ޓޭޒާ ބަޑި ބޭނުން ކުރާނީ ހަމައެކަނި ފުލުހުންގެ ރައްކަލަކަށް، ހަތިޔާރެއް ގޮތުގައެއް ނޫން: ރައީސް

ރައީސް ވިދާޅުވީ ޓޭޒާގަން އަކީ ހަމަލާދޭން ބޭނުންކުރާނެ ހަތިޔާރެއް ނޫންކަމަށް، އަދި އެއީ ފުލުހުންނާއި ކުށްވެރިންގެ ރައްކަލަކަށް ބޭނުންކުރާނެ ވަސީލަތެއް ކަަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ޓޭޒާގަން އަކީ ހަމަލާދޭން ބޭނުންކުރާނެ ހަތިޔާރެއް ނޫންކަމަށް، އަދި އެއީ ފުލުހުންނާއި ކުށްވެރިންގެ ރައްކަލަކަށް ބޭނުންކުރާނެ ވަސީލަތެއް ކަަމަށް -- ފޮޓޯ: ރައީސް އޮފީސް

ފުލުހުންގެ ހިދުމަތުން އަލަށް ބޭނުންކުރަން ފެށި ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގާ ބޭނުން ނުކުރާނެ ކަމަށާއި ޓޭޒާ ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޓޭޒާ ބަޑިއަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު ފުލުހުން އަދި ކުށްވެރިޔާގެ ވެސް ރައްކަލަކަށް ބޭނުންކުރާ ވަސީލަތެއް ކަމަށެވެ.

"މިއީ ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު އެކުށްވެރިންނާއި ފުލުސް މީހާގެ ވެސް ރައްކަލަކަށްޓަކާ ބޭނުންކުރާ ވަސީލަތެއް. ފަހަރެެއްގައި ވެސް މިއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގާ އަޅުގަނޑު ނުދެކެން،" ރައީސް ވިދާާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ފުލުހުން ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ފުލުހުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަމާއި ޖިސްމާނީ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވަނީ ޒަމާނަށް އަންނަ ބަދަލުތަކާއެކު ކުށްވެރިން ކުށްކުރާ ގޮތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށާއި، އެކަމަށް ފުލުހުން ފާރަވެރިވުން މުހިންމުކަަން ފާހަގަކުރައްވާފަ އެވެ.

"ޓެކްނޮލޮޖީގެ ކޮންމެ ލުއިފަސޭހައާއެކު އިޖްތިމާއީ ނުވަތަ ޖިނާއީ ގޮންޖެހުމެއް ކުރިމަތި ނުވެއެކޭ ނުދެންނެވޭނެ. މުޖްތަމައު އާއި ފަރުދުންގެ ސަލާމަތަށް ނުރައްކާވާ ކަންކަން ދަނީ ތަފާތުވަމުން ބަދަލުވަމުން. އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތައް އަދި ވައްޓަފާޅި ވެސް ދަނީ ބަދަލުވަމުން. އަދި އެފަދަ ކުށްތައްކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު ގާނޫނުގެ އަަތްދަށު ނުވުމަށް ރާވާ ރޭވުންތައް ވެސް ދަނީ ބަދަލުވަމުން ތަފާތުވަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަންކަމުގެ ސަަބަބުން ފުލުހުންގެ ތައްޔާރީ ހާލަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވާ ކަމަށެވެ. އެ ބަދަލުތަކާއި އެކަށޭނެ ގޮތަށް ފުލުހުންގެ ހިދުމަތަށް ބަދަލު ގެނައުމަށް ބޮޑެތި އިސްކަމެއް ދޭންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިއަދު ފެށި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ރާއްޖޭގެ ޔުނިވާސިޓީތަކާއި ގުޅުންހުރި އިދާރާތަކުން ބައިވެރިވާނެ އެވެ. އެ ކޮންފަރެންސަށް މިއަދު 10 ރިސާޗް ކަރުދާސް ހުށަހަޅާނެ އެވެ. އޭގެ ތެރެއިން ދެ ކަރުދާހަކީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ހުށަހަޅާ ދެ ކަރުދާހެވެ. މި ކޮންފަރެންސްގެ ތިން ވަނަ ދުވަހު ކުރިއަށް ގެންދާނީ ފުލުހުންގެ ހިދުމަތް އާންމުންނަށް ދިނުމާއި ކުށްކުރުން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox