ހުލާސާކޮށް އިއްޔެ: އައިޖީއެމްއެޗުން ކާބަން ޑައިއޮކްސައިޑް ހުސްވެ، އާންމު ސާޖަރީތައް ހުއްޓުން

Mar 29, 2023, 2:15 AM
ސަރުކާރުން ހިންގާ އައިޖީއެމްއެޗް އައި ދަރުމަވަންތަ ހޮސްޕިޓަލް. -- ފޮޓޯ: އަދަދު

ސަރުކާރުން ހިންގާ އައިޖީއެމްއެޗް އައި ދަރުމަވަންތަ ހޮސްޕިޓަލް. -- ފޮޓޯ: އަދަދު

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ބޭނުންވާ ކާބަންޑައިއޮކްސައިޑް ނުލިބޭތާ ތިން ހަފުތާވެ، އާންމު ސާޖަރީތައް ހުއްޓާލާފައިވާ ކަމަށް ރިޕޯޓު ކުރީ އިއްޔެ އެވެ.

ކާބަންޑައިއޮކްސައިޑް އާންމުކޮށް ބޭނުން ކުރަނީ ލެޕަރޮސްކޮޕް ނުވަތަ ބަނޑުގައި ލޯވަޅު އަޅައިގެން ކުރާ ސާޖަރީތަކުގަ އެވެ. އޭގެ ތެރޭގައި އެޕެންޑިކްސް ސާޖަރީ، ގޯލްސްޓޯންސް ސާޖަރީ ފަދަ ކުދި ސާޖަރީތަކުގަ އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް "އަދަދު" އަށް ވިދާޅުވީ ގޭހުގެ ސްޓޮކް ނުލިބޭތީ ފާއިތުވީ ތިން ހަފުތާ ތެރޭގައި ހިފަހައްޓަމުން ދިޔައީ އެ ހޮސްޕިޓަލްގައި ހުރި ގޭހުން ކަމަށެވެ. އާންމު ސާޖަރީތަކުގެ ތެރެއިން ކާބަންޑައިއޮކްސައިޑް ބޭނުންކޮށްގެން ކުރަންޖެހޭ ފަސް ސާޖަރީ ދުވާލަކު އެވްރެޖުކޮށް ކުރާ ކަމަށާއި ނަމަވެސް މިހާރު ގޭސް ހުރީ އެމަޖެންސީ ކޭސްތަކުގައި ސާޖަރީ ކުރެވޭނެ ވަރަށް ކަމަށް ސަލީމް ވިދާޅުވި އެވެ. އެއީ ދެ ފުޅި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އާންމުކޮށް ކުރަންޖެހޭ ސާޖަރީތަކުގައި މީހުން އެޑްމިޓް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ކާބަންޑިއޮކްސައިޑް ގޭސް އައިޖީއެމްއެޗަށް ސައިޕްލައިކޮށް ދެނީ މޯލްޑިވްސް ގޭހުންނެވެ. ގޭހުގެ ސްޓޮކް ހުސްވީ މޯލްޑިވްސް ގޭސްގެ ޝިޕްމެންޓް އައުން ލަސްވެގެން ކަމަށް ސަލީމް ވިދާޅުވި އެވެ.

އެހެންވެ، އަމިއްލަ ހޮސްޕިޓަލަކަށް ގެނެސްފައިވާ ކާބަންޑައިއޮކްސައިޑް ޝިޕްމެންޓެއް މާލޭ ބަނދަރުގައި އެބަ އޮތް ކަމަށާއި އެ ޝިޕްމެންޓް ގޭސް ލިބޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެ ޝިޕްމެންޓުން ވެސް [ގޭސް] ލިބޭތޯ. ނަމަވެސް އެ ޝިޕްމެންޓު ވެސް ހުސް ނުކުރެވޭތާ ހަތަރު ދުވަސް ވެއްޖެ،" ސަލީމް ވިދާޅުވި އެވެ.

"މިއީ އައިޖީއެމްއެޗްގެ މައްސަލައެއް ނޫން. ސަޕްލަޔަރުގެ މައްސަލައެއް."

މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ގޭހުގެ ބަހެއް އަދި ނުލިބެ އެވެ.

މުހިންމު ބައެއް ހަބަރު

  • މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯޑް އުވާލި މައްސަލަ ކޯޓުން ހުށަހެޅުމުން، އެ ޖަމިއްޔާއިން އެހެން ދީނެއްގެ ފިކުރާއި ޝިޔާރު ފަތުރަން އުޅުނު ކަމަށް ބެލެވިދާނެ ކަމަށް ކަނޑައަޅައި ޖަމިއްޔާ އުވާލީ ރަނގަޅަށް ކަމަށް ނިންމި އެވެ.
  • ހެންވޭރު ގެއެއްގައި ހުރި އޮފީހެއް ފަޅާލައި، ހަތް ލައްކަ ރުފިޔާ ވަގަށް ނެގި ކަމަށް ބެލެވޭ މީހަކު ފުލުހުން ހައްޔަރުކުރި އެވެ.
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މެންދުރު ޖެއްދސި ފްލައި ދުބާއީގެ މަތިންދާ ބޯޓުގެ ފުރޮޅު ފަޅައިިގެން ދިޔަ އެވެ.
  • މާލެ އެތެރެކުރާ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލްކުރުމަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވި އެވެ.
  • ދިވެހިން ހިންގާ އެސްއެމްއީތަކާއި ފަތުރުވެރިކަމުގެ ސިނާތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު (އޭޑީބީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 41 މިލިއަން ޑޮލަރު ފައިނޭންސް ޕެކޭޖެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރި އެވެ.
  • މޯބައިލް ސިމް ނެގޭ މިންވަރު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަ މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނި ކަމަށް ރިޕޯޓުކުރި އެވެ.
  • ތިލަފުށީގެ ބިން ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ 'އޭރިއާ ސީ' ހިއްކުމުގެ މަސައްކަތް ފެށި އެވެ.
  • ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު އައްޔަނު ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ފޮނުވި އެވެ.

ދުވަހުގެ ކޯޓޭޝަން

މާލެ އެތެރެކުރާ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލްކުރުމަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ؛

[އެކަށީގެން ނުވާ މިންވަރަށް މާލޭގައި ވެހިކަލްތައް ގިނަވުން] ކޮންޓްރޯލް ކުރެވޭނީ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލުތަކެއް ގެނެސްގެން. އިމްޕޯޓު އެކްސްޕޯޓު ގާނޫނުގަ މަނައެއް ނުއެއް ކުރޭ ކޮންމެ މީހަކުވެސް ވެހިކަލެއް ގެންނަންވީމަ ހަމަ އެތެރެކުރަންވީ ވެހިކަލެއް. އޭގައި މަނާކުރާ އެއްވެސް ކަމެއް ނެތް. އެހެންވީމަ އަޅުގަނޑުވެސް އަދި އިއްޒަތްތެރި މެންބަރުވެސް ނުވަތަ އެހެން ބޭފުޅަކު ވެސް ހަމަ 10 ވެހިކަލް، 20 ވެހިކަލް އިތުރުކުރަންވީ"

ދުވަހުގެ ފޮޓޯ

s
s

އިއްޔެ ފްލައި ދުބާއީ މަތިންދާ ބޯޓުގެ ފުރޮޅު ފަށައިގެން ގޮސްފައި. -- ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox