ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ 13 އަހަރުގެ އަންހެންކުއްޖާ ހުޅުމާލޭގައި ހުއްޓާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކުއްޖާ ހުޅުމާލެއިން ފެނުނު އިރު ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެ ކުއްޖާ ފެނުނު ވަގުތާއި ހުޅުމާލެއަށް އެ ކުއްޖާ ދިޔަ ގޮތުގެ ތަފުސީލެއް ފުލުހުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.
ފުލުހުން އިއްޔެ ބުނީ އެ ކުއްޖާ ގެއްލުނު ކަމަށް އެ ކުއްޖާ ގެއްލުނު ކަމުގެ ރިޕޯޓު މާޗް 17، ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށާއި އެ ކުއްޖާ އެންމެ ފަހުން ފެނުނީ އެ ރޭ 7:30 ހާއިރު ކަމަށެވެ.
އެ ކުއްޖާ ހޯދުމަށް ކުއްޖާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ކުއްޖާގެ ފޮޓޯ ހިއްސާކޮށްފަ އެވެ. މިފަހުން ރާއްޖޭގައި އަދި ހާއްސަކޮށް މާލެ ސަރަހައްދުގައި މީހުން ގެއްލުމުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ.












