ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން ގުޅޭ ތުހުމަތުގައި ގޭންގެއްގެ އިސް ބަޔަކު ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލެއް: މާލޭގެ ބޮޑު ގޭންގެއްގެ ހަތަރު މީހަކު މިރޭ ވަނީ ހައްޔަރުކޮށްފަ. -- ފައިލް ފޮޓޯ

ފުލުހުންގެ ވެހިކަލެއް: މާލޭގެ ބޮޑު ގޭންގެއްގެ ހަތަރު މީހަކު މިރޭ ވަނީ ހައްޔަރުކޮށްފަ. -- ފައިލް ފޮޓޯ

މާރާމާރީއަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ މީހަކު ފޮރުވައިގެން ގެންގުޅުނު ތުހުމަތުގައި, މާލޭގައި އޮޕަރޭޓްކުރާ ބޮޑު ގޭންގެއްގެ އިސް ހަތަރު މީހަކު ކޯޓު އަމުރުގެ ދަށުން މިރޭ ހައްޔަރުކޮށްފި އެވެ.

މި ތުހުމަތުގައި ބަޔަކު ހައްޔަރު ކުރިކަން ފުލުހުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް، އަދި ކިތައް މީހުން ކަމެއް ނުބުނެ އެވެ. އަދި ފޮރުވައިގެން ގެންގުޅު ކަމަށް ތުހުމަތު ކުރާ މީހާއަކީ ކާކު ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

"ފުލުހުން ތަހުގީގު ކުރަމުންދާ މާރަމާރީއާ ގުޅުންހުރި މައްސަލައެއްގައި މިރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރު ކޮށްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މިރޭ މީހުން ހައްޔަރުކޮށްފައި ވަނީ ގޭންގު މާރާމާރީއަކާ ގުޅިގެން ފުލުހުން ހޯދާ، ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހު ނިޒާމު، 25، ފޮރުވައިގެން ގެންގުޅުމުގެ ތުހުމަތުގަ އެވެ.

ފައިހު ހޯދަމުން ދަނީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ ކަމަށް މި ނޫހަށް ވަނީ އެނގިފަ އެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ގޭންގު މާރާމާރީތައް އިތުރުވެފައި ވާއިރު، މިދިޔަ މަހު ވެސް މާފަންނު، މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒުވާނަކު ވަނީ ޒަހަމު ކޮށްލައިފަ އެވެ. އެ ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އޭގެ ތިން ދުވަސްފަހުން ވަނީ މަރުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިޝަނަރު، މުހައްމަދު ހަމީދު ވިދާޅުވީ އެއީ މާލޭގެ ހެންވޭރު ކޮޅުގައި ހަރަކާތްތެރިވާ 'ކުޑަހެންވޭރު' ނަމަކަށް ކިޔާ ގޭންގަކާއި މައްޗަންގޮޅީގައި ހަރަކާތްތެރިވާ 'އެންސީ' ކިޔާ ގޭންގާ ދެމެދު ހިނގި މާރާމާރީއެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox