ހުލާސާކޮށް އިއްޔެ: ކޮމާންޑިން އޮފިސަރު ސަސްޕެންޑް، މުޒާހަރާގެ ހަތަރު ބައިވެރިން ބަންދުގައި

Mar 22, 2023, 1:14 AM
ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ ސަޕޯޓަރުން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވުމުން، ރައީސް ހަށިފާރަވެރިން އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: ޝަހީދު

ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ ސަޕޯޓަރުން ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވުމުން، ރައީސް ހަށިފާރަވެރިން އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: ޝަހީދު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރު ކުރައްވަމުން ދިޔަ ކާރުކޮޅު ރޭ އިދިކޮޅުން ކުރި މުޒާހަރާގެ މެދުގައި "ތާށިވި" މައްސަލައިގައި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު އަބްދުﷲ މުހައްމަދު ވަޒީފާއަށް ނިކުތުން މަނާކޮށް، ކަންތައް ހިނގައިދިޔަ ގޮތް ބެލުމަށް ސީރިއަސް ތަހުގީގެއް އިއްޔެ ވަނީ ފަށައިފަ އެވެ.

އެ މައުލޫމާތު އެނގޭ މީހަކު، ނޫހުގައި ނަން ނުޖެހުމަށް އެދި "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހުޅުމާލޭގައި އޮތް ހަފުލާއަކަށް ވަޑައިގަތުމަށްފަހު، އެނބުރި މުލިއާގެއަށް ދަތުރުކުރައްވަނިކޮށް އިދިކޮޅު ޕީޕީއެމުން އޮފީސް ކުރިމަތީގައި ކާރުކޮޅު ހުއްޓަން ޖެހުނު މައްސަލަ ސިފައިންގެ ވެރިން ނަގަނީ ވަރަށް ސީރިއަސްކޮށް ކަމަށެވެ.

އެ މައްސަލައިގައި ކޮމާންޑިން އޮފިސަރު އަބްދުﷲ މުހައްމަދުގެ އިތުރުން އޭނާގެ ދަށުން މަސައްކަތް ކުރާ ބައެއް އެހެން ސިފައިންގެ މީހުން ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ މައްސަލަ ސިފައިންގެ އިންޓާނަލް ކޮމެޓީއަކުން މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު އެ ކޮމެޓީ ޗެއާ ކުރައްވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

Advertisement

ރައީސްގެ ކާރުކޮޅު ޕީޕީއެމްގެ މުޒާހަރާގެ މެދުގައި ތާށިވެ ރޭ 11:00 ހާއިރެވެ. އެއްވެސް ކޮޅަކަށް ކާރު ނުދުއްވައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު، ޕީޕީއެމް އޮފީސް ކުރިމަތީ މަޑުކޮށްގެން އޮތް ކަމަށްވެ އެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމަށް ބުނެ ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ކޯޓަށް ނުގެންގޮސް ދޫކޮށްލީ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އެކަންޏެވެ. ޝިޔާމް ފިޔަވައި ހައްޔަރު ކުރި 21 މީހުން ކޯޓަށް ގެންދިޔުމުން، ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ހަތަރު މީހެއްގެ ބަންދު އިތުރުކުރި އެވެ. އަނެއް 17 މީހުން ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، އޭގެތެރެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ތިން ފިރިހެނުންނެވެ.

މުހިންމު ބައެއް ހަބަރު

  • އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ ނުލާވެސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވިދާޅުވި އެވެ.
  • މިހާރު ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ހަމައަށް އެކުގައި ސަރުކާރާ އެކު ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
  • ގދ. މަޑަވެލީ މަގުމަތީ އަންހެނަކު ދަމާފައި ގެނެސް، އެ އަންހެން މީހާއަށް އަނިޔާކުރި ފިރިހެނަކު ފުލުހުން ހައްޔަރުކުރި އެވެ.
  • ގދ. މަޑަވެލީ މަގުމަތީގައި ފިރިހެނަކު އަނިޔާކުރި އަންހެން މީހާއަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި އެވެ.
  • ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް އައްޔަނު ކުރިތާ އެއް ދުވަސް ނުވަނީސް އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ވެސް ހުންނެވި މުހައްމަދު އަހްމަދު (ހަނަފީ) އެ ޕާޓީން ވަކިވެއްޖެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ ނުލާވެސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު އިއްޔެ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ؛

އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެ، ދެމީހުންނަށް އެއްފަހަރަކާ ވެރިކަމެއް ނުކުރެވޭނެ، އެހެންވީމާ އެކަންކަމަށް ވިސްނާވަޑައިގެން އަޅުގަނޑުމެން ދިވެހިރާއްޖެއާއި ދިވެހި ގައުމާއި، ދިވެހި ރައްޔިތުންނަށްޓަކާ ކުރިއަށް ދެވޭނެ ގޮތެއް ހޯދަން އެބަޖެހޭ،"

ދުވަހުގެ ފޮޓޯ

2023 ގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ހައްދަވާފައިވާ ކޯލިޝަންގެ ބައިވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުން. -- ފޮޓޯ: ރައީސް އޮފީސް
2023 ގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ހައްދަވާފައިވާ ކޯލިޝަންގެ ބައިވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުން. -- ފޮޓޯ: ރައީސް އޮފީސް

2023 ގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ހައްދަވާފައިވާ ކޯލިޝަންގެ ބައިވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުން. -- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox