ހދ. ކުޅުދުއްފުށީގައި ތިން ސައިކަލެއް ޖެހި އެކްސިޑެންޓުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި އެކްސިޑެންޓު ހިނގިކަން ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 11:15 ވީ އިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންް އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަންް ބަލަމުން އަންނަަ ކަމަށެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މިނޫހުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގުޅުމުންް ފޯނަށް ޖަވާބުނުދޭތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.














