ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅުން ދަނީ އާދޭސްކުރަމުން: މުއިއްޒު

ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ): ވިދާޅުވީ ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅުން ދަނީ އާދޭސްކުރަމުން ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ): ވިދާޅުވީ ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅުން ދަނީ އާދޭސްކުރަމުން ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުގެ އިސްވެރިން މި ސަރުކާރުގައި ގެންދަނީ އާދޭސް ކުރަމުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޔާމީނު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން އިއްޔެ މާލޭގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ޔާމީނު ޖަލުގައި ހުންނެވީ ނުހައްގުން ކަމަށާއި އިދިކޮޅުގެ އިސްވެރިން ދަނީ ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށް އެދި އާދޭސް ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެން އެދި މި ދަންނަވަނީ މި ސަރުކާރުގައި މި ރޯދަ މަސް އައުމުގެ ކުރިން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް، (އިދިކޮޅު) ލީޑަޝިޕުގެ ހުރިހާ އެންމެން، ޕީޖީގެ ހުރިހާ އެންމެން، އެކި ސިފަސިފައިގަ ސަރުކާރުގެ އެންމެ މަތިން ގޮސް އެކި ވެރިންނަށްވެސް އާދޭސްކޮށް ދަންނަވަމުން އެބަދަން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް," މުއިއްޒު ވިދާޅުވި އެވެ.

އަދި، މި ސަރުކާރަކީ އެއްވެސް ގޮތެއްގައި އިންސާނިއްޔަތު ކަމަށް ލޯބިކުރާ ސަރުކާރެއް ނޫން ކަމަށާއި ޔާމީނު ގެއަށް ބަދަލުކޮށްގެން މި ސަރުކާރަށް އޮތް ގެއްލުމެއް ނުވިސްނޭ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"މި ސަރުކާރަކީ، ރައީސުލްޖުމްހުރިއްޔާއަށް ހުންނެވި ބޭފުޅަކީ އެއްވެސް ގޮތަކަށް އިންސާނިއްޔަތު ކަމަށް ލޯބިކުރާ ބޭފުޅެއް ނޫންކަން މިކަމުން ފެނިގެންދޭ."

މީގެ ކުރިންވެސް، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ހުކުމުގެ ތެރެއިން އިދިކޮޅާއި ޔާމީނުގެ ވަކީލުންގެ ޓީމުގެ އެދުމަށް އެމަނިކުފާނު ގެއަށް ބަދަލުކުރި އެވެ. އޭޕްރީލް 2021 ގައި ޔާމީން ގެއަށް ބަދަލުކުރި ސަބަބެއް ކަމުގައި އޭރު ބުނީ ޖަލުގައި ކޮވިޑު ފެތުރެމުން ދިއުމެވެ. އެއަށްފަހު ސުޕްރީމް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް މިނިވަންކުރަންދެން ހުންނެވީ ގޭގަ އެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓުވެސް ހަވާލުކޮށްފައިވާ ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފާ، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ.

ކްރިމިނަލް ކޯޓުގެ މި ހުކުމް ޔާމީނުގެ ވަކީލުންގެ ޓީމުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ޔާމީނުގެ ވަކީލުންގެ ޓީމުން މީގެ ކުރިން ބުނެފައިވަނީ މި މަހުގެ ތެރޭގައި އިސްތިއުނާފީ މައްސަލަ ނިންމާ ޔާމީނު މިނިވަން ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓު ޔާމީނަށް އަރުވާފައިވީ ނަމަވެސް ހުކުމުގެ ސަބަބުން މިވަގުތު ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ގޮތުގައި ގާނޫނީ އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތަކީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox