ވާވޭ ވޮޗް ބަޑްސް: އެކަތިން ދޭތި!

ވާވޭ ވޮޗް ބަޑްސް: އެކަތިން ދޭތި!

ދުވަސް ދުވަސްކޮޅުން، ނިކުންނަ އައު ގެޖެޓްތަކުގެ ތަފާތުކަމާއި މޮޅުކަމުގެ ސަބަބުން، ކުރިން އެއްވެސް މީހަކު އެކަމާ ވިސްނާފަ ނުވަނީ ކީއްވެގެންތޯ ވިސްނާލެވޭ ފަހަރު އާދެ އެވެ. ވާވޭ ވޮޗް ބަޑްސް އަކީ މިކަމުގެ އެންމެ ފަހުގެ މިސާލެވެ. ޗައިނާގެ ޓެކް ކުންފުނި، ވާވޭއިން އާ ސްމާޓްވޮޗެއް ތައާރަފްކޮށްފައިވާއިރު، އެ ގަޑީގެ ޑިސްޕްލޭގެ ދަށުގައި ބަހައްޓާފައިވާ ވަޔަލެސް އިއާބަޑު ޖޯޑެއް ވެސް ހިމެނެ އެވެ.

ވާވޭ ވޮޗް 3 ޕްރޯގެ ނަން ދީފައިވާ މި ޑިވައިސް އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ. އަދި މި އަހަރު މި އުފެއްދުން ނެރެ، ހުރިހާ ގައުމުކަށް ވިއްކަމުން ދާއިރު ފާހަގަ ކޮށްލެވޭ އެތައް ކަންތައްތަކެއް މި އުފެއްދުމުގައި އެބަހުއްޓެވެ.

ރީތި އަދި އާ މި ޑިވައިސް އަކީ ކޮންމެ ދުވަހެއްގެ ބޭނުންތަކަށް "އޯލް އިން ވަން" ޑިވައިސްއެއް ހޯދަން ބޭނުންވާ ފަރާތްތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

މި ގަޑީގެ ބޭރު ފަރާތް ހަދާފައިވަނީ 1300 ޑިގްރީ ސެލްސިއަސްގެ ރިފައިންޑް ސްޓީލް ބޮޑީއެއްގައި ޖައްސާފައިވާ ތްރީޑީ ކާވްޑް ބިއްލޫރިން ނެވެ. އަދި 710 ކްލޯސް ޑި ޕެރިސްގެ ޒީނަތްތަކުން ޒީނަތްކޮށްފައިވެ އެވެ. ނަތީޖާއަކީ ރީތި ޑިޒައިންގެ އަގުވަޒަންކުރާ ކޮންމެ މީހަކަށް ވެސް ކަމުދާ ފަދަ ސްޓައިލިޝް ލުކެކެވެ.

ވާވޭ ވޮޗް ބަޑްސްގެ ފުލް ގްރޭން ލެދާ ސްޓްރެޕް އިން ހަންގަނޑު ފިނިކޮށްދޭ އަރާމު ލިބިގެންދާއިރު، ނަލަ ވޮޗް ފޭސްތަކުން ސްޓައިލްގެ އިހުސާސް އިތުރުކޮށްދެ އެވެ. އަދި ވޮޗްގަ ހިމެނޭ އިއާބަޑްސް އަކީ 4 ގްރާމް ލުއި، އެޑެޕްޓިވް އައިޑެންޓިފިކޭޝަން ޓެކްނޮލޮޖީގެ ސަބަބުން ކޮންމެ ކަންފަތަކާ ވެސް ގުޅޭ އެއްޗެކެވެ.

އިއާބަޑްސް އޮރިކަލްސް ނުވަތަ ކަންފަތުގެ ކުރިމަތީގައި ހުންނަ ސަރަހައްދުގައި ދެ ފަހަރު ޓެޕްކޮށްގެން ކޯލްތަކަށް ޖަވާބުދީ ރިޖެކްޓް ނުވަތަ ޓްރެކްތައް ޕްލޭކޮށް ޕޯސް ކުރެވޭނެ އެވެ. އަދި ނޮއިސް ކެންސަލް އެކްޓިވޭޓްކޮށް ޑިސްއޭބަލް ކުރުމަށް ތިން ފަހަރު ޓެޕް ވެސް ކުރެވިދާނެ އެވެ. މީގެ އިތުރުން ޔޫޒަރުންނަށް ކަސްޓަމް ޓެޕް ކޮންޓްރޯލްތައް އުފައްދައި، އެމީހެއްގެ ބޭނުންތަކަށް ކަމުދާ ގޮތަކަށް އިއާބަޑްސް ބޭނުން ކުރެވިދާނެ އެވެ.

ބެޓެރީ ލައިފްގެ ގޮތުން ބަލާއިރު ވާވޭ ވޮޗް ބަޑްސް އަކީ ދިގު މުއްދަތަކަށް ދެމިގެންދާ އެއްޗަކެވެ. އެއްފަހަރު ޗާޖު ކުރުމުން 3 ދުވަހުގެ ބެޓެރީ ލައިފް ލިބެ އެވެ. އަދި ޗާޖު ކުރަން ފަސޭހަކަމަކީ ކޮންމެ އޭންގަލަކުން ވެސް އިއާބަޑްސް ޗާޖު ކުރެވޭތީ އެވެ.

ޖުމްލަކޮށް ބަލާއިރު ވާވޭ ވޮޗް ބަޑްސްގައި ތަފާތު ފީޗާސްތަކާއި މަތީ ފެންވަރުގެ ޑިޒައިންތަކެއް ހުރުމުން ސްމާޓްވޮޗާއި ވައިލެސް އިއާބަޑްސް އެއް ޕެކޭޖެއްގައި ބޭނުންވާ ކޮންމެ މީހަކަށް ވެސް މިއީ އެއްވަނައިގެ އުފެއްދުމެކެވެ.

ވާވޭ ވޮޗް ބަޑްސް ރާއްޖެ އިން ވެސް މިހާރު ގަންނަން ލިބޭނެ އެވެ. އެގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ އެކުންފުނީގެ "މޫލީ" ބާޒާރުން މި ގެޖެޓް ލިބޭނެ ގޮތް ހަދައިފަ އެވެ. އަދި ވޮޗް ބަޑްސް ރާއްޖެއަށް ތައާރަފުކުރުމާއި ގުޅިގެން އެ ކުންފުނިން ވަނީ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

މިމަހުގެ 22 އާއި ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 6999ރ. އަށް ވޮޗް ބަޑު ލިބޭނެ އެވެ. މި ވޮޗް ބަޑު ގަންނަ ކަސްޓަމަރުންނަށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވަރީ ކޮށްދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox