ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކުރިތާ މަސް ދުވަސް ވީއިރުވެސް އެމީހާ ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އެ މީހާގެ ވަނަވަރާއެކު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހު ނިޒާމު، 25، ހޯދުމަށް ފުލުހުން ފުރަތަމަ އިއުލާންކުރީ މިދިޔަ ފެބްރުއަރީ 15 ގައި ކަމަށެވެ.
އޭނާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ހޯދިފާނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ފައިހު ހޯދަމުން ދަނީ އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަދި، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ އެ ޑިޕާޓްމަންޓުގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.













