މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ބިދޭސީ ގައިދީއަކު މިއަދު މަރުވެއްޖެ އެވެ.
ކަރެކްޝަންސް އިން ބުނީ މަރުވީ އަމީނުލް އިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެއް ކަމަށެވެ. އެއީ ބަދުއަހުލާގީ މައްސަލައެއްގައި ހަތް އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ.
އޭނާ މަރުވިއިރު އުމުރުން 29 އަހަރެވެ.
އޭނާ މަރުވިކަން އެނގުނީ މިއަދު ހެނދުނުގެ ސައި ވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންދިޔުމުންނެވެ.
ހެލްތް ސެންޓަރުން މައުލޫމާތު ދިން ގޮތުގައި އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ.

އެކަމުގެ މައުލޫމާތުތައް އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް، ހިއުމަން ރައިޓްސް، އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހިއްސާކޮށްފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.












