަރުވީ އިރުވެސް މަނީ އެކްސްޗޭންޖު ލައިސަންސް ދޫކުރަން ނުފަށާ

May 3, 2023, 2:09 AM
އެމްއެމްއޭގެ އިމާރާތް. -- ފޮޓޯ: އަދަދު

އެމްއެމްއޭގެ އިމާރާތް. -- ފޮޓޯ: އަދަދު

ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވިއިރުވެސް, ހުއްދަ ދޫކުރުން އަދިވެސް އޮތީ މަޑުޖައްސާލާފައި ކަމަށް މޯލްޑިވްސް މަނެޓަރީ އޮތޯރިޓީން އިއްޔެ ބުންޏެވެ.

އާބާދީއާ އަޅާބަލާއިރު ގިނަ ވިޔަފާރިތަކަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް ބުނެ އެ ހުއްދަ އިތުރަށް ދޫކުރުން އެމްއެމްއޭއިން މެދުކަނޑާލީ އޮކްޓޯބަރު 15، 2020 ގަ އެވެ.

އޭގެ ފަހުން މި ނޫހުން ސުވާލު ކުރުމުން ޖެނުއަރީ، 2022، ގައި އެމްއެމްއޭއިން ބުނީ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އަލުން ދޫކުރަން ފަށާނެ ކަމަށާއި ހުއްދަ ދޫކުރާނީ އެކަމަށް ތައްޔާރުކޮށްފައިވާ އުސޫލު އިސްލާހު ކުރުމަށްފަހު ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އިއްޔެ އަނެއްކާ ސުވާލު ކުރުމުން އެމްއެމްއޭއިން މިހާތަނަށް ޖަވާބެއް ނުދެ އެވެ.

ވިޔަފާރިތަކަށް އެމްއެމްއޭއިން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރަނީ 1987 ވަނަ އަހަރު އެކުލަވާލާފައިވާ ގަވާއިދެއްގެ ދަށުންނެވެ. ޖުމްލަ އަށް މާއްދާގެ މައްޗަށް އެކުލަވާލާފައިވާ އެ ގަވާއިދުގައި، ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލެވޭނެ އުސޫލެއް ބަޔާންކޮށްފައެއްނުވެ އެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އެކަށީގެންވާ އަދަދެއްގެ ވިޔަފާރިތަކަށް ދީފައިވާ ކަމަށް ބުނާއިރު އެމްއެމްއޭގެ ވެބްސައިޓުން ފެންނަ ގޮތުގައި އެ ހުއްދަ ދޫކޮށްފައި ވަނީ 248 ވިޔަފާރިއަށެވެ. އޭގެ ތެރޭގައި ރިސޯޓުތައް ވަރަށް ގިނަ އެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލާފައިވާއިރު އެކި މައްސަލަޖެހިގެން އެ ހުއްދަ ބާތިލް ކުރަންޖެހޭ ފަރާތްތަކުގެ ހުއްދަ މަރުކަޒީ ބޭންކުން ދަނީ ބާތިލް ކުރަމުންނެވެ. އެގޮތުން ނޮވެމްބަރު، 2022 ގައި ވެސް 15 ވިޔަފާރިއަކަށް ދޫކޮށްފައި އޮތް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އެމްއެމްއޭއިން ބާތިލުކުރި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ފައިނަލުގައި މިރޭ، ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ފައިނަލުގައި މިރޭ، ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭ ކުޅުނު މެޗުގައި ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ތައްޓާއެކު އުފާފާޅުކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox