ހުލާސާކޮށް އިއްޔެ: ޔާމީނާ ދެކޮޅަށް ހުރި ހެކިތައް ބަލައިގަތުން

Apr 12, 2023, 1:59 AM
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި. -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި. -- ފޮޓޯ: އަދަދު

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

ދައުލަތުން ހުށަހެޅި ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން ހުށަހެޅީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ. ސަބަބެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާ ނުކުތާއަކީ، ހެކި ހުށަހެޅި ސަބަބުތަކާއި އެ ހެކި މެދުވެރިކޮށް ސާބިތުކުރާން އޮތް ކަންކަމާއި ދައުވާތަކާ ގުޅުމެއް ނެތް ކަމެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ވަރުގެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ޔާމީންގެ ފަރާތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލާގައި މިއަދު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ނިންމުން ބަދަލުކުރަން ޖެހޭ ވަރުގެ ގާނޫނީ އަދި ޝަރުއީ ސަބަބެއް ޔާމީންގެ ފަރާތުން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

އެގޮތަށް ހުކުމް އިއްވީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ތިއްބެވީ ފަނޑިޔާރު ދީބަނާޒު ފަހުމީ އާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

އިއްޔެ ހެނދުނު 11:30 ގައި ހުކުމް ކުރުމަށް އަޑުއެހުން ތާވަލު ކުރި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އަޑުއެހުން ފެށުނީ މެންދުރުފަހު 2:30 ހާއިރެވެ.

މައްސަލައިގެ ފަސްފަހަތް

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.

އެގޮތުން, ލީކުކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ޔާމީންގެ ވަކީލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މުހިންމު ބައެއް ހަބަރު

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, އެ ހިޔާނާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯދި މަންފާ ކަމަށް ބުނެ 53 މިލިއަން ރުފިޔާ ދައްކަން އަމުރު ނެރެފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކުގެ ބޭރުން ކަމަށް ހައި ކޯޓުން ނިންމި އެވެ.

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުއަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާ ސުލޫކީ މިންގަނޑާއި ހިލާފުވެފައި ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި ތަހުގީގުން ނިންމި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށް އަލުން ބާއްވައިދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

މި ދުވަސްވަރު ޕީއެސްއެމްގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެދެފި އެވެ.

ރޯދަ މަހަށްވީ ނަމަވެސް ކ. ގުރައިދޫ ބައި-އިލެކްޝަނުގައި ވޯޓުލާ ގަޑިއަށް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ، އަދި އެއް ރަށަކުން ދައުލަތަށް އެންމެ ގިނަ އާމްދަނީ ވަންނަ މާފުއްޓަކީ "ވަރަށް ހާއްސަ ރަށެއް"ގެ ގޮތުގައި ފާހަގަ ކުރައްވައި، އެ ރަށުގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި ކާމިޔާބު ހޯދުނީ ސިޔާސީ ހަލަބޮލިކަމުގައި ގެނބިގެން ނުގޮސް ރައްޔިތުންގެ އަޑު އަހައި މަސައްކަތްތައް ކުރިއަށް ގެންދެވުމުންކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު މާފުށީގައި ވިދާޅުވީ،

"... ގުނާ އަދަދު ނުކުރެވޭ މިންވަރަށް، ކުރިއާ އަޅާބަލާއިރު މަސައްކަތް ކުރެވިފައި ހުރީ. (މި މަސައްކަތްތައް ކުރެވުނީ) އެ ސިޔާސީ ހަލަބޮލިކަމާ ދުރުގައި ހުރެ، އަޅުގަނޑުމެންގެ ވިސްނުން، ވީ ވައުދުތައް ފުއްދުމަށްޓަކައި ފޯކަސްކޮށްގެން ކުރެވުނު ކަންތައްތަކުން،"

ދުވަހުގެ ފޮޓޯ

މި ރޯދަ މަހު ބ. ފެހެންދޫގެ މަގެއްގެ މަތީގައި ކުޑަ ކުދިންތަކެއް ތާސް ކުޅެނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މި ރޯދަ މަހު ބ. ފެހެންދޫގެ މަގެއްގެ މަތީގައި ކުޑަ ކުދިންތަކެއް ތާސް ކުޅެނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މި ރޯދަ މަހު ބ. ފެހެންދޫގެ މަގެއްގެ މަތީގައި ކުޑަ ކުދިންތަކެއް ތާސް ކުޅެނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox