ރައީސް ސޯލިހަށް ތާއިދުކޮށް އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހު ވެސް ޖޭޕީން ވަކިވެއްޖެ

ރައީސް ސޯލިހަށް ތާއިދުކޮށް އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހު ވެސް ޖޭޕީން ވަކިވެއްޖެ

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެނައުމަށް ތާއިދުކުރާކަން ހާމަކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލުންނާއި އެ ޕާޓީގެ މެމްބަރުކަމުން މި ސަރުކާރުގައި މާލޭ ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އިސްތިއުފާ ދެއްވައިފި އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ޖޭޕީގެ ސްލޮޓެއްގައި ޝާހު އެންމެ ފުރަތަމަ ފުރުއްވީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމެވެ. އެއަށްފަހު، އޭނާ ބަދަލުކުރީ އެމްޑަބްލިއުއެސްސީގެ އިސްވެރިޔަކަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9, ގައި ބާއްވާ ރިޔާސީ އިންތިހާބުގައި މަހުޖަނު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ވާދަ ކުރަން ނިންމުމާ އެކު އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ޕާޓީން ދަނީ ވަކިވަމުންނެވެ.

ޝާހުގެ އިސްތިއުފާ ސިޓީގައި ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ތާއިދު ކުރަން ނިންމާފައި ވަނީ ރައީސް ސޯލިހަށް ކަމަށް ވިދާޅުވެފަ އެވެ. އަދި، އިސްތިއުފާ ދެއްވީ އެ ސަބަބާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.

"[ރައީސް ސޯލިހުގެ] ރިޔާސީ ދައުރުގައި ދައްކަވައި ދެއްވާފައި ވަނީ ގައުމުގެ ހަމަޖެހުމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ތަރައްގީ އެވެ،" ޝާހުގެ ސިޓީގައި ރައީސްް ސޯލިހަށް ތާއިދު ކުރައްވަން ނިންމެވި ސަބަބުތަކެއްގެ ގޮތުގައި ބަޔާން ކުރައްވާފައިވެ އެވެ.

ގާސިމް ވަނީ މިއަދު ޖޭޕީގެ ޓިކެޓުގައި ރިޔާސީ ރޭހަށް ނުކުންނާނެކަން ހާމަކުރައްވާފަ އެވެ. އޭނާ ރިޔާސީ ރޭހަށް ނުކުންނަން ނިންމީ ރިޔާސީ ކެންޑިޑޭޓު ކަމަށް ޝަރުތު ހަމަވާ އެތައް ބޭފުޅުންނެއް ތިއްބެވި ނަމަވެސް ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވާން ދިޔައިރު ވެސް އެއްވެސް މީހަކު ކުރިމަތިނުލުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖޭޕީން ނިންމާފައިވާއިރު ގިނަބަޔަކު ގަބޫލުކޮށްގެން ތިބީ ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށްވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox