ހުދުލިބާހާއި މުންޑުން ފެށި ހިދުމަތަށް ނުވަ ދަހަރުން އައި އިންގިލާބީ ބަދަލުތައް

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ފުލުހުންތަކެއް: އެންމެ ފުރަތަމަ ފުލުހުންގެ ޔުނީފޯމަށް މި ވަނީ އިންގިލާބީ ބަދަލެއް އައިސްފަ - ފޮޓޯ: އަދަދު ފައިލް

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ފުލުހުންތަކެއް: އެންމެ ފުރަތަމަ ފުލުހުންގެ ޔުނީފޯމަށް މި ވަނީ އިންގިލާބީ ބަދަލެއް އައިސްފަ - ފޮޓޯ: އަދަދު ފައިލް

ރާއްޖޭގައި ހަޟާރަތެއް ގާއިމުވެ ދެމިއޮތްތާ 2500 އަހަރު ވެފައިވާ ކަމަށް ތާރީހު ލިޔުއްވާ އެކި ބޭފުޅުން ވަކާލާތު ކުރެ އެވެ. އެހާ ދިގު ތާރީހެއްގައި މިހާ ބޮޑު ވެރިކަމެއް ދެމިއޮންނާނީ ސަލާމަތީ ކޮންމެވެސް ބާރެއް އޮވެ، ސުލްހަ ގާއިމުކުރާން ކޮންމެވެސް ފައުޖެއް އޮވެގެން ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ފުލުހުންގެ ހިދުމަތެއްގެ ވާހަކަ ދެއްކުމަށް އެވޭލާ ތާރީހަށް ދިއުމުގެ ބޭނުމެއް ނެތެވެ. ގާނޫނަކަށް ތިރިކޮށް، 120 އޮފިސަރުންގެ ފައުޖަކާއެކު ރާއްޖޭގައި ރަސްމީ ސިފައެއްގައި ފުލުހުންގެ ހިދުމަތް ދޭން ފެށިތާ މިއަދަށް މިވަނީ ނުވަ ދަހަރުވެފަ އެވެ.

މީގެ 90 އަހަރު ކުރިން ރާއްޖޭގެ މީހުން ދިރިއުޅުނު ގޮތާއި މާހައުލު ވަރަށް ވެސް ތަފާތެެވެ. އޭރު ރަސްކަމުގައި ހުންނެވި ސުލްތާން މުހައްމަދު ޝަމްސުއްދީން ތިން ވަނަ ގެ އަމުރަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއް އެކުލަވާލި އެވެ. ގިނަ ދުވަސްތަކެއް ނުވެ އޭރު އޮތް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ފުލުހުންނާ ބެހޭ ގާނޫނެއް އެކުލަވާލެވި ރަސްކަލުންނަށް ފޮނުވި އެވެ. އެ ގާނޫނު ޝަމްސުއްދީން ރަސްކަލުން ތަސްދީގުކުރެއްވީ މާޗް 29، 1933 ގަ އެވެ.

އެއާއެކު ދިވެހި ފުލުހުންގެ ހިދުމަތެއް ރަސްމީ ސިފައެއްގައި ފެށި އެވެ. އެ ހިދުމަތަށް މާލޭގެ ހަތަރު އަވަށުން 120 މީހުންގެ ފައުޖެއް އެކުލަވާލާ 'ފުލުހު މީހުން' ގެ ނަން ދިނެވެ. ފުލުހުންގެ ހިދުމަތުން ރައްކާކޮށްފައިވާ ތާރީހު ދައްކާގޮތުން ފުރަތަމަ ފުލުހުންގެ ހިދުމަތުގައި އުޅުނު މީހުންގެ މުސާރައަކީ މަހަކަށް ހަނޑޫ މުޅިއެކެވެ. އިނާޔަތުގެ ގޮތުގައި އަހަރަކު އިތުރު ތަކެތި ރަސްކަލުން ދެއްވި ކަމަށްވެ އެވެ.

ފުލުހުންގެ ހިދުމަތް ފެށުނީ ވެސް ރަސްމީ ޔުނީފޯމަކާއެކު އެވެ. އެއީ ހުދުލިބާހާއި މުންޑެވެ. ލިބާހުގެ އަތުކުރީ ފޮތިގަނޑާއި ގިރުވާނު ހުންނަނީ ރަތް ކުލައިންނެވެ. ބޮލުގައި އަޅަން ޖެހެނީ ކަޅު ތާކިހަލެކެވެ. އުނަގަނޑުގައި ކަމަރެއް އަޅާފައި އޮވެ އެވެ. އަތުގައި މުގުރުބުރި އޮންނަންޖެހޭ ކަމަށް 1933 ގައި ތަސްދީގުކުރި ގާނޫނުގައި އޮތެވެ.

ނުވަދިހަ އަހަރު ކުރިން ފުލުހުންގެ ހިދުމަތް ފަށަން އެކުލަވާލި ގާނޫނުގައި އެންމެ ބޮޑު ޒިންމާއެއްގެ ގޮތުގައި އޮތީ އާންމު ރައްޔިތުން ރައްކާތެރިކަން ކަށަވަރު ކުރުމާއި ރަށުތެރެ ބެލެހެއްޓުމެވެ. ރަށުގެ ހަތަރު އަވަށާއި ބާޒާރު މަތި ބަލައި، ކުށްވެރިން ވެރިންނާ ހަމައަށް ގެންދިޔުމެވެ.

ފެހި އޮފީހާއި އެ އޮފީހުގެ ތަހުގީގު

ފުލުހުންގެ ތަހުގީގީ މަރުކަޒެއްގެ ގޮތުގައި އެންމެ ފުރަތަމަ ހެދީ 'ފެހި އޮފީސް' އެވެ. އޭރުގެ ސިފައިންގެ އާއި އިންވެގެން، އިބްރާހިމް މައިދާނުގައި ހުރި 12 ފޫޓް 12 ފޫޓުގެ އެ އޮފީހަކީ އޭރު ތިބި ފުލުސް އޮފިސަރުން މައްސަލަތައް ތަހުގީގުކުރުމަށް ބޭނުންކުރި ހަމައެކަނި ތަނެވެ. ގާތްގަނޑަކަށް 1970 ގެ އަހަރުތަކާ ޖެހެންދެން މި އޮފީސް ހުއްޓެވެ.

އެ އޮފީހުގައި ހުންނަ ކަމަށްވަނީ ތަހުގީގުކުރާ މީހާ އިންނަ މޭޒަކާއި ދެތިން ގޮނޑި އާއި ކަބަޑެކެވެ. އެއީ އޭރުގެ ފުލުހުންގެ ތަހުގީގީ މައި މަރުކަޒުގެ ހާލަތެވެ. އެ ޒަމާނުގައި ފެހި އޮފީހުން މައްސަލައިގެ ދާއިރާ ގިންތި ކުރެވިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ސިޔާސީ އަދި ދީނާ ހިލާފުވުމުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން މާރާމާރީގެ މައްސަލަތަކެވެ.

ފުލުހުންނާއި ސިފައިން އެއް ފުރާޅެއްގެ ދަށުގައި

ރާއްޖޭގައި ރަސްމީ ސިފައެއްގައި ސިފައިންގެ ހިދުމަތް ފެށިގެން ދިޔައީ ފުލުހުންގެ ހިދުމަތް ވުޖޫދަށް އައުމުގެ 40 އަހަރުގެ ކުރިންނެވެ. ފުލުހުންގެ ހިދުމަތް އުފެދުނު ފަހުންވެސް އެކި ތާރީހުގައި އެކި ފަހަރު މަތިން ސިފައިންގެ އެހީއަށް ފުލުހުން ވަނީ އެދިފަ އެވެ. އެ ދެ ހިދުމަތް އެކުގައި މަސައްކަތް ކުރަމުން ގެންދިޔައީ ގާތްގަނޑަކަށް އެއް ހިދުމަތެއްގެ ގޮތުގަ އެވެ.

ފުރަތަމަ ގާނޫނީ އަސާސީގެ ދަށުން 1933 ގައި ފުލުހުން އުފެއްދި ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ފުލުހުންގެ މަސައްކަތް ސިފައިން ވެސް ކުރަމުން ގެންދިޔަ އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ސިފައިންގެ ތެރެއިން ވަކި ބަޔަކު ހާއްސަކޮށް ފުލުސް މީހުންގެ ގޮތުގައި ރަޖިސްޓްރީކުރެވި ފުލުހުންގެ ހިދުމަތް ދޭން ފެށި ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މާޗް 13، 1972 ގަ އެވެ.

ފުލުހުންގެ އޮފީސް ގާއިމްކޮށް ހިދުމަތް ތަރައްގީވާން ފެށުން

ފެހި އޮފީހުގައި ކުރަމުން އައި ފުލުހުންގެ މަސައްކަތް، ބަނޑޭރިގޭގެ މަތީގައި ހުރި ކޮޓަރިއަކަށް 1970 ގެ އަހަރުތަކުގެ ކުރީކޮޅު ބަދަލުކުރި އެވެ. ފެހި އޮފީހުގެ ބަދަލުގައި އެތަނަށް ފުލުސް އޮފީސް ނުވަތަ ފުލުހުންގެ އޮފީސް މިނަން ކިޔަން ފެށި އެވެ.

ނަމަވެސް ޖާގައިގެ ދަތިކަން ދިމާވުމުގެ ސަބަބުން އެ އޮފީހުގެ ބަދަލުގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެެރިކަމުގައި 1985 ގައި ބަނޑޭރިގެއާ އިންވެގެން ފުލުހުންނަށް ވަކި އިމާރާތެއް އަޅާ އެތަނަށް ފުލުހުންގެ އޮފީސް ބަދަލުކުރި އެވެ. އެއީ ފުލުހުންގެ ހިދުމަތް ކުރިއަރަންފެށި ހިސާބެވެ. އެއަށްފަހު ސިފައިންގެއެކޭ އެއްފަދައިން ފުލުހުންގެ ހިދުމަތަށް ވެސް މީހުން އިތުރުކޮށް އެ މީހުންނަށް ޒަމާނީ ތަމްރީނާއި ތައުލީމު ދޭން ފެށި އެވެ.

އެއަށްފަހު ފުލުހުންގެ ހިދުމަތަށް ޒަމާނީ ކަންކަން އިތުރުވަމުންދިޔަ އެވެ. އެގޮތުން އިންޓަޕޯލްގެ މެންބަރެއްގެ ގޮތުގައި 1984 ގައި ދިވެހިރާއްޖެ ރަޖިސްޓްރީވެ އިންޓަޕޯލްގެ ހިދުމަތް ހޯދަންފެށި އެވެ. އަދި 1992 ގައި ސިފައިންގެ ހިދުމަތަށް 100 އަހަރުވުމާ ގުޅިގެން މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތްދިނުމުގެ މަސައްކަތް ފެށި އެވެ. އެ މަސައްކަތުގެ ތެރެއިން ބ. އޭދަފުށި، އދ. މަހިބަދޫ، އއ. ރަސްދޫ، ޏ. ފުވައްމުލައް އަދި ހދ. ކުޅުދުއްފުށީގައި ޒަމާނީ ފެންވަރުގެ މަރުކަޒުތައް ގާއިމުކޮށް ހިދުމަތްދޭން ފެށި އެވެ.

އޭގެ ފަހުން 1995 ގައި ކޮމިއުނިޓީ ޕޮލިސިންގެ ހިދުމަތް އަދި 1997 ގައި ވިލީ ފުލުސްތައް ތައާރަފުކޮށް، އިހުނަށްވުރެ ރައްޔިތުންނާއި ކައިރިން ހިދުމަތް ދިނުމުގެ މަސައްކަތް ފެށި އެވެ. އަދި ވިލީ ފުލުސް ހިދުމަތުގެ ދަށުން މާލޭގެ ހަތަރު އަވަށުގައި މަރުކަޒުތައް ގާއިމުކުރެވި ހިދުމަތްދޭން ފެށި އެވެ.

ފުލުހުންގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް 70 އަދި 80 ގެ އަހަރުތަކުގެ ތެރޭގައި ފޮރެންސިކް ހިދުމަތްތަކާއި މެރިން ޕޮލިސް ވެސް ތައާރަފު ކުރި އެވެ. އެއަށްފަހު ޓްރެފިކް ޕޮލިސްގެ ހިދުމަތް ތައާރަފުކުރީ 1999 ގަ އެވެ. އޭރު ޓްރެފިކްގައި މަސައްކަތްކުރާ ފުލުހުންގެ އަދަދަކީ އެންމެ 12 އެވެ.

ފުލުހުންގެ ހިދުމަތް ވަކިވުން

ފަހުން 2004 ގައި ފުލުހުންނާއި ސިފައިން އެކުގައި ކުރަމުންދިޔަ މަސައްކަތް ގާނޫނީ ގޮތުން ވަކިކޮށް ފުލުހުންގެ ޔުނީފޯމާއި ވަކި އިދާރާއެއް ގާއިމުކުރީ ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާގެ ދަށުންނެވެ. މިހާރު ފެންނަ ނޫ ކުލަ ފުލުހުންނަށް މަތިކުރެވުނީ ވެސް އެ ބަދަލުގެ ތެރެއިންނެވެ.

ސިފައިންނާއި ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި ރަސްމީގޮތުން ހަމަޖެހި ސެޕްޓެމްބަރު 1، 2004 ގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ މަރުކަޒަށް ފުލުހުންގެ ދިދަ ނަގައި، ފުލުހުންގެ ޔުނީފޯމް ވެސް ތައާރަފުކުރި އެވެ.

އޭގެ ފަހުން ވެސް ވެސް ފުލުހުންގެ ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީކޮށްފަ އެވެ. އޭގެ ތެރޭގައި ފުލުހުންގެ ގާނޫނު ފުރިހަމަކޮށް އަމަލު ކުރަން ފެށުމަކީ މުހިންމު މަސައްކަތެކެވެ. ހުދުލިބާހާއި މުންޑުން ފެށި ފުލުހުންގެ ހިދުމަތް ފައްކާވެ ޒަމާނީވެ، ނުވަ ދަހަރަށްފަހު މި ވަނީ ފުރިހަމަ ވުމުގެ މަގުމަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox