ހުލާސާކޮށް އިއްޔެ: ނަޝީދުގެ ހަތަރު މެމްބަރަކަށް ފިޔަވަޅު އަޅަން ނިންމުން

Apr 20, 2023, 2:46 AM
ހުލާސާކޮށް އިއްޔެ: ނަޝީދުގެ ހަތަރު މެމްބަރަކަށް ފިޔަވަޅު އަޅަން ނިންމުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ތެރެއިން އުފައްދާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ތާއީދުކޮށްގެން ތިއްބެވި މަޖިލީހުގެ ހަތަރު މެމްބަރަކު ތަމްސީލު ކުރާ ކޮމިޓީތަކުން އެހެން ކޮމިޓީތަކަށް ބަދަލުކޮށް، އެ މެމްބަރުންނާމެދު ފިޔަވަޅުއަޅައި ދިނުމަށް ޕާޓީގެ ސެކްރެޓޭރިއަޓުގައި އެދެން އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ ފާސްކުރި އެވެ.

އެމްޑީޕީގެ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު، ނަޝީދު ވަނީ ޕާޓީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވައިފަ އެވެ. އެ ފެކްޝަނުގައި ތިއްބެވި މަޖިލީހުގެ މެމްބަރުން ގެންދަވަނީ ސަރުކާރާ ދެކޮޅަށް ކޮންމެ ޖަލްސާއަކަށްހެން ގަރާރުތަކާއި ކުއްލި މައްސަލަތައް ހުށަހަޅައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެކަމާގުޅިގެން ސަރުކާރަށް ތާއީދުކުރާ އެމްޑީޕީ މެމްބަރުން ގެންދަނީ އެކަން ހުއްޓުވައި، ފިޔަވަޅު އަޅައި ދިނުމަށް ގޮވާލަމުންނެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ފެކްޝަނުގައި ހިމެނޭ ހަތަރު މެމްބަރަކު ތިބި ކޮމިޓީތަކުން އެހެން ކޮމިޓީތަކަށް ބަދަލުކުރަން ނިންމާފައިވާކަން އެ ގުރޫޕުގެ މެމްބަރަކު "އަދަދު"އަށް ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

މިއަހަރުގެ ކުރީކޮޅު ވަރަށް ގިނައިން އަޑުއިވުނު ވާހަކައެކެވެ. ދައުލަތުގެ ބަޖެޓު 2008 އިން ފެށިގެން 2023 އާއި ހަމައަށް އައިއިރު ހަތަރުގުނަވި ވާހަކައެވެ. އެކަމަކު އާންމު ރައްޔިތުމީހާގެ އާމްދަނީ ހަތަރުގުނަ ނުވާ ވާހަކައެވެ. އާންމު ބަހުރުވައިން 'ބަޖެޓް' ކިޔަނީ ކަމަކަށް ޖުމްލަ ހަރަދުކުރުމަށް ގަސްދުކުރާ އަދަދަށެވެ. ދައުލަތުގެ ބަޖެޓަކީ ސަރުކާރުން އެފެށޭ ފިސްކަލް އަހަރަކަށް، ދައުލަތް ހިންގުމަށާއި ގައުމުގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރަން ކަނޑައަޅާފައިވާ އަދަދަކަށް ކިޔާ ނަމެކެވެ. މި މަޝްރޫއުތައް ގުޅެނީ އެ ސަރުކާރެއްގެ މެނިފެސްޓޯއާއިއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަދަދު ގެންނައިރު މިއާއި އެކީގައި މިއަދަދަށް ހަރަދުކުރުމަށް ފައިސާހޯދަން ރާވާފައިވާ ގޮތާއި، މިއަދަދަށް އެކިއެކި މަޝްރޫއުތަކަށް ހަރަދުކުރުމުން ގައުމަށް އަންނާނެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ވާހަކަ ތަފްސީލުކޮށްދެއެވެ. މިތަފްސީލުތައް ހިމެނެނީ ބަޖެޓު ފޮތުގައެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަހުސްކުރީ ރިސޯޓްތަކުގެ މަތީ މަގާމުތައް ދިވެހިންނަށް ހާއްސަކުރަން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރަކަށެވެ. އެހެން ނަމަވެސް އެ މައުލޫއު ގެންގޮސް ދައުލަތުން ކުރާ ހަރަދު ކުޑަކުރުމާ ގުޅުވައިލައްވައި އޭނާ ދައްކަވަން ފެއްޓެވީ ދައުލަތުން ނަޝީދަށް ކުރާ ހަރަދުގެ ވާހަކަ އެވެ. އެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ކުރާ ހަރަދުގެ ވާހަކަ ފާހަގަ ކުރައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ،

ދިވެހި ކޮންމެ ރައްޔިތަކަށް 80 ރުފިޔާ [ގެ މަގުން] ދިވެހި ދައުލަތުން ވަކި ބޭފުޅަކަށް ކުރާ ހަރަދުގެ ގޮތުގައި ހިމެނިގެން ދިއުމަކީ މިއީ ހިތާމަހުރިކަމެއް. މިއީ އަޅުގަނޑުމެންނަށް އޮބި އޮންނަވަރު ކަމަކަށް ނުވާނެ،"

ދުވަހުގެ ފޮޓޯ

ޕްރެޒިޑެންސް ކަޕްގައި ރޭ ސަސް އާއި އީގަލް ބައްދަލުކުރި މެޗުގައި ސަސްގެ އަޝްފާގު (ދަގަނޑޭ) އަށް ގެއްލުން ވެގެން އަށިގަނޑުގައި ބާލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން
ޕްރެޒިޑެންސް ކަޕްގައި ރޭ ސަސް އާއި އީގަލް ބައްދަލުކުރި މެޗުގައި ސަސްގެ އަޝްފާގު (ދަގަނޑޭ) އަށް ގެއްލުން ވެގެން އަށިގަނޑުގައި ބާލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން

ޕްރެޒިޑެންސް ކަޕްގައި ރޭ ސަސް އާއި އީގަލް ބައްދަލުކުރި މެޗުގައި ސަސްގެ އަޝްފާގު (ދަގަނޑޭ) އަށް ގެއްލުން ވެގެން އަށިގަނޑުގައި ބާލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox