މާރިޔާގެ ދިފާއު: ސިފައިން ހަދާ ގޯހެއްގެ ޒިންމާ އަޅުވަނީ އަންހެނަކަށް ވީތީ

މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަން މީގެ ކުރިން މާރިޔާ ސިފައިންގެ އިސް ވެރިންނާއެކު މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: އަދަދު

މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަން މީގެ ކުރިން މާރިޔާ ސިފައިންގެ އިސް ވެރިންނާއެކު މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކިއުރިޓީ ފެއިލްވެ އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއެޅުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.

މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިފައިންގެ އޮޕަރޭޝަނަލް ނުވަތަ ޓެކްޓިކަލް ކަމެއް މެދުވާއިރަށް ވަޒީރުގެ ބޮލަށް އެކަމުގެ ޒިންމާ ޖަހަނީ ޑިފެންސް މިނިސްޓަރަކީ އަންހެނެއް ވީމާ ކަމަށެވެ.

"އައިޖީއެމްއެޗުގައި ކަމެއް ގޯސްކޮށްދިޔައިމަ ހެލްތު މިނިސްޓަރު ބޮލަކަށް ނުޖަހާ، ފުލުހުން ގޯސްކޮށް ކަމެއް ކުރީމާ ހޯމް މިނިސްޓަރު ބޮލަކަށް ނުޖަހާ،" މިއީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުން ބާރުވެރިކުރުވާ މަސްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިހެން ވިދާޅުވެފައިވަނީ ރައީސްގެ ސެކިއުރިޓީ ބްރީޗްވެ 15 މިނެޓު ވަންދެން އިދިކޮޅު މުޒާހަރާއެއްގެ ތެރޭގައި އެމަނިކުފާނުގެ ކާރުކޮޅު ތާށިވެ ރައީސްގެ ދެކަނބަލުން ނުރައްކަލަށް ވައްޓާލުމުގެ ޒިންމާ ޑިފެންސް މިނިސްޓަރާއި ސިފައިންގެ ވެރިން ނަގަންޖެހޭ ކަމަށް ގިނަ ބަޔަކު ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

އަދި މި ހާދިސާއާ ގުޅިގެން މިނިސްޓަރުކަމުން މާރިޔާ އިސްތިއުފާ ދެއްވަންޖެހޭ ކަމަށް އިދިކޮޅުން އިސްވެ ދަނީ ގޮވާލަމުންނެވެ.

މި މައްސަލާގައި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު އަބްދުﷲ މުހައްމަދު ވަޒީފާއަށް ނުކުތުން މަނާކޮށް، ކަންތައް ހިނގައިދިޔަ ގޮތް ބެލުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ޗެއާ ކުރައްވާ ކޮމިޓީއަކުން ތަހުގީގުކުރަން ވަނީ ފަށާފަ އެވެ. އެ މައްސަލައިގައި ކޮމާންޑިން އޮފިސަރު އަބްދުﷲ މުހައްމަދުގެ އިތުރުން އޭނާގެ ދަށުން މަސައްކަތް ކުރާ ބައެއް އެހެން ސިފައިންގެ މީހުން ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ރައީސްގެ ކާރުކޮޅު ޕީޕީއެމްގެ މުޒާހަރާގެ މެދުގައި ތާށިވެ ރޭ 11:00 ހާއިރެވެ. އެއްވެސް ކޮޅަކަށް ކާރު ނުދުއްވައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު، ޕީޕީއެމް އޮފީސް ކުރިމަތީ މަޑުކޮށްގެން އޮތް ކަމަށްވެ އެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމަށް ބުނެ ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ގެންދިއުމުން، އޭގެތެރެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox