ޓިކެޓުގެ އަގު ބޮޑުކުރަން ޖެހުނީ ސަބްސިޑީ ނުދޭތީ: މޯލްޑިވިއަން

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މިހާދު އެ ކުންފުނީގެ އިވެންޓެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މިހާދު އެ ކުންފުނީގެ އިވެންޓެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު އައި ފަހުން ޓިކެޓް އަގުހެޔޮކުރީ ސަރުކާރުން ސަބްސިޑީއެއް ދޭން އެއްބަސްވެގެން ކަމަށާއި އެހެން ނަމަވެސް އަލުން ޓިކެޓް އަގު ބޮޑުކުރީ ސަަބްސިޑީ ނުދޭތީ ކަަމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.

ޓިކެޓް އަގުހެޔޮކުރި އަހަރު، ސަބްސިޑީގެ ގޮތުގައި ސަރުކާރުން އެކުންފުންޏަށް 35 މިލިޔަން ރުފިޔާ ދިން ކަމަށާއި އޭގެ ފަހުން ސަބްސިޑީ ނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އައިއޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވި އެވެ.

އެތެރޭގެ ދަތުރުތައް އަގު ހެޔޮކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އައިއޭއެސް އިން އޮޕަރޭޓްކުރާ ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ އެތެރޭގެ ދަތުރުތައް އަގުހެޔޮކުރީ އެ ވައުދާ އެއްގޮތަށް 2019 ވަނަ އަހަރު އެވެ.

"އެނގިވަަޑައިގަންނަވާނެ 2019 ވަނަ އަހަރު ސަރުކާރުގެ ސިޔާސަތާ ގުޅިގެން އެވްރެޖްކޮށް 300 ރުފިޔާގެ ޓިކެޓް އަގުހެޔޮކުރުމެއް ހުރިހާ ދާއިރާއަކަށް ގެނެވުނު. އެއާ އެކު ސަބްސިޑީއެއް ދިނުމަށް ވަނީ ހަމަޖެހިފައި، އެހެން ނަަމަވެސް އެންމެ ފުރަތަމަ އަހަރު އަޅުގަނޑުމެންގެ ކުންފުންޏަށް 35 މިލިޔަން ރުފިޔާގެ ސަބްސިޑީއެއް ދިނީ. އޭގެ ފަހުން ސަބްސިޑީއެއް މިއަދާ ހަމައަށް ވެސް ނުލިބޭ،" މިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިއޭއެސް ހިންގަމުން އަންނަނީ އެކުންފުންޏަށް ލިބޭ އާމްދަނީން ކަމަށް ވާއިރު މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ބޮޑުވެފައިވާ ކަމަށެވެ. ކޮވިޑްގެ ކުރިން ޖެޓްފިއުލް ލީޓަރެއްގެ އަގު ހުރީ 12 ރުފިޔާގައި ކަމަށް ވިޔަސް އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރުމަހާ ހަމައަށް ލީޓަރެއް ހުރީ 22 ރުފިޔާއަށް ކަމަށެވެ. އޭގެ ފަހުން ލީޓަރަކުން އަގުހެޔޮވީ އޭނާ ވިދާޅުވި ގޮތޮގައި ހަތަރު ރުފިޔާ އެވެ.

"ރޫޓަކަށް އަޅާ ފްލައިޓެއްގެ [ފްލައިޓަކަށް ހިނގާ ހަރަދުގެ] 42 ޕަސެންޓަކީ ފިއުލް. އެކަމާ ގުޅިގެން އަޅުގަނޑުމެން ވާނީ ފިއުލް ސާޗާޖް ދެފަހަރެއްގެ މައްޗަށް އިތުރުކޮށްފައި،" މިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިއޭސްގެ ހަރަދު ބޮޑުވި އަނެއް ސަބަބަކީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އަލަށް ހުޅުވި އެއާޕޯޓްތަކަށް ދަތުރުތައް ކުރަން ޖެހުނު އިރު އެ މަންޒިލްތަކަށް އެކަށީގެންވާ އަދަދަކަށް ޕަސެންޖަރުން ނުލިބުމެވެ.

"މިއެއާޕޯޓްތަކަށް ދަތުރުކުރަން އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ،" މިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ އެއާލައިނަށް ވާތީ ދަތުރުކުރަން ޖެހޭ އެއާޕޯޓްތަކަށް، އެކަށީގެންވާ ވަރަށް ޕަސެންޖަރުން ނުލިބުނަސް ހަފުތާއަކު ތިން ދަތުރުކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox