އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ވަނީ ޒަކާތް ދެއްކޭނެ ގޮތްތަކާއި ދައްކަންޖެހޭ އަދަދުތައް ވެސް އާންމުކޮށްފަ އެވެ. ފިތުރު ޒަކާތް ބަލައިގަންނަނީ ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
titledesc
ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ހަ މަންސައަކުން ޒަކާތް ދެއްކޭނެ އެވެ.

އޭގެ ތެރޭގައި އުރީދު އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި ފަހިޕޭ އެޕްލިކޭޝަންތައް ހިމެނޭއިރު، ބޭންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލުން ވެސް ޒަކާތް ދެއްކޭނެ އެވެ.
އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށްގެން، އަންނަ އާދިއްތަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނެ އިންތިޒާމުތައް ވެސް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00 އަށް ކަމަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
ރާއްޖޭގައި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 9،041 މީހުން ރެޖިސްޓްރީ ކޮށްފައިވެ އެވެ.













