ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި ހުސައިން އަމްރު އެ މަގާމުތަކުން ވަކިކުރީ އިއްޔެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް އެ މަގާމުތަކުން އަމްރު ވަކިކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިއްޔެ ހަވީރު އެވެ.
އެސްޓީއޯގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަމްރު އައްޔަން ކޮށްފައި ވަނީ ނޮވެމްބަރު 18، 2018 ގަ އެވެ.
އަމްރު މަގާމުން ވަކިކޮށް މެނޭޖިން ޑިރެކްޓަރު އައްޔަން ކުރެވެން ދެން އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރަން ޕީސީބީން ނިންމާފައިވަނީ އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމުއާ އެވެ. އެސްޓީއީގެ ސީއެފްއޯގެ މަގާމުގައި ހުންނެވި ނިޒާމު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައި ވަނީ 2021 ވަނަ އަހަރު މާޗު މަހު އެވެ.
އަމްރު އެސްޓީއޯއިން ވަކިކުރީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމާއެކު، ޕްރައިމަރީއަށް ފަހު ވެސް ފެނިގެން ގޮސްފައި ވަނިކޮށެވެ. ނަޝީދު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެ ވަނަ ދައުރެއް ލިބިވަޑައިގަތަ ނުދިނުމަށެވެ.

ނަޝީދުގެ އަތްޕުޅުގައި 16 އަހަރު ވަންދެން އޮތް އެމްޑީޕީ ހިންގެވުމުގެ ބާރު ވެސް އެ މަނިކުފާނަށް ގެއްލިގެން ފައިވަނިކޮށް، ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބަށް ފަހު މަސައްކަތް ކުރައްވަނީ މަހުޖަނު ގާސިމް އިބްރާހިމް ރިޔާސީ އިމްތިހާބަށް ނެރުއްވައިގެން އޭނާއާއެކުގައި "ފިކުރެއްގެ ދިރުމަށް" މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށެވެ.
އެގޮތުން ޖުމްހޫރީ ޕާޓީއާއި ''ފިކުރެއްގެ ދިރުން'' ގުޅިގެން މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އަދި، އެ މަޝްވަރާއަށް ޖޭޕީގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނަޝީދު ފޮނުއްވި އެއް މަންދޫބަކީ ވެސް އަމްރެވެ.
އަމްރުއަކީ އެމްޑީޕީގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސްކަން ވެސް ފުރުއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އޭގެ އިތުރުން، އެމްޑީޕީގެ ޕޮލިސިީ ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގައި ވެސް އޭނާ އިންނަވަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު" ނޫހަށް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި، އަމްރު މަގާމުން ވަކިކޮށްފައިވަނީ އެފަދަ ބަދަލެއްގެ ތެރެއިން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އަމްރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ފޯނަށް ޖަވާބު ނުދޭތީ ކާމިޔާބު ވެފައެއް ނުވެ އެވެ.
މުހިންމު ބައެއް ހަބަރު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ނުކުރާ ގޮތަށް ހުންނެވި ނަމަވެސް އެމްޑީޕީއަށް ދެރަ ގޮތެއް ވާން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނުނިންމަވާނެ ކަމަށް، ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރަން ފަސޭހަވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ރުހުން އޮވެގެން ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިދިޔަ އަހަރު ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކުގެ ތެރެއިން މަދު މައްސަލައެއް ބަލަން ކޮމިޝަނުން ނިންމަން ޖެހުނީ، ފަނޑިޔާރުންގެ ސުލޫކަށް ހެޔޮ ބަދަލުތަކެއް އައުމާ ގުޅިގެން ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް މަހު 15 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާން ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލެ ސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު ހެދުނު ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތުގެ އެއްބަސްވުން އުވާލުމަށްފަހު ސިޓީ ކައުންސިލުން މާލެތެރެ ބެލެހެއްޓުމަށް އަލަށް އުފައްދާ މަގުފާރަވެރިންގެ ހިދުމަތައް، އިތުރު 300،000ރ. ހަރަދުވާނެކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވުމަށް ފަހު ވެސް، ޕާޓީ އެއްބައިވަންތަނުކޮށް ފިކުރެއްގެ ދިރުމުގެ ނަމުގައި ރައީސް ސޯލިހާ ދެކޮޅަށް ހިންގަވާ ހަރަކާތުގައި، ޕްރައިމަރީއަށް ފަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ފެނިގެން ދިޔުމާއެކު އޭނާ އިއްޔެ މަގާމުތަކުން ވަކިކޮށްފައި ވަނިކޮށް، ހޯމް މިނިސްޓަރު އިމްރާހިމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ؛
ރައީސް ސޯލިހަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ފިޔަވަޅު އެޅުމަކީ ހިތިކަމާއި ފޮނިކަން އެކުލެވިގެންވާ އެއްޗެއްކަން. ކޮންމެހެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެކަން ދަންނަ މީހުންނަށް އެނގޭ. ކޮންމެ ކަމެއްގައި ވެސް ހިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކުރުން މުހިންމު،"











