ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގުގައި ދުއްވާފައި ދިޔަ ޕިކަޕަކާއި ސައިކަލެއް ޖެހި، ސައިކަލުގައި އިން ޒުވާނަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 3:17 ހާއިރެވެ.
އަނިޔާވި 20 އަހަރުގެ ޒުވާނާ ފުރަތަމަ ފަރުވާއަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް, އިތުރު ފަރުވާއަށް ފަހުން އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
"މި އެކްސިޑެންޓްގައި ފުލުހުން ބަލަން ޖެހޭ ކަންކަން މި ދަނީ ބަލަމުން،" ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖުގައިވެ އެވެ.
އޭނާގެ ހާލަތު ކްރިޓިކަލް ކަމަށް "އަދަދު" ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.













