އިލެކްޝަންސް ކޮމިޝަނުން ނޫސްވެރިން ތަމްރީނު ކުރުން؛ "ބޮޑު ޖޯކެއް"

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް؛ އެ ކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބު ކަވަރު ކުރާ ނޫސްވެރިންނަށް ތަމްރީނެއް ދޭނެ ކަމަށް ބުނެފައި-- ފޮޓޯ: މަޖިލިސް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް؛ އެ ކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބު ކަވަރު ކުރާ ނޫސްވެރިންނަށް ތަމްރީނެއް ދޭނެ ކަމަށް ބުނެފައި-- ފޮޓޯ: މަޖިލިސް

އިންތިހާބުތަކުގެ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އަމާޒުވި ނުރުހުން ފިނިކުރަން އިލެކްޝަންސް ކޮމިޝަނުން ދެން ވެސް އާންމު ކުރީ ހަމަ އެފަދަ ކަމެކެވެ؛ ރިޔާސީ އިންތިހާބު ކަވަރު ކުރާ ހުރިހާ ނޫސްވެރިންނަށް އެ ކޮމިޝަނުން ތަމްރީނެއް ދޭނެ ވާހަކަ އެވެ. ދޭސީ ވިޔަސް ބިދޭސީ ވިޔަސް މެ އެވެ.

އިންތިހާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ހުރިހާ ނޫސްވެރިންނަށް ވެސް އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ފަހިވެފައި އޮންނާނެ ކަމަށާއި އެހެންނަމަވެސް އެ ކޮމިޝަނުން ދޭ ދެ ގަޑިއިރުގެ ތަމްރީނެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ.

އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ލިބޭނެ އޭގެ ފަހުގައި އިލެކްޝަންސް ކޮމިޝަނުން އެކްރެޑިޓް ކުރުމުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އޭނާ ވިދާޅުވީ މިކަން ކުރަން ޖެހުނު ސަބަބަކީ ބައެއް ސިޔާސީ ނުފޫޒު އޮންނަ މީހުންނާއި އެ ހިޔާލުތަކުގެ މީހުން ވެސް ރިޕޯޓަރުންގެ ގޮތުގައި ހަރަކާތްތެރިވެ، ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާތީ ކަމުގަ އެވެ.

"ކޮމިޝަނުގެ ވިސްނުމަކީ މި ބޭފުޅުން [ނޫސްވެރިން]ގެ ދައުރު ފުރިހަމައަށް ކިޔައިދެވިފައި ނެތީމަ އޭ މި ގޮތަށް މި ހިނގަނީ، އެހެންވީމާ ކޮމިޝަނުން ނިންމީ ދެ ގަޑިއިރެއްހާ އިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފޭސް ޓު ފޭސް ކޮށް ނުވަތަ އޮންލައިން ކޮށް ހިންގަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުން އަންނަ ނޫސްވެރިން ވެސް އެކްރެޑިޓް ކުރާނީ މި ތަމްރީނު ފުރިހަމަ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރުންނަށް "ބޮޑު ޖޯކެއް"

މަޖިލީހަށް މިހާރު ހުށަހެޅިފައި އޮތް އިސްލާހަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ ތަމްރީނު ޕްރޮގްރާމް ވެސް އެ ބޮޅަށް އިތުރުވެގެން ދިޔަ އެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނޭނގުނު މީޑިއާ ޓްރެއިން ކުރަން، ނޫނީ މީޑިއާ އަށް ތަމްރީނު ދޭން އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތެއް. މީޑިއާ ކައުންސިލު، މީޑިއާ ޓްރެއިންކުރަންޏާ މީޑިއާ ކައުންސިލެއް އެބަ އޮތް. ބްރޯޑްކާސްޓިން ކޮމިޝަނެއް އެބަ އޮތް،" މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ދިވެހި ނޫސްވެރިން ތަމްރީނު ކުރުމާއެކު ބައިނަލްއަގްވާމީ ނޫސްވެރިން ވެސް އީސީން ތަމްރީނު ކުރުމަކީ "ބޮޑު ޖޯކެއް" ކަމަށެވެ.

"އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ތަރައްގީ ވެފައިވާ މީޑިއާގެ ކަންތައްތައް ވެސް، އެހެން ކަންތައްތައް ވެސް ތަރައްގީވެފައިވާ ފަރާތްތަކެއް މި ތިބެނީ، އަޅުގަނޑުމެން ބޭރުގެ ބައެއް މުހިންމު ގައުމުތަކުގެ މީޑިއާތަކުގައި. ހާއްސަކޮށް ސީ.އެން.އެން، ބީ.ބީ.ސީ، ދެން އެހެންގޮސް ބައިވަރު މީޑިއާތައް؛ އަލްޖަޒީރާ،" އަފީފް ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާ ކޮންމެ މީހަކަށް އިލެކްޝަންސް ކޮމިޝަނުން ތަމްރީނު ދިނުމަކީ ނޫސްވެރިކަން ހަނި ކުރުން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން، ނޫސްވެރިންނަށް ތަމްރީނު ދޭންޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަމަކަށް. ނޫސްވެރިންނަށް ތަމްރީނު ދޭނެ އިދާރާތަކެއް ދައުލަތުގެ ހަރަދުގައި އެބަ ހިންގާ. މީޑިއާތަކަށް ދޭންޖެހޭ ތަމްރީނެއް ވާނަމަ، އެ ފަރާތްތަކުން އެ ދަނީ ދެމުން،" ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއަކަށް ވާންވީ ނޫސްވެރިންނަށް ވެސް އެއްބަސްވެވޭ ގައިޑްލައިނެއް އުފެއްދުން ކަމަށެވެ. އެހެންނޫންނަމަ އިންތިހާބަށް އާންމު ރައްޔިތުންނާއި ނޫސްވެރިންގެ އޮންނަ އިތުބާރު ގެއްލިގެންދާނެ ކަަމަށް ވިދާޅުވި އެވެ.

ބިލަށް ބަހުސް ކުރެއްވި އިތުރު މެންބަރުން ވެސް ވަނީ އިލެކްޝަންސްގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރުމުގެ ބިލުގައިވާ ގޮތުން ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓަރު ކުރުމަށް ވޯޓުލާ ސަރަހައްދާއި ގުނާ ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ "ރެޖިސްޓާޑް ނޫސްވެރިން" ކަމަށެވެ.

ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިން ކަމަށް ބިލުގައި ބަޔާން ކޮށްފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް މީޑިއާއެއް ނުވަތަ ބްރޯޑްކާސްޓިން ކޯޕަރޭޝަނެއްގައި ހަބަރު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ފޮޓޯގްރަފަރުންނާއި ވީޑިއޯގްރަފަރުން ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

މި މާއްދާއިން ނޫސްވެރިންގެ ދައުރު ހަނިވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މިކަމަށް އަމާޒުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox