ޗުއްޓީއާ ދިމާކޮށް އަރިދަފުސް ރޯގާއާއި ކޮވިޑް ފެތުރޭތީ ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރި 148 މީހުން ޕޮޒިޓިވްވި އެވެ. އަދި އެ ހަފުތާގައި 28 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހުނެވެ.
މިދުވަސްވަރު އަރިދަފުސް ރޯގާއާއި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާއިރު މިއީ ސްކޫލު ބަންދު ދުވަސްވަރެވެ. އަދި ކުރިއަށް އޮތީ ފިތުރު އީދު ޗުއްޓީ އެވެ. މި ދުވަސްވަރު ގިނަ ބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރާނެ ކަމަށް ބެލެވެ އެވެ.
އެހެންކަމުން ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ. އެގޮތުން ދަތުރުކުރާ އުޅަނދުގައި އަތް ސާފުކުރެވޭނެހެން ސެނެޓައިޒާ ބެހެއްޓުމާއި، ފަސިންޖަރުން ފޭބުމުން އަތްލާ ތަންތަން ސާފު ކުރުން އަދި އަމިއްލަ ރައްކާތެރިކަމަށްޓަކައި ޑްރައިވަރުން މާސްކު އެޅުމަށް އިލްތިމާސްކޮށްފައި ވެއެވެ.
އަދި ދަތުރުކުރާ މީހުންގެ އަމިއްލަ ރައްކާތެރިކަމަށްޓަކައި ދަތުރު ކުރުމަށްފަހު ސެނިޓައިޒާ ބޭނުންކުރުމާއި، ގައިދުރުކުރުން އަދި ބަލީގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކު އެޅުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުުމަށް ލައްފިލުވާ ސޮލިއުޝަން ބޭނުންކުރާނެ ގޮތް ހަނދާންކޮށްދީފަ އެވެ.
އަދި ބަލި ޖެހިފައިވާ މީހުން، އެހެން މީހުންގެ ރައްކާތެރިކަމަށް މާސްކު އެޅުމާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ވެސް ކިޔައިދީފައި ވެއެވެ.
މުހިންމު ބައެއް ހަބަރު
އެޑިޓަރުގެ ހޮވުން
މިގޭގައި ދިރިއުޅެނީ އުމުރުން 70 އަހަރުގެ އަބްދުﷲ އިބްރާހިމް އެކަންޏެވެ. އޭނާގެ ހަޔާތުގެ ވާހަކަ ފެށެނީ މައިންބަފައިން ދޫކުރި މުސްކުޅި މި ގެއާ ހިސާބުންނެވެ. އޭނާ އާއި އެއްބަނޑު އެއްބަފާ ހަ ބެއިން އުޅެ ބޮޑުވީ މި ގޭގަ އެވެ. ތިން ބެއިން ދުނިޔޭގައި އެބަ ތިއްބެވެ. ނަމަވެސް އުޅެ ބޮޑުވި ގެއަށް ޖެހުނު ހިތް ދޫކޮށްނުލެވުނީ އަބްދުﷲ އަށެވެ.
ދުވަހުގެ ކޯޓޭޝަން
ރައީސް އޮފީހުގެ ސްޓޭޓު މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަށް ވެރިކަމަށް އާދެވޭނެ އެއްވެސް ފޯމިއުލާއެއް އެ ޕާޓީގެ މެމްބަރުންނަށް ނުދެއްކޭއިރު، އެމަނިކުފާނު ރިޔާސީ ރޭހަށް ނުކުންނަވައިގެން މާޒީގައި ލިބުނު ވަރަށް ވޯޓު ނުލިބޭނެ ކަމަށެވެ.
އެކަން ބަދަލުކުރެވޭނެ މަސައްކަތްތަކެއް ކުރެވޭނެ ބޭފުޅުން އަރިހުގައި ތިބި ތަނެއް އަޅުގަނޑަށް ނުފެނޭ،"

ރަމަޟާން މަހުގެ 27 ވިލޭރޭގެ ތަރާވީސް ނަމާދުގައި މިސްކިތުގެ އެތެރެ ފުރިގެން މަގުމަތީގައި ގިނަ ބަޔަކު ނަމާދު ކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު











