ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރެވޭނީ އީސީގެ ތަމްރީނެއް ފުރިހަމަ ކުރުމުން

އިންތިހާބެއް ކަވަރު ކުރަމުން އަންނަ އޮބްޒާވަރެއް؛ އީސީން މިއަދު ބުނީ ރިޔާސީ އިންތިހާބު ކަވަރު ކުރެވެނީ އެކްރެޑިޓްކޮށްފައިވާ ނޫސްވެރިންނަށް އެކަނި ކަމަށް-- ފޮޓޯ: އަދަދު ފައިލް

އިންތިހާބެއް ކަވަރު ކުރަމުން އަންނަ އޮބްޒާވަރެއް؛ އީސީން މިއަދު ބުނީ ރިޔާސީ އިންތިހާބު ކަވަރު ކުރެވެނީ އެކްރެޑިޓްކޮށްފައިވާ ނޫސްވެރިންނަށް އެކަނި ކަމަށް-- ފޮޓޯ: އަދަދު ފައިލް

އިންތިހާބުތަކުގެ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރިޔަސް، ކުރިއެކޭ އެއްފަދައިން ނޫސްވެރިންގެ ދައުރު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އިންތިހާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ އިންތިހާބުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާއި ބަދަލު ގެންނަން ބޭނުންވާ ސަބަބު ވިދާޅުވެފަ އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރުމުގެ ބިލުގައިވާ ގޮތުން ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓަރު ކުރުމަށް ވޯޓުލާ ސަރަހައްދާއި ގުނާ ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ "ރެޖިސްޓާޑް ނޫސްވެރިން" ކަމަށެވެ.

ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިން ކަމަށް ބިލުގައި ބަޔާން ކޮށްފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް މީޑިއާއެއް ނުވަތަ ބްރޯޑްކާސްޓިން ކޯޕަރޭޝަނެއްގައި ހަބަރު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ފޮޓޯގްރަފަރުންނާއި ވީޑިއޯގްރަފަރުން ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

މި މާއްދާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ބިލު ދިފާއު ކުރައްވައި ހަބީބް ވިދާޅުވީ ބިލަށް ގެންނަ ހުރިހާ އިސްލާހަކަށް ޖުމްލަކޮށް ބަލާއިރު، ނޫސްވެރިންގެ ހައްގު އަދާކުރުމަށް އޮންނަ ދައުރު ފުޅާ ވެގެން ދާނެ ކަމަށެވެ.

ބިލުގައި ބުނެފައިވާ "ރެޖިސްޓާޑް ނޫސްވެރިން" ހަބީބް ސިފަ ކުރެއްވީ ރެޖިސްޓާ ކޮށްފައިވާ ނޫސްތައް ތަމްސީލު ކުރާ ނޫސްވެރިންގެ ގޮތުގަ އެވެ.

"މިހާރު ވެސް [ގާނޫނުގައި އޮތީ] ރެޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ފުރުސަތު މި ދެނީ، ރެޖިސްޓްރީ ނުކުރާ މަގުމަތިން އަންނަ މީހަކު ތިމަންނައަކީ ރިޕޯޓަރެކޭ ބުންޏަސް އަޅުގަނޑުމެން އެކަމެއް ނުކުރަން، ކުރީގައި ވެސް ނުކުރަން، ކުރިއަށް އޮތް ތަނުގައި ވެސް ނުކުރާނަން،" ހަބީބް ވިދާޅުވި އެވެ.

މޮނިޓަރުންގެ ގޮތުގައި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި ނޫސްވެރިންނަށް ވެސް ހަރަކާތްތެރިވެވޭނެ ކަމަށާއި މި މަހުގެ 25 ވަނަ ދުވަހު އެކަމަށް ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނޫސްވެރިންނަށް އެ ފުރުސަތު ފަހިވެފައި އޮތް ނަމަވެސް އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ނޫސްވެރިން، އިލެކްޝަންސް ކޮމިޝަނުން އެކްރެޑިޓް ކުރާނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ދެ ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ކުރަން ޖެހުނު ސަބަބަކީ ބައެއް ސިޔާސީ ނުފޫޒު އޮންނަ މީހުންނާއި އެ ހިޔާލުތަކުގެ މީހުން ވެސް ރިޕޯޓަރުންގެ ގޮތުގައި ހަރަކާތްތެރިވެ، ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާތީ ކަމުގަ އެވެ.

"ކޮމިޝަނުގެ ވިސްނުމަކީ މި ބޭފުޅުން [ނޫސްވެރިން]ގެ ދައުރު ފުރިހަމައަށް ކިޔައިދެވިފައި ނެތީމަ އޭ މި ގޮތަށް މި ހިނގަނީ، އެހެންވީމާ ކޮމިޝަނުން ނިންމީ ދެ ގަޑިއިރެއްހާ އިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފޭސް ޓު ފޭސް ކޮށް ނުވަތަ އޮންލައިން ކޮށް ހިންގަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުން އަންނަ ނޫސްވެރިން ވެސް އެކްރެޑިޓް ކުރާނީ މި ތަމްރީނު ފުރިހަމަ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަބީބް އިތުރަށް ވިދާޅުވީ އިންތިހާބުގައި ނޫސްވެރިންގެ ދައުރު ހަނިކުރުމުގެ އެއްވެސް ވިސްނުމެއް އިލެކްޝަންސް ކޮމިޝަނުގައި ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox