މުދަލު ޒަކާތުގެ ނިސާބަކީ 7312ރ. ކަމަށް ކަނޑައަޅައިފި

May 2, 2023, 9:22 AM
އިސްލާމިކް މިނިސްޓްރީގެ އޮފީސް ހިންގާ އިސްލާމީ މަރުކަޒު: މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ބާޒާރުގައި ރަނާއި ރިއްސަށް އަންނަ ބަދަލުތަކަށް ބަލާފައި -- ފޮޓޯ: އަދަދު ފައިލް

އިސްލާމިކް މިނިސްޓްރީގެ އޮފީސް ހިންގާ އިސްލާމީ މަރުކަޒު: މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ބާޒާރުގައި ރަނާއި ރިއްސަށް އަންނަ ބަދަލުތަކަށް ބަލާފައި -- ފޮޓޯ: އަދަދު ފައިލް

މުދަލު ޒަކާތުގެ ނިސާބަކީ ދިވެހި ފައިސާއިން ދައްކާ ނަމަ 7312.55ރ. ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައެޅީ އެ މިނިސްޓްރީން އެކަމަށް ގެންގުޅޭ އުސޫލެއްގެ ދަށުން ކަމަށެވެ.

މުދަލު ޒަކާތް ދެއްކުން ވާޖިބުވާ ފަރާތްތަކުން އޭޕްރީލް 30، 2023 އިން ފެށިގެން މުދަލުގެ ޒަކާތް ދައްކަންޖެހޭނީ މިނިސްޓްރީން އަލަށް ކަނޑައެޅި އާ ނިސާބުގެ ދަށުން ކަމަށެވެ.

މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ މާކެޓުގައި ރަނާއި ރިހި ގަނެވިއްކާ އަގުތަކަށް ބަލައިގެނެވެ. އެ އަގުތައް ހިސާބު ކުރަނީ މޯލްޑިވްސް މަނެޓަރީ އޮތޯރިޓީންނެވެ. މިއަދުގެ ކުރިން އެންމެފަހުން މުދަލު ޒަކާތުގެ ނިސާބު ބަދަލު ކުރީ ޖެނުއަރީ، 2023 ގަ އެވެ. އެފަހަރު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައެޅީ 7062.65ރ. އެވެ.

ފިތުރު ޒަކާތުގެ ނިސާބަށް މިއަދު ބަދަލުތަކެއް ގެނައިރު ރޯދަ މަހު ނެގި ފިތުރު ޒަކާތް މިހާރު ވަނީ ބަހަން ފަށައިފަ އެވެ. ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox