ހުލާސާކޮށް އިއްޔެ: ހިޔާގެ ޓަވަރުތަކެއް ކަނުއަނދިރީގައި

Mar 28, 2023, 2:54 AM
ހިޔާ ޓްވަރުތައް. ހިޔާގެ އަށް ޓަވަރަކުން ކަރަންޓު ކެނޑުމަށް ފަހު އަލުން ހިދުމަތް ދެވުނީ ހަތަރު ގަޑިއިރު ފަހު ރޭ 9:30 ހާއިރު. -- ފޮޓޯ: އަދަދު

ހިޔާ ޓްވަރުތައް. ހިޔާގެ އަށް ޓަވަރަކުން ކަރަންޓު ކެނޑުމަށް ފަހު އަލުން ހިދުމަތް ދެވުނީ ހަތަރު ގަޑިއިރު ފަހު ރޭ 9:30 ހާއިރު. -- ފޮޓޯ: އަދަދު

އިއްޔެ ރޯދަ ވީއްލަން ތައްޔާރުވަމުން ދަނިކޮށް، ހިޔާގެ ގިނަ ޓަވަރުތަކަކުން ކަރަންޓު ކެނޑި، ކަނުއަނދިރީގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނެވެ.

ހިޔާގެ އެއް ނަންބަރު ޓަވަރުން ފެށިގެން އަށް ނަންބަރު ޓަވަރާ ހަމައަށް ކަރަންޓު ކެނޑުނީ ހަވީރު 5:20 ހާއިރު އެވެ. އަލުން ކަރަންޓު ދެވުނީ ހަތަރު ގަޑީއިރު ފަހުން، ރޭގަނޑު 9:30 ހާއިރު އެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އެ ޓަވަރުތަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަންގެ ސްވިޗް ގިޔަރުގެ ބަސްބާ ޝޯޓުވުމާ ގުޅިގެންނެވެ.

ފުރަތަމަ މަސައްކަތް ކުރީ އެ ސްވިޗް ބޯޑު ބަދަލުކުރުމަށެވެ. ނަމަވެސް ގިނަ ވަގުތުތަކެއް ހޭދަވާތީވެ، ބެހެއްޓި ވަގުތީ ޔުނިޓަށް ކޭބަލްތައް ގުޅުމަށް ފަހު ކަރަންޓު ދިނެވެ.

"ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި އަޅުގަނޑުމެންގެ މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން ހިޔާގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.

މުހިންމު ބައެއް ހަބަރު

ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށާއި މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފުލެޓުތައް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޕޮއިންޓު ހަމަހަމަވި މީހުންގެ މެދުގައި ބާއްވާ ގުރުއަތުލުން އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީއިން) ބުނެފި އެވެ.

މިދިޔަ އަހަރު ނިމުނު އިރު އޭގެ ކުރީ އަހަރަށް ވުރެ އަންހެން ފަނޑިޔާރުންގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ މަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެމަނިކުފާނު އަނބުރާ ގެންދަވައިފި އެވެ.

ފެނުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމަކާ ނުލައި ވޯޓު ލެވޭނެ ގޮތް ހެދުމަށް ޓަކައި ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ފުރަތަމަ ފަހަރަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.

ދުވަހުގެ ކޯޓޭޝަން

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ؛

ދިވެހިރާއްޖޭގައި މިސާލެއްގެ ގޮތުން މެޑިކަލް މަރުވާނާ އެ ބޭފުންކޮށްފި ކަމަށް ވަންޏާ، އެއާއި ބާރުގަދަ ޑުރަގު ބޭނުންކުރާ މީހާއާ އެއްވަރު ހުކުން މި އަންނަނީ. މެޑިކަލް މަރުވާނާ ހުއްދަ ކުރަންވީ ރާއްޖޭގައި. އެއީ މިކަމަށް އޮތް ބޭހަކީ، ދެން އަނެއްކާ ވެސް ދިވެހި ރައްޔިތުންނަށް ޒައްގޫމު ދީގެން ނުވާނެތާ، މިއީ ބޭހެކޭ ކިޔައި ބަހައްޓާފަ،"

ދުވަހުގެ ފޮޓޯ

ގދ. ގައްދޫގައި އިއްޔެ އަންހެނަކު ޖޯލިފައްޗެއްގައި އިނދެ ގުރުއާން ކިޔަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ގދ. ގައްދޫގައި އިއްޔެ އަންހެނަކު ޖޯލިފައްޗެއްގައި އިނދެ ގުރުއާން ކިޔަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގދ. ގައްދޫގައި އިއްޔެ އަންހެނަކު ޖޯލިފައްޗެއްގައި އިނދެ ގުރުއާން ކިޔަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox