ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެ މަގާމުން އިއްޔެ ވަކިކުރި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކެބިނެޓުގެ ބޭރުން ސިޔާސީ މަގާމަކަށް އެންމެ ފުރަތަމަ އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ޝިފާޒް ހިމެނެ އެވެ. އޭނާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދިނީ ނޮވެމްބަރު 22، 2018 ގަ އެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެމްޑީޕީގެ ދެ ފެކްޝަންގެ މައްސަލަ ހާމައަށް ފާޅުވީ ޕްރައިމަރީއަށް ފަހު އެވެ. ޕްރައިމަރީގައި ވެސް ޝިފާޒުގެ ތާއިދު އޮތީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދަށެވެ.
ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 61 އިންސައްތަ ވޯޓުންނެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ އެވެ.
ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވިއިރު ނަޝީދާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ނުކުރައްވައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހަދައިގެނެވެ.

އެ ފެކްޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅަކީ ޝިފާޒު އެވެ. ރައީސް އޮފީހުގެ މަގާމެއްގައި ހުންނަވައިގެން ރައީސް ސޯލިހަށް ތާއީދު ނުކޮށް އެހެން ކެންޑިޑޭޓަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެމްޑީޕީގެ އާންމު މެމްބަރުންގެ ފާޑުކިޔުން ވެސް ޝިފާޒަށް އޮތީ އަމާޒުވެފަ އެވެ.
ޕާޓީގެ ގަވާއިދާ ވެސް ހިލާފަށް ޝިފާޒު އަމަލު ކުރައްވާފައި ވަނިކޮށް، މިނިސްޓަރު ކަމުން ވަކިކޮށް އެ މަގާމަށް އައްޔަން ކުރެއްވީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) އެވެ.
އިބްރާހިމް ވަހީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗެއާމަންކަން ހިމެނެ އެވެ.
މި ސަރުކާރުގައި ފެނެކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.
މުހިންމު ބައެއް މަގާމު
ރައްޔިތުން މަޖިލީހުގެ މި ހަފުތާގެ ޖަލުސާތަކުން ފާހަގަ ވާނެ އެއް ކަމަކީ ޖަލުސާ ފަށާއިރު ވެސް ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނެވުމެވެ. މަޖިލީހުގެެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ. ނައިބު ރައީސް އީވާ އަބްދުﷲ ރަސްމީ ދަތުރުފުޅެއްގަ އެވެ. އެހެންވެ، ރިޔާސަތު ބަލަހައްޓަވާނީ އަފީފު ކަމުގައި އިއުލާނު ކުރައްވަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ތާއީދު ކުރާނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ކަމަށް ބުނެފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޖުމްހޫރީ ޕާޓީން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލީ މީހުންގެ ނަންތައް މާދަމާ މެންދުރު އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުރު ނެރުނީ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އިޖުރާއަތްތަކުގެ ބޭރުން ކަމަށް ޔާމީންގެ ވަކީލުން ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ހުރަސް އަޅައި ސެކިއުރިޓީ ބްރީޗް ވުމުގައި އިހުމާލުވި މައްސަލަ ދިރާސާ ކުރަމުން އަންނަ މަޖިލީހުގެ 241 ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ސިއްރުކޮށްފި އެވެ.
ގައުމީ އެއާލައިން "މޯލްޑިވިއަން"އިން އޭޓީއާރު މަރުކާގެ އިތުރު ފްލައިޓެއް ގެނައުމަށް ތައްޔާރުވެއްޖެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރައްޔިތުންގެ މަޖީލިހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ރަށުގައި ނެތި މަޖިލީހުގެ ޖަލްސާތައް ބާއްވާތީވެ، ކުރިމަތިވި ފާޑުކިޔުންތަކާ ގުޅޭ ގޮތުން މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވީ؛
ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ށ. ގެ ދަށުން މަޖިލީހުގެ ރިޔާސަތު މެމްބަރަކު ބެލެހެއްޓެވި ނަމަވެސް، މަޖިލީހުގެ އިދާރާގެ ކަންކަން މި ވަގުތު ހިންގަމުން މިދަނީ ނައިބު ރައީސްގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން. މި ދިޔަ މުއްދަތުގައި [މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ރާއްޖޭގައި ނެތް މުއްދަތު] އެ ބޭފުޅުން ސޮއިކުރައްވައި ފޮނުވަންޖެހޭ ފަދަ ކަމެއް ދިމައެއް ނުވޭ. އެހެން އިންތިޒާމުތައް ގަވާއިދާ އެއްގޮތަށް ހުރީ ހަމަޖައްސަވާފައި،"
ދުވަހުގެ ފޮޓޯ

ގދ. ގައްދޫ ކުޑަކުދިންގެ ޕާކުގައި ކުއްޖަކު އުނދޯލި ހެއްލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު











