ކައުންސިލްތަކުގެ ކުންފުނިތަކަށް ރައުސްމާލު ދޭން ހަރުކަށި އުސޫލެއް

ފިނޭންސް މިނިސްޓްރީގެ ކައިރިން މީހަކު ހިނގާފައި ދަނީ. ކައުންސިލްތަކުން ކުންފުނިތަކަށް ރައުސްމާލު ދޭން ފިނޭންސުން ވަނީ ހަރުކަށި އުސޫލެއް އެކުލަވާލައިފައި.

ފިނޭންސް މިނިސްޓްރީގެ ކައިރިން މީހަކު ހިނގާފައި ދަނީ. ކައުންސިލްތަކުން ކުންފުނިތަކަށް ރައުސްމާލު ދޭން ފިނޭންސުން ވަނީ ހަރުކަށި އުސޫލެއް އެކުލަވާލައިފައި.

ލޯކަލް ކައުންސިލްތަކުން ހިންގާ ކުންފުނިތަކާއި ކައުންސިލްތަކުގެ ހިއްސާވާ އަމިއްލަ ކުންފުނިތަކަށް ރައުސްމާލުގެ ގޮތުގައި މުދަލާއި ފައިސާ ދޫކުރަން ފިނޭންސުން ހަރުކަށި އުސޫލެއް ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ގެެޒެޓު ކޮށްފައިވާ އުސޫލުގައިވާ ގޮތުން ކައުންސިލްތަކުން ހިންގާ ކުންފުނިތަކަށާއި ކައުންސިލްތަކުގެ ހިއްސާ އޮންނަ އަމިއްލަ ކުންފުނިތަކަށް ވެސް ކައުންސިލްތަކުގެ ފައިސާ ދޫކުރެވޭނީ ހަމަ އެކަނި ރައުސްމާލުގެ ގޮތުގަ އެވެ. މީގެ މާނައަކީ އެފަދަ އެއްވެސް ކުންފުންޏަކުން ދުވަހުން ދުވަހަށް ކުރަން ޖެހޭ އެއްވެސް ހަރަދަކަށް ކައުންސިލްތަކުން ފައިސާ ދޫކުރުން މަނާވުމެވެ.

"ލޯކަލް އޮތޯރިޓީ ކުންފުނިތަކާއި ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި ކައުންސިލްތަކުން ހަރަދުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ގެޒެޓު ކުރި އެ އުސޫލުގައިވާ ގޮތުން އެފަދަ ހަރަދެއް ކުރެވޭނީ ކުންފުންޏާ ބެހޭ ގޮތުން ގިނަ ކަންތައްތަކެއް ބެލުމަށް ފަހުގަ އެވެ.

ރައުސްމާލު ދިނުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް;

  1. ކުންފުނީގެ ބިޒްނަސް ޕްލޭން
  2. ހިންގަމުންދާ ކުންފުންޏެއް ނަމަ އެ ކުންފުނީގެ މާލީ ހިސާބުތައް
  3. ކުންފުނިން ކެޕިޓަލްގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރާނެ ގޮތާއި އަންދާޒާކުރާ ފައިދާ އާއި ފައިދާއިން ބަހާނެ ކަމަށް ލަފާކުރާ ޑިވިޑެންޑާއި އިންވެސްޓުމެންޓުގައި ހުރި ހިރާސްތައް ހިމެނޭ ރިޕޯޓު

އެ އުސޫލުގައިވާ ގޮތުން ކައުންސިލަކުން ކުންފުންޏަކަށް ރައުސްމާލު ދޫކުރުމުގެ ކުރިން ކައުންސިލްތަކުން އިންވެސްޓު ކުރުމާ ބެހޭ އުސޫލެއް ނުވަތަ އިންވެސްޓުމެންޓް ޕޮލިސީއެއް ވެސް އެކުލަވައިލަން ޖެހެ އެވެ. އެ އުސޫލު ގައި ހިމަނަން ޖެހޭނެ ކަންތައްތައް ވެސް ފިނޭންސުން އޮތީ ކަނޑައަޅައިފަ އެވެ.

ފިނޭންސްގެ އުސޫލުގައިވާ ގޮތުން ކައުންސިލްތަކުގެ އިންވެސްޓްމެންޓް ޕޮލިސީގައި އެ ކައުންސިލަކުން އިންވެސްޓު ކުރާނެ ކަންތައްތައް ކަނޑައަޅާފައި އޮންނަން ޖެހެ އެވެ. ރައުސްމާލުގެ ގޮތުގައި އެ ކައުންސިލަކުން ފައިސާ އާއި މުދާ ދޫކުރާނެ މިންވަރު ވެސް އެ ޕޮލިސީގައި ބަޔާންކުރަން ޖެހެ އެވެ.

ކައުންސިލްތަކުގެ ކުންފުނިތަކާއި ކައުންސިލްތަކުން ހިއްސާވާ އަމިއްލަ ވިޔަފާރިތަކަށް ރައުސްމާލު ދޫކުރުމުގައި ކުރަން ޖެހޭ އެހެން ގިނަ ކަންަތައްތަކެއް ވެސް ފިނޭންސްގެ އުސޫލުގައި ތަފްސީލުކޮށް ހިމަނާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox