ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެންމެ ފަހު ވަގުތު ފޯމް ހުށަހެޅި އެވެ.
ޖޭޕީގެ އަސާސީ ގަވާއިދު މީގެ ކުރިން އޮންނަ ގޮތުން ނަމަ އެ ޕާޓީގެ ލީޑަރަކީ އޮޓޯއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އެއާއެކު ބެލެވިފައި އޮތީ ރިޔާސީ ކެންޑިޑޭޓަކީ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް ކަމަށެވެ.
އެހެންނަމަވެސް، ޖޭޕީން ފަހުން ވަނީ އެ ޕާޓީގެ ކައުންސިލްގެ މެދުގައި ބޭއްވޭ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ނިންމައިފަ އެވެ. އަދި، ޕްރައިމަރީއަށް ހުޅުވާލީ މާޗު 16، ގަ އެވެ.
ރިޔާސީ ކެންޑިޑޭޓު ކަމަށް ޝަރުތު ހަމަވާ އެތައް ބޭފުޅުންނެއް ތިއްބެވި ނަމަވެސް ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވާން ދިޔައިރު ވެސް އެއްވެސް މީހަކު ކުރިމަތިނުލާފައިވާކަން ގާސިމް އިއްޔެ ފޮނުއްވި ސިޓީގައި ފާހަގަކުރެއްވި އެވެ.
"ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ހުރި މީހަކީ އަޅުގަނޑު ކަމަށްވުމާ އެކު، މާތް ﷲ ގެ ވާގިފުޅާއި މިންވަރުފުޅުން ޕާޓީން އެދޭގޮތް ހާސިލު ކޮށްދިނުމަށްޓަކައި" ކުރިމަތިލާން ނިންމި ސަބަބެއްގެ ގޮތުގައި ގާސިމް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީން ނިންމާފައިވާއިރު ގިނަބަޔަކު ގަބޫލުކޮށްގެން ތިބީ ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.
މީގެ ކުރިން ޖޭޕީއިން ރިޔާސީ އިންތިހާބުގައި 2008 އަދި 2013 ގައި ވާދަކުރި އިރުވެސް ޕްރައިމަރީއެއް ބާއްވާފައެއް ނުވެ އެވެ. އެއީ އެ ޕާޓީގެ ލީޑަރުގެ މަގާމުގައި ގާސިމް ހުންނެވުމުންނެވެ.
ޖޭޕީން އަންނަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބައެއް ސިޔާސީ ޕާޓީތަކާ އެކު ބައްދަލުވުންތައް ބާއްވައި ކޯލިޝަނެއް އެކުލަވާލުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ.
ގާސިމް ވަކިން ވާދަ ކުރައްވަން ނިންމެވުމާއެކު އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ޕާޓީ ދޫކޮށްލާފައިވާއިރު، މިއަދު ޕާޓީން އިސްތިއުފާ ދެއްވި ބޭފުޅުންނަކީ، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝާހު، ގާސިމްގެ އެޑްވައިޒަރުގެ މަގާމުން، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރު އަދި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދެވެ.
މުހިންމު ބައެއް ހަބަރު
ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެނައުމަށް ތާއިދުކުރާކަން ހާމަކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލުންނާއި އެ ޕާޓީގެ މެމްބަރުކަމުން މި ސަރުކާރުގައި މާލޭ ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އިސްތިއުފާ ދެއްވި އެވެ.
އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހާރޫން ރަޝީދު ވަކިކޮށް، މޯލްޑިވްސް ފަންޑް މެނޭޖްމެންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށް ބަދަލުކުރި އެވެ.
ރާއްޖޭގެ އާބާދީއަކީ 515،122 ކަމަށާއި އޭގެ ތެރެއިން 41 ޕަސެންޓު މީހުން ދިރިއުޅެމުންދަނީ ގްރޭޓާ މާލެ ސަރަހައްދުގައިކަން އެންމެ ފަހުގެ ބޯހިމެނުމުން ދައްކައިފި އެވެ.
އައްޑޫ ސިޓީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ ނިމެންދެން، ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, އެ ހިޔާނާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯދި މަންފާ ކަމަށް ބުނެ 53 މިލިއަން ރުފިޔާ ދައްކަން އަމުރު ނެރެފައިވަނީ ދިފާއުގައި ބަހެއް ބުނުމުގެ ހައްގު ވެސް ނުދީ ކަމަށް އެމަނިކުފާނު ޝަރީއަތުގައި ވިދާޅުވި އެވެ.
ދުވަހުގެ ކޯޓޭޝަން
އިއްޔެ ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެ މަނިކުފާނު ވިދާޅުވީ؛
މަހުޝަރުގެ ބޭނުމަށް ބެލި ނަމަވެސް، ފެންނަން އޮތީ މަނީ ލޯންޑަކޮށްގެން އަޅުގަނޑު ހޯދި ކަމަށް އެ ބުނާ އެއް މިލިއަން ޑޮލަރު، އެ ފައިސާ އަދިވެސް ހުރީ ބޭންކުގައި، ބޭންކުގަ ހިފެހެއްޓި ގޮތަށް، ފައިސާ އިންވެސްޓު ކޮށްގެން 53 މިލިއަން ރުފިޔާ ގެނައި ގޮތެއް ނޭނގެ، އެ ވާހަކަ ދައްކާކަށް އަޅުގަނޑަށް ދަށު ކޯޓަކު ފުރުސަތެއް ވެސް ނުދޭ،"











