ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭރުގެ ޖަމިއްޔާތަކަށް ހުޅުވާލައިފި

Mar 25, 2023, 8:50 AM
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު: ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ މީހުން އެކަމަށް ހުށަހެޅޭނެ ފަހު ތާރީހަކީ މާޗް 25 -- ފޮޓޯ: އަދަދު ފައިލް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު: ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ މީހުން އެކަމަށް ހުށަހެޅޭނެ ފަހު ތާރީހަކީ މާޗް 25 -- ފޮޓޯ: އަދަދު ފައިލް

ސެޕްޓެމްބަރު 9، ގައި ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ ޖަމިއްޔާތަކުން އެކަމަށް އެދި ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި އޮތީ ރިޔާސީ އިންތިހާބު މޮނީޓާ ނުވަތަ އޮބްޒާވް ކުރަން ބޭނުންވާ ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން ފަރާތްތަކުން މާޗް 25، ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ފަރާތްތަކަކީ އެމީހަކު ރިޕްރެޒެންޓު ކުރާ ޖަމިއްޔާއަކުން އެކްރެޑިޓްކޮށްފައިވާ މީހަކަށްވާންޖެހޭނެ ކަމަށެވެ. އަދި އެއީ 18 އަހަރު ފުރި، އެއްވެސް ކެންޑިޑޭޓަކަށް އަދި ޕާޓީއަކަށް ކެމްޕެއިން ކުރާ މީހަކަށްވެގެންނުވާނެ ކަމަށް ވެސް އިލެކްޝަންސް އިން ބުނެ އެވެ.

ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކުން ކޯޑް އޮފް ކޮންޑަކްޓެއް އަދި ގަރާރެއްގައި ސޮއި ކުރަންޖެހޭނެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރީތައްވަމުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ މުވައްޒަފުން ނަގައި، ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި އިންތިހާބު ކުރިއަށްދާއިރު އިލެކްޝަންސް ކޮމިޝަނުގެ މައި މަރުކަޒަކީ ދަރުބާރުގެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި 280،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު އިލެކްޝަންސް ކޮމިޝަނުން ބުނީ ގާތްގަނޑަކަށް 600 ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށްޓަކައި ބަޖެޓުކޮށްފައި ވަނީ 90 މިލިއަން ރުފިޔާ އެވެ. ނަމަވެސް ދެ ވަނަ ބުރަކަޖަށްދާންޖެހިއްޖެ ނަމަ 120 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންދާޒާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox