އިއްޔެ ހަވީރު ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު "އަދަދު"އަށް ބުނީ މި މައްސަލަ އަންނަނީ ތަހުގީގުކުރަމުން ކަމަށާއި، މިކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ އެމްޑަބްލިއުއެސްސީ ލޯންޗަކާއި، ސާާސް ކޮންސްޓްރަކްޝަނުގެ ލޯންޗެއް ޖެހި ގެންނެވެ. މި އެކްސިޑެންޓުގައި ސާސް ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުالله އަހުމަދު (ސައުދު) ވަނީ ނިޔާވެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ އެމްޑަބްލިއުއެސްސީގެ ލޯންޗު ބާރަށް ދުއްވާފައި އަންނާތީ ސާސް ކޮންސްޓްރަކްޝަނުގެ ލޯންޗު މަޑުކޮށްގެން އޮއްވަ އެވެ.

އެކްސިޑެންޓު ހިނގި އިރު ސައުދު އިނީ ލޯންޗުގެ ފަހަތު ސީޓުގައި ކަމަށާއި، އެމްޑަބްލިއުއެސްސީގެ ލޯންޗު އަރާފައި ވަނީ ސާސް ލޯންޗުގެ ފަހަތު ބަޔަށް ކަމަށް މައުލޫމާތު ދިން މީހަަކު ބުންޏެވެ.
ސައުދު ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އޭނާގެ ހާލު ވަރަށް ދެރަ އެވެ.













