މަކަރާއި ހީލަތުން ނާޖާއިޒު ފައިދާ ހޯދުމުގެ 11،192 މައްސަލަ؛ ފައިސާގެ ރެކޯޑުތައް ނެތް

މަކަރާއި ހީލަތުން ނާޖާއިޒު ފައިދާ ހޯދުމުގެ 11،192 މައްސަލަ؛ ފައިސާގެ ރެކޯޑުތައް ނެތް

އޮޅުވާލައިގެން މަކަރާއި ހީލަތުގެ ތެރެއިން ފައިދާ ހޯދުމުގެ 11،192 މައްސަލަ 2012 އިން ފެށިގެން 2022 އަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަތަކުގައި ހިމެނޭ ފައިސާއާ ގުޅޭ މައުލޫމާތު ވަކިން ބަލަހައްޓަމުން ނުދާ ކަމަށް ފުލުހުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނައިން މިފަދަ މައްސަލަތައް ރިޕޯޓު ކޮށްފައި ވަނީ 2021 ގަ އެވެ. އެ އަހަރު 1،568 މައްސަލައެއް ހުށަހެޅި އެވެ. އެއަށްފަހު އެންމެ ގިނައިން ރިޕޯޓުކުރީ މިދިޔަ 2022 ގަ އެވެ.

އެ މައުލޫމާތު ކަރުދާހުން އެނގޭ ގޮތުގައި މި ހުރިހާ މައްސަލައެއްގައި ހިމެނޭ ފައިސާގެ ފުރިހަމަ މައުލޫމާތު ވަކިން ބަލަހައްޓަމުން ނުދާތީ އެ މައުލޫމާތު އެނގެން ނެތެވެ.

ފުލުހުން "އަދަދު" އާ ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ފްރޯޑްގެ ގޮތުގައި މިދިޔަ 10 އަހަރު 1،263 މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި، ފްރޯޑާއި ގުޅޭ ކުށްކުށުގެ ގޮތުގައި 8،524 މައްސަލަ ހުށަހަޅާފައިވެ އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ 649 މައްސަލައެއް ނިމިގެންދިޔަ ދަހަރުގެ ތެރޭގައި ހުށަހަޅާފައިވާއިރު ފައިސާގެ ބޭރުން އޮޅުވާލައިގެން ތަކެތި ހޯދުމުގެ 296 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ވިޔަފާރި ކުރުމަށް ފަހު ފޭކު ސްލިޕް ފޮނުވުމުގެ 89 މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު އިރު ސްކޭމް ކޯލް ކޮށްގެން ފައިސާ ހޯދުމުގެ 371 މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ސްކޭމް ކޯލުތަކަ ގުޅޭ މައްސަލަތައް ވަކިން ރެކޯޑު ކުރަން ފެށީ 2019 ގަ އެވެ. އަދި، ފޭކު ސްލިޕް ފޮނުވުމުގެ މައްސަލަތައް ވެސް ވަކިން ރެކޯޑުތައް ބަލަހައްޓަން ފެށީ 2021 ގަ އެވެ.

މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ފޮނުވުމުން ދައުވާ ކުރުމާ މެދު ގޮތް ނިންމަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox