މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުނި އުފައްދާފައި ވަނީ ހިދުމަތް ދޭން ފެށުމުގެ މަހެއްހާ ދުވަސް ކުރިންކަން ހާމަވެއްޖެ އެވެ. ހިދުމަތް ފޯރުކޮށް ދިނުމުގެ އަގެއްގެ ގޮތުގައި ސިޓީ ކައުންސިލުން އެ ކުންފުންޏަށް މަހަކު ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ދެއެވެ.
މައުލޫމާތު ހޯޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު" އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، 15 ޑުރައިވަރުންނާއި 10 ކޮންޑަކްޓަރުން ހަމަޖައްސައިގެން ބަގީގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ 'ޕިންކް ސްކައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏަކާ އެވެ.
އެ ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 20 ގަ އެވެ. އެއީ ބަގީގެ ހިދުމަތް ދިނުމުގައި "އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް" ހޯދުމަށް ފުރަތަމަ އިއުލާން ކުރުމުގެ ތިން ދުވަސް ކުރިންނެވެ. ބަގީގެ ހިދުމަތް ދިނުމަށް ކައުންސިލުން މަހަކު 390،000ރ. ހަރަދު ކުރެ އެވެ.
ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް 10 ބަގީ ގެނެސްފައިވާއިރު އެކަމަށް ޖުމްލަ 2.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި ބަގީތައް ގެނައުމަށް ހަވާލުކުރި ކުންފުންޏަކީ ކޮން ގައުމެއްގެ ކުންފުންޏެއްކަން ނޭނގޭ ކަމަށްވެސް ސިޓީ ކައުންސިލުން ދިން މައުލޫމާތުގައި ބުނެފައިވެ އެވެ.
މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން
ރަށްގިރުމުގެ މައްސަލަ ހައްލުކުރުގެ މަސައްކަތް ރަނގަޅަށް ކުރުމަށް ޓަކައި، ތިމާވެށީގެ ގޮތުން ރަށްރަށަށް އަންނަ ބަދަލުތައް ގަވާއިދުން ބަލައި ރެކޯޑު ކުރުމުގެ ނިޒާމެއް ބޭނުންވާކަން ފާހަގަ ކުރައްވައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ
އަޅުގަނޑުމެން އެބަ ޖެހޭ މިރަށްރަށަށް ވާނުވާ ގޮތް އަޅުގަނޑުމެން ދެނެގަނެ ރެކޯޑްސް ހުންނަން އެބަޖެހޭ. ދާއިމީ ގޮތެއްގައި ހުންނަ ރެކޯޑްތަކެއް އެބަ ހުންނަން ޖެހޭ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރަމުންދާ ކަމެއް. އަޅުގަނޑުމެން ވެސް މިކަން ކުރަން އަޅުގަނޑަށް ފެނޭ،"
ދުވަހުގެ ފޮޓޯ

މޯލްޑިވްސް އޯޕަން ބިލިއާޑު މުބާރާތުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












