އިދިކޮޅު ޕީޕީއެމްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާބިލު ބޭފުޅުން ތިއްބެވި ނަމަވެސް އެބޭފުޅުންގެ އުއްމީދުތައް ގުޅެނީ ކުރިއަށް އޮތް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބާ ނޫން ކަމަށް އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
މި ނޫހުން ކޮންމެ ރޯދަ މަހަކު ގެނެސްދޭ ސިޔާސީ ޓޯކް ޝޯ "ކުޅިކޮށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކީ އަދިވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.
"އެއީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫން. ސިޔާސީ މަސައްކަތުގައި ބަޔަކު އުޅޭއިރު ކޮންމެ މީހެއްގެ ވެސް ހުންނާނެ އުއްމީދުތަކެއް ހާސިލް ކުރަން ބޭނުންވާ. ޕީޕީއެމްގައި ވެސް އެބަތިބި ވަރަށް ގާބިލް ކަމަށް އެކަށޭނެ ބޭފުޅުން. އެބޭފުޅުންގެ ވެސް ހުންނާނެ އުއްމީދުތަކެއް. އެކަމަކު އެ އުއްމީދު ގުޅިފައި އޮތީ 2023 އަކާ ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް ހިނގަނީ ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށާއި ޖަލުގައި ހުންނެވި ނަމަވެސް ޕާޓީ ހިންގުމުގައި ޔާމީން މުހިންމު ރޯލެއް އަދާކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަކީލުން މެދުވެރިކުރައްވާ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ މެސެޖެއް ޕާޓީގެެ ލީޑަރުންނާ ހަމައަށް ގެންދަވާ ކަމަށެވެ.
އިދިކޮޅު ޕާޓީ އާއި ޕާޓީގެ ލީޑަރުންގެ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރިޝްވަތު ނެގުމާއި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސިޔާސީ ކަންކަމުން ނުފެންނަނީ އެއީ ޔާމީން ބޭނުންވެވެޑައިގަންނަވާ ގޮތްކަމުގައި ނުވާތީ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް އަދި މިހާރުގެ ގާނޫނީ ވަކީލު މުހައްމަދު ޖަމީލު އަހުމަދު އަލުން ޕީޕީއެމަށް މަސައްކަތް ކުރެއްވުމާ ގުޅޭ ގޮތުން ވެސް އަބްދުއްރަހީމް ވާހަކަ ދެއްކެވި އެވެ.
"މިފަހަރު ވެރިކަން ގެންނަން ކިހިނެއްތޯވީ. ތިޔައީ ޒައީމޭ ޖެހީ އެމްޑީޕީ ހަރުގެއިން. އެ ނޫންތޯ މިކަން ހިނގާ ގޮތަކީ. އަޅުގަނޑު ގަބޫލު ކުރަނީ ޖަމީލަކީ އެއިރެއްގައި ހުންނަ ދިމާލެއްގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެއް. މިއީ ހަގީގަތް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލު ކުރަނީ ޖަމީލަށް ކުރެވުނު ތަޖުރިބާގެ އަލީގައި ޖަމީލު އަސްލަށް ރުޖޫއަވެއްޖެޔޭ.
އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ވެރިކަން ހިންގާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މަޖިލީހުގެ ފުރިހަމަ ބާރާއެކު ވެސް އެމްޑީޕީގެ އެއްވެސް ވައުދެއް ނުފުއްދުނު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތީ. އަޅުގަނޑަކަށް ނުފެނުނު ތިބޭފުޅުން ވިދާޅުވި އެއްވެސް ކަމަކަށް އަމަލީ ސިފަ އައިތަނެއް. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރާނެ ކަމަށް ރަައީސް ސޯލިހު ވިދާޅުވި. ފަސްދޮޅަސް ފަސް މެމްބަރުންނާއެކު ފަސް އަހަރުގެ ދައުރެއް ފުރިހަމަވާއިރު އެކަމެއް ނުވި. ޝަރުއީ ނިޒާމް މިނިވަން ކުރައްވާނަމޭ ވިދާޅުވި،" އޭނާ ވިދާޅުވި އެވެ.
މުހިންމު ބައެއް ހަބަރު
ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީ އޮތީ ބައިވެފައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ފަސް އަހަރުގެ ދައުރެއް ނިމޭއިރު އެއްވެސް މަސައްކަތެއް ނުކުރެވުނު ކަމަށް އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީއަށް ބޭނުންވާ 20 އެމްބިއުލޭންސެއް ގަނެގެން ހަވާލު ކުރުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްފި އެވެ.
ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމުގެ ބަދަލުގައި ފޭކު ޓްރާންސްފާ ސްލިޕެއް ދެއްކި މީހަކު ދެ އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އައްޑޫ ސިޓީން މިދިޔަ ހަފުތާގައި ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮމިއުނިޓީ ސާވޭއެއް ވެސް ކޮށްފި އެވެ.
ހަށިގަނޑުގައި ފޮރުވައިގެން ދިވެހިރާއްޖެއަށް ރަން އެތެރެ ކުރަން އުޅުނު އިންޑިއާ މީހަކު އަނެއްކާވެސް އަތުލައިގަނެފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ގޮވާމުން ފިކުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އަންނަ އަންގާރަ ދުވަހު އެ ފުރުސަތު ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިތުރަށް ކިޔާލަން
ތިރީގައި މިވަނީ ދެކުނު އޭޝިޔާގެ އިގްތިސާދާއި ގުޅޭ ގޮތުން އޭޕްރީލް 4، 2023 ގައި ވޯލްޑް ބޭންކުން ނެރެފައިވާ އިކޮނޮމިކް އައުޓްލުކް ރިޕޯޓާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭޕްރީލް 5 ގައި ދެއްކެވި ވާހަކަފުޅުގެ ފެކްޓް ޗެކްއެކެވެ.
ގަޑިން ހެނދުނު އަށެއް ޖަހައިފި އެވެ؛ ރޯދަ މަހުގެ ދުވަހެކެވެ. މީހެއްގެ ހިލަމެއް ނެތެވެ. މީސްކޮޅު މަދު ބ. ފެހެންދޫގެ މަގުތައް ހަމަހިމޭނަސް ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިކަމެއް ފެނެ އެވެ. އަށެއްކަ ފިރިހެނުން އެއްވެ ތިއްބެވެ. މި ބަޔަކު ކޮންމެ ދުވަހަކު ވެސް އެ ގަޑިއަށް އެ ތަނަށް އެއްވެ އެވެ.
ދުވަހުގެ ކޯޓޭޝަން
އަދަދު ނޫހުން ގެނެސްދޭ ސިޔާސީ ޓޯކް ޝޯ "ކުޅިކޮށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އޭނާއާ ދިމާލަށް ޓިނު އަދުރޭ ކިޔާ މީހުންނަށް އެއްވެސް މައުލޫމާތެއް އެނގިފައި ނުވާ ކަމަށެވެ.
ވަރަށް ގިނަ މީހުން މީޑިއާގައި އެބަ ކިޔާ ޓިނު. އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން. އަޅުގަނޑަށް ވެސް ނޭނގޭ ކީއްވެ ކިޔާ އެއްޗެއް ކަމެއް،"











