މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފި އެވެ.
ހޯމް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކައުންސިލްގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ގައި ކަމަށެވެ.
މީގެއިތުރުން އެ އިއުލާނުގައި މީޑިއާ ކައުންސިލްގައިވާ މީޑިއާގެ މެންބަރުކަމަށް އަދި އާންމު މެންބަރު ކަމަށް ކުރިމަތިލި ފަރާތްތައް ތަރުތީބުކޮށް ލިސްޓު ވަނީ އިއުލާނުކޮށްފަ އެވެ.
އެގޮތުން، މީޑިއާގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ
- އަލީ އާދަމް - ހަބަރު އޮންލައިން
- އަހުމަދު މުޖުތަބާ - ލުއި
އާންމު މެންބަރުކަމަށް ކުރިމަތިލާފައިވަނީ

- އައިޝަތު ނާޒް
- ޖައިލަމް ތައުފީގު
- އަލީ އިސްމާއިލް
- އަބްދުﷲ ޝާކިރު މުހައްމަދު
މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ ފެބްރުއަރީ ފަހެއްގަ އެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެ ފުރުސަތު އެ މަހުގެ 26 އަށް އިތުރުކުރި އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެއީ މީޑިއާ ތަކުން އިންތިހާބުކުރާ ހަތް މެމްބަރުންނާއި އާއްމުންގެ ފަރާތުން ތިއްބަވާ ހަ މެމްބަރުންނެވެ. އެކައުންސިލުގެ މެމްބަރުންގެ ދައުރެއްގެ ދިގުމިނަކީ ތިން އަހަރު ދުވަހެވެ. ވިދިވިދިގެން ދެ ދައުރަށް އެއް ބަޔަކު ކުރިމަތިލުމުގެ ފުރުސަތު އެކައުންސިލަކު ނޯވެ އެވެ.













