ގާތިލް ނޭނގި ހިނގާ ކޮންމެ ދުވަހަކާއެކު މަނަދޫ ހާސްކަމުގައި

ގާތިލް ނޭނގި ހިނގާ ކޮންމެ ދުވަހަކާއެކު މަނަދޫ ހާސްކަމުގައި

ރޯދަ މަހުގެ ފަހު ދިހަ ދުވަހާއި އީދު ބަންދު ދުވަސްވަރަކީ، މާލެއާއި ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މި ރަށު މީހުން ވެސް ރަށަށް އައިސް ރަށު ތެރެ ހަރަކާތްތެރިކޮށް އޮންނަ ދުވަސްވަރެކެވެ. އެކަމަކު މި ފަހަރު މަނަދޫގެ މަގުތަކުން އެ މަންޒަރެއް ނުފެނެ އެވެ.

އެ ރަށު އަންނާރުމާގޭ ނައީމާ މޫސާ، 62އ، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހަބަރެއް ނުވާތީ، ހުކުރު ދުވަހު އިރުއޮއްސެނިކޮށް އޭނާ އުޅޭ ގެ ބެލިއިރު ކޮޓަރިތެރެ އޮތީ ލެއިން ތަތްތެޅިފަ އެވެ. ރަހުމުކުޑަ ގޮތަކަށް، ހަށިގަނޑުގެ އެކި ތަނަށް ވަޅި ހަރައި އޮތީ މަރާލައިފަ އެވެ.

އެ ހާދިސާއަށް ފަހު ފަސް ދުވަސް ހިނގައިދިޔައިރު މަނަދޫގެ މާހައުލު އޮތީ ހަމަހިމޭން ކަމެއްގަ އެވެ. ރަށު ތެރޭގައި މާ ގިނަ ބަޔަކު ނުކުމެ ނޫޅެ އެވެ. ރަށުގެ އެންމެ ދޮށީ އުމުރުގެ މީހުންނަށް ވެސް މިއީ އާ ކަމެކެވެ. އެ ރަށުގައި މީހަކު މަރާލާފައިވާ ހާދިސާއެއް އެ މީހުނަށް މީގެ ކުރިން ފެނިފައެއް ނުވެ އެވެ.

"އަޅުގަނޑުގެ އުމުރުން 70 އެއްހާ އަހަރުވީ، މީގެ ކުރިން މި ވަރު ކަމެއް ރަށަކު ނުހިނގާ، މިހާރު ރަށު ތެރޭގައި އެބަ އުޅޭ އެ ވަރު ކަމެއް ކޮށްފާނެ ވަރުގެ ބަޔަކު، އެހެންވެ ނުކުރޭ ކޮންމެހެން ޖެހިގެން ނޫނީ ރަށު ތެރެއަށް ނުކުންނާކަށް،" ގޭގެ ދޮރޯށި ކައިރީ މަޑުކޮށްގެން ހުރި އަންހެނަކު ބުންޏެވެ.

މަނަދޫ ފިރިހެނުން އެއްވެ ސަކަރާތް ޖަހަން އައިސް އުޅޭ އެއް މަރުކަޒަކީ އެ ރަށު ބަނދަރު ސަރަހައްދުގައި ހުންނަ "ބެލާ ކާސާ" އެވެ. މީރު ކެއުންތަކާއި ބުއިންތައް ތަޖުރިބާކުރުމަށް ވުރެ އެ ތަން ވެފައި އޮންނަނީ ވެސް ރާޒުވާ ކުޅުމާއި، ކޮފީ ބޯން އައިސް ވާހަކަ ދައްކާ ހަދަން އެއްވާ ތަނެއް ގޮތުގަ އެވެ.

"ރޯދަ ވީއްލައި ނަމާދުކޮށް ހެދުމަށް ފަހު ވަރަށް ގިނަ މީހުން އަންނާނެ ކޮފީ ބޯން، މިހާރު ވެސް ކޮންމެ ވެސް ވަރަކަށް އެބަ އާދޭ، އެކަމަކު ކުރީ ހެނެއް ނޫން، މިހާރު އައިސް އެ ކުރަނީ ބުއްދިއަށް މަސައްކަތެއް، ގާތިލަކީ ކާކުތޯ ހޯދަން އެކި ވާހަކަ އެކި ހިޔާލުތައް ބަލަނީ،" ކެފޭ ހިންގާ ޝިޔާމްބެ ބުންޏެވެ.

ޝިޔާމް ވެސް ބުނި ގޮތުގައި އެފަދަ ހާސްކަމެއް އިތުރުވެގެން އުޅޭ ކަމަކީ މަނަދޫގައި މީގެ ކުރިން ދުވަހަކު ވެސް އެފަދަ ތަޖުރިބާއެއް ކުރެވިފައި ނެތުމުގެ އިތުރަށް ގާތިލަކީ ކާކުކަން ވެސް ނޭނގޭތީ އުފެދިގެން އުޅޭ ހާސްކަމެކެވެ.

"ބިދޭސީއަކު ވެސް ކޮށްފާނެ، ރަށު މީހަކު ކޮށްފާނެހެން ހީނުވިޔަސް ނޭނގޭނެތާ ބުނާކަށް، މީހަކު ހައްޔަރެއް ނުކުރެއޭ، ގާތިލު އުޅެދާނެއޭ އަޅުގަނޑުމެންގެ ތެރޭގައި، އެހެންވިއްޔާ ނޭނގެއޭ އޭނާ ކޮން އިރަކު ކޮން ވަގުތަކު ކާކަށް ކަމެއް ދެން މީގެ ހަމަލާއެއް ދޭނީ ވެސް،" ޝިޔާމްބެ ބުންޏެވެ.

ކަންބޮޑުވުންތަކާއެކު ކައުންސިލް ފުލުހަށް

މަނަދޫ މީހުންގެ ތެރޭގައި އުފެދިފައިވާ ބިރުވެރިކަމާއި ހާސްކަމުގެ ސަބަބުން، ރަށު ކައުންސިލް ވެސް ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ މަނަދޫ ހަރަކާތްތެރިވާ ފުލުހުންނާ ބައްދަލުކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ، ގާތިލް ނޭނގެއޭ، ރަށުގެ ހާލަތު މި ވަގުތު އޮތް ގޮތުން ބިރުވެރިކަން އެބަ އޮތޭ،" މަަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހު ވިދާޅުވި އެވެ.

ނާއީމާގެ މަރުގެ ތަހުގީގު ކުރިއަށް ގޮސް ގާތިލް ހޯދެންދެން ފުލުހުން ރަށުގެ ރައްކާތެރިކަން ބަލަހައްޓައިދިނުމަށް ވެސް ކައުންސިލްގެ ފަރާތުން އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަހުގީގު ކުރިއަށް ދާތީ އޭގެ މާ ބޮޑު މައުލޫމާތެއް ނުދޭ، އެކަމަކު ތަހުގީގު ބާރަށް ކުރިއަށްދާ ކަމުގެ ޔަގީންކަން ދިން، އަދި ގާތިލް ހޯދެން ދެން ރަށުގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށް އޮންނާނެ ކަމުގެ ޔަގީންކަމެއް ވެސް ދިން،" ސަބީހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox