ރިޔާސީ އިންތިހާބަށް އަންނަ ބޭރުގެ ފަރާތްތަކުގެ ވިސާއާ ބެހޭގޮތުން މަޝްވަރާކޮށްފި

އިލެކްޝަންސް ކޮމިޝަނުން މިއަދު އިމިގްރޭޝަނާއެކު ބޭއްވި މަޝްވަރާގެ ތެރެއިން - ފޮޓޯ: އީސީ

އިލެކްޝަންސް ކޮމިޝަނުން މިއަދު އިމިގްރޭޝަނާއެކު ބޭއްވި މަޝްވަރާގެ ތެރެއިން - ފޮޓޯ: އީސީ

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ވިސާއާއި ބެހޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާ ބައްދަލުކޮށްފި އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން "އަދަދު" އާ ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިމިގްރޭޝަނާއެކު ބައްދަލުކުރީ މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ރާއްޖެއިން ބޭރުގެ މޮނީޓަރުންނާއި އޮބްޒާވަރުންނަށް ވިސާ ލިބުމުގައި ދަތިތަކެއް ދިމާވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ.

އަދި ރިޔާސީ އިންތިހާބަށް އީސީއިން ދައުވަތު ދީގެން 30 އަށްވުރެ ގިނަ ފަރާތުން ރާއްޖެއަށް އައުމަށް މިހާރު ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވި އެވެ.

"އިންތިހާބުގެ ބޭނުމަށް އީސީގެ ދައުވަތަށް ވަޑައިގަންނަވާ ބޭފުޅުންނާއި އިންތިހާބަށް ރިކުއެސްޓު ކޮށްގެން ވަޑައިގަންނަވާ ބޭފުޅުންނަށް ހާއްސަ ވިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އިމިގްރޭޝަން ކޮންޓްރޯލާ ދެއްވި،" ހަބީބު ވިދާޅުވި އެވެ.

މިހާރު ހަމަޖެހިފައި އޮތް ގޮތުން އީސީއިން އިމިގްރޭޝަނަށް އެ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމުން ފަސޭހައިން ވިސާގެ ކަންކަން ހަމަޖެހިގެންދާނެ ކަން ހަބީބު ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު މޮނީޓާ ކުރަން ބޭނުންވާ ބޭރުގެ ޖަމިއްޔާތަކުން އެކަމަށް އެދި ހުށަހެޅުމަށް އީސީއިން މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން އީސީއިން މިދިޔަ މަހުގެ 25 ގައި ކުރި އިއުލާނުގައި ބުނެފައިވަނީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ފަރާތްތަކަކީ އެމީހަކު ރިޕްރެޒެންޓު ކުރާ ޖަމިއްޔާއަކުން އެކްރެޑިޓްކޮށްފައިވާ މީހަކަށްވާންޖެހޭނެ ކަމަށެވެ. އަދި އެއީ 18 އަހަރު ފުރި، އެއްވެސް ކެންޑިޑޭޓަކަށް އަދި ޕާޓީއަކަށް ކެމްޕެއިން ކުރާ މީހަކަށްވެގެންނުވާނެ ކަމަށް ވެސް އިލެކްޝަންސް އިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox