ހުލާސާކޮށް އިއްޔެ: ރިޔާސީ ޓިކެޓުގެ ވާހަކަ ދައްކަންޖެހޭ ހާލަތެއް ނެތް ކަމަށް ބުނުން

Apr 21, 2023, 1:08 AM
ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

އިިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލުގައި ހުންނެވިޔަސް، ރިޔާސީ ޓިކެޓާ ގުޅޭ ވާހަކަ ދައްކަން ޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله އިއްޔެ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25, ގަ އެވެ. އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމުގެ އުއްމީދުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މަސައްކަތް ކުރައްވާކަން އެ ޕާޓީގެ މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ހަޔާތުގައި އެންމެ އަންހެނަކު ހުރުމުން ފިރިހެނުން ހިތް ހަމަ ނުޖެހިދާނެ އެތައް ސަބަބެއް އެބަހުއްޓެވެ. މި ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތައް ބަޔޮލޮޖީ އާއި އިވޮލޫޝަންގެ މައްޗަށް ބިނާވެފައިވާއިރު އަނެއްބައި ސަބަބުތަކަކީ ސަގާފީ އަދި މުޖުތަމައުގެ ކަންތައްތަކުގެ ނުފޫޒު ފޯރާފައިވާ ސަބަބުތަކެކެވެ. ފިރިހެނުން އެކަކަށް ވުރެ ގިނަ ބައިވެރިންނަށް އެދޭ އެންމެ އާންމު މަދު ސަބަބުތަކެއް، ރައްޔާން މުހައްމަދުގެ މި ލިޔުމުން ހޯދައިލަމާ ހިނގާށެވެ.

ދުވަހުގެ ކޯޓޭޝަން

މީހުންނަށް ގުޅައިގެން މަކަރުން ފައިސާ ހޯދާ މައްސަލަ ހައްލު ކުރަން ޓެލެކޮމް އޮޕަރޭޓަރުންގެ އެއްބާރުލުން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި އޮއްވައި އެކަމާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ؛

އަޅުގަނޑުމެންނަށް ލިބިފައިވާ ރެގިއުލޭޓަރީ އުސޫލުތަކުގެ ތެރެއިން ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެދޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދޭން އެދިއްޖެނަމަ އެ މައުލޫމާތު އުރީދޫއިން އަބަދުވެސް ފޯރުކޮށްދޭނެ،"

ދުވަހުގެ ފޮޓޯ

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހުޅުމާލޭ ވެޓްރަންސް ކުލަބުން
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހުޅުމާލޭ ވެޓްރަންސް ކުލަބުން

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އެފްއޭއެމްއިން ރޯދަ މަހު ބޭއްވި ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން. އިއްޔެ ދަ ގްރާންޑޭ ބައްދަލުކޮށް ހުޅުމާލޭ ވެޓްރަންސްއިން ތަށި ދިފާއުކުރީ 5-2 އިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox