ބޭންކް އޮފް މޯލްޑިވްސްގެ އެމެކްސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެ ބޭންކުން ޕްރޮމޯޝަނެއް ފަށައިފި އވެެ.
ބީއެމްއެލްގެ މި ޕްރޮމޯޝަނުގެ ދަށުން، އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އެގޮތުން، ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ވެސް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނިގެންދާނެ އެވެ.
އެ ބޭންކުން ބުނި ގޮތުގައި، މި ޕްރޮމޯޝަނުގެ ދަށުން އަނބުރާ ފައިސާ ލިބެނީ ގުރުއަތުން ހޮވޭ ކަސްޓަމަރުންނަށެވެ. އެގޮތުން ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން 10 ކަސްޓަމަރުން ހޮވާނެ އެވެ. އަދި އެ ކަސްޓަމަރުންނަށް، ކާޑުން ކުރި މުއާމަލާތުގެ އަދަދު އަނބުރާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލް އިން މިއަދު ތައާރަފު ކުރި މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޭޕްރީލް މަހުގެ ނިޔަލަށެވެ.
އެ ބޭންކުން އިތުރަށް ބުނީ، 325،000 އަށްވުރެ ގިނަ ކަސްޓާމަރުންނާއި، 7،900 އަށްވުރެ ގިނަ މާޗެންޓުންނާއެކު އެ ބޭންކަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި، ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކު ކަމަށެވެ.

އަދި އެއީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓު ބަލައިގަންނަ ހަމައެކަނި ބޭންކު ވެސް މެއެވެ.













