މާލެ ކައިރިން ދެ ލޯންޗެއް ޖެހި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ވިޔަފާރިވެރިޔަކު ނިޔާވި އެވެ.
އިއްޔެ ހަވީރު މިއަދު 4:42 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ނިޔާވީ ސާސްއީ ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުالله އަހުމަދު (ސައުދު)، 53، އެވެ. އެ ވަގުތު ލޯންޗުގައި ތިބީ އޭނާގެ އިތުރުން ކައްޕި އާއި ފަޅުވެރިއެކެވެ. ދެ ފަޅުވެރިންނަށް ގެއްލުމެއް ނުވެ އެވެ.
ސައުދު ނިޔާވީ އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ސާސްއީ ކޮންސްޓްރަކްޝަންގެ އިސް މުވައްޒަފަކު ކިޔައިދިން ގޮތުގައި އެކްސިޑެންޓު ހިނގީ ސައުދުﷲ އިން ލޯންޗު ގުޅީފަޅުން ހުޅުމާލެއަށް ދަތުރުކުރަމުން ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލޯންޗަކުން ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓު ހިނގީ ފޭދޫ ފިނޮޅު ކައިރިން ކަމަށް އޭނާ ބުންޏެވެ.
"އެ ލޯންޗު ވަރަށް ބާރަށް އަންނަތަން ފެނިގެން އަޅުގަނޑުމެންގެ ލޯންޗު މަޑުކޮށްލާފައި އޮއްވައި އައިސް ޖެހުނީ ވެސް،" ސާސްއީ ކުންފުނީގެ މުވައްޒަފު ބުންޏެވެ.


އެކްސިޑެންޓުގައި ނިޔާވި ސައުދުﷲ ދަތުރުކުރި، އޭނާގެ ސާސް ކޮންސްޓްރަކްޝަންގެ ލޯންޗު ހަލާކުވެފައި.
އެ އެކްސިޑެންޓުގައި ސާސް ކޮންސްޓްރަކްޝްގެ ލޯންޗުގެ އެއް ފަރާތު އަރިމަތިން ބޮޑުބައެއް ހަލާކުވެ، ގެގަނޑުގެ ބައެއް ވަނީ ނެއްޓިފަ އެވެ. ސައުދު އިށީދެގެން އިނީ އަނެއް ލޯންޗު އައިސް މުޑިއެރި ފަރާތުގެ އެންމެ ފަހަތު ސީޓުގަ އެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ފުލުހުން 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ،
ތަހުގީގު ލަސްވެގެން ސުވާލު އުފައްދަފާނެ. ތަހުގީގުގެ ހޯދުންތައް އާންމު ނުކުރާތީ، ނުވަތަ ތަހުގީގު ކުރިއަށް ދާ ގޮތް ނޭނގިގެން ވެސް ސުވާލު އުފައްދަފާނެ. އަޅުގަނޑު ހިތުން ބައެއް ފަހަރު ތަހުގީގެއް ލަސްވުމަކީ، އެ ތަހުގީގެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ,"
ދުވަހުގެ ފޮޓޯ













