ރާއްޖޭގެ ހަތަރު ރަށެއްގައި ހޮސްޕިޓަލް ހެދުމުގެ މަޝްރޫއު ހިމެނޭ ގޮތަށް ހަތަރު އެއްބަސްވުމެއްގައި ރާއްޖެއިން ޗައިނާއާއެކު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ސޮއިކުރީ ހއ. ދިއްދޫ، ރ. އަލިފުށި، ދ. ކުޑަހުވަދޫގެ އަދި ގއ. ވިލިނގިލީގެ ހޮސްޕިޓަލް ޒަމާނާ އެއްގޮތަށް ތަރައްގީ ކުރުމަށެވެ.
ކުރިން މި މަޝްރޫއު ހަވާލުކޮށްފައި އޮތީ އިންޑިއާގެ ކުންފުންޏަކާ އެވެ. ނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ، މަސައްކަތް ހަލުއި ކުރުމަށްޓަކައި ޗައިނާގެ ކުންފުންޏާ ހަވާލު ކުރަން ނިންމީ ކަމަށް އެނގިފައިވެ އެވެ.
ޗައިނާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ވައިސް ޗެއާޕާސަން ޑެން ބޮކިން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިތުރަށް ސޮއިކުރީ 2023-2025 އަށް ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމާ ގުޅޭ ޕްލޭނެއް އެކުލަވާލުމުގެ އެއްބަސްވުމެއް ހިމެނެވެ.
އެ ޕްލޭނުގައި ސިއްހީ ފަރުވާ, މޫސުމަށް އަންނަ ބަދަލުތައް, އިންފްރާންސްޓްރަކްޗާ, ދަނޑުވެރިކަން, އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްގީގެ އިތުރުން ކާރިސާތައް މަދުކުރުން އަދި ދިވެހިންގެ ދިރިއުޅުން ރަނގަޅުކުން ހިމެނެ އެވެ.

ޗައިނާގެ އެހީގައި ބިނާކޮށްފައި ހުރި ގައުމީ ދާރުލްއާސާރު މަރާމާތު ކުރުމާއި ޗައިނާގެ އެހީގެ ދަށުން އިމާރާތްކޮށްފައިވާ ގައުމީ ދާރުލްއާސާރު މަރާމާތުކުރުމުގެ އެއްބަސްވުމާއި ސިނަމާލެ ބްރިޖު މަރާމާތުކޮށް، ބެލެހެއްޓުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
ޗައިނާގެ އެހީގައި ހަދައި 2018 ވަނަ އަހަރު ބޭނުން ކުރަން ފެށު ބްރިޖު މަރާމާތުކޮށް ބެލެހެއްޓުން މިހާރު ވެސް ކުރިއަށް ގެންދަނީ ޗައިނާއިންނެވެ.
މުހިންމު ބައެއް ހަބަރު
- މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަދެ ހުސްކުރަން މަސައްކަތް ކުރި ޔޫތު މިނިސްޓްރީގެ ގުދަން ހުރި ބިމަކީ ސިޓީ ކައުންސިލެއް ބިމެއް ނޫން ކަމަށާއި ސަރުކާރުން އެ ބިން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ކުޅިވަރު ކުޅޭ އިމާރާތެއް އެޅުމަށް ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
- ފައިގެ ކަށިމަތީގައި ބަނދެގެން ވަގަށް ދިވެހިރާއްޖެއަށް ރަން އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ހުކުމްކޮށްފި އެވެ.
- އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުން މީހެއްގެ ލޮލުން އެފްރިކަން އައިވޯމްއެއް ނަގައިފި އެވެ.
- ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ 1800 އެއްހާ މުވައްޒަފުން، އެމީހުންނަށް ކެއިންބުއިމަށް ދޭ ތަކެތީގެ ފެންވަރު ދަށްވުމާއި ސަލާމުގެ ޗުއްޓީ ނުދޭތީ މަސައްކަތް ހުއްޓާލައި ކުރަމުންދިޔަ ހަޅުތާލު ނިމުމަކަށް ގެނެސް އަނބުރާ މަސައްކަތަށް ނުކުންނަން ފަށައިފި އެވެ.
- ސަން ޓްރެވަލްސް އިން ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމް ބަދަލުކުރަން ޖެހޭ ތަނެއް ނެތް ކަމަށާއި އެ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއިން ބާކީ ނުދައްކާ ހުރި ފައިސާ ދެ ހަފުތާ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ސަން ޓްރެވަލްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
- އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ސްކޫލަށް ދާއިރު މޫނު ބުރުގާ ނޭޅުމަށް އެންގި މައްސަލަ ހޫނުވެ، ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
ދުވަހުގެ ކޯޓޭޝަން
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ 1800 އެއްހާ މުވައްޒަފުން، އެމީހުންނަށް ކެއިންބުއިމަށް ދޭ ތަކެތީގެ ފެންވަރު ދަށްވުމާއި ސަލާމުގެ ޗުއްޓީ ނުދޭތީ މަސައްކަތް ހުއްޓާލައި ކުރަމުންދިޔަ ހަޅުތާލު ނިމުމަކަށް ގެނެސް އަނބުރާ މަސައްކަތަށް ނުކުންނަން ފެށުމާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ން ނެރުނު ބަޔާނުގައި ބުނީ؛
ކޮންޓްރެކްޓަރު މައުލޫމާތު ދީފައި ވަނީ މި ހުރިހާ ކަމެއް ހައްލު ކުރެވިފައިވާ ކަމަށާއި، މުވައްޒަފުން އެދިފައިވާ ކަންކަމަށް ރިއާޔަތްކޮށް އެކަންކަން ހަމަޖައްސައި ދިނުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ."
ދުވަހުގެ ފޮޓޯ

ވެޓަރަންސް ލީގުގެ އިއްޔެ މެޗުގެ ތެރެއިން. -- ފޮޓޯ: އަދަދު











