ހުލާސާކޮށް އިއްޔެ: އަންހެނަކާއި ކުޑަ ކުއްޖެއްގެ މަރު

Mar 14, 2023, 1:35 AM
ބައިބޯވެފައިވާ މާލެ. -- ފޮޓޯ: އަދަދު

ބައިބޯވެފައިވާ މާލެ. -- ފޮޓޯ: އަދަދު

އިމާރާތުން ވެއްޓުމުގެ ވަކި ދެ ހާދިސާއެއްގެ އަންހެނަކާއި ކުޑަ ކުއްޖަކު މަރުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ފުލުހުން ބުނީ ހެންވޭރުގައި ހުންނަ އިމާރާތުން ރޭ އިރައިކޮޅު ވެއްޓި މަރުވެފައި ވަނީ 32 އަހަރުގެ އަންހެނެކެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ނިޔާވީ ފުވައްމަލަކު ހަދީޖާ އަލިދީދީ އެވެ. އޭނާ އަކީ މީހަކާ ކައިވެނިކޮށްގެން އުޅޭ، ދެ ދަރިންގެ މައެކެވެ. އޭނާ ދާދި ފަހުން މާލެ ދިޔައީ ފަރުވާއެއް ހޯދުމަށެވެ.

ދެވަނަ ހާދިސާ އަކީ ހ. އެސްޕީ ވިލާ ފަސް ވަނަ ފަންގިފިލާގެ ބެލްކަނިން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓި މަރުވުމެވެ. ނޫމާން ބިން މުހައްމަދު މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އެންހެން މީހާ އަދި ކުޑަ ކުއްޖާ ވެއްޓެން މެދުވެރިވި ސަބަބު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މުހިންމު ބައެއް ހަބަރު

  • ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
  • ޕްލޭނިން މިނިސްޓްރީއިން ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް އެ މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
  • ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި 120 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
  • ކުރިއަށް އޮތް ރޯދަ މަހު މާލެ ސަރަހައްދުގައި މުދާ އުފުލޭ ވަގުތުތައް އިއުލާންކޮށް އެ އެންގުމާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓު މިނިސްޓްރީއިން ދީފި އެވެ.
  • ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު ހުށަހެޅުން އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކުރެވޭނެ ގޮތް ހަމަޖައްސައި ކަރުދާސް ފޯމުތައް ރައްކާކުރުމުގެ ޒިންމާ ޕާޓީތަކަށް މަތިކޮށްފި އެވެ.

ދުވަހުގެ ކޯޓޭޝަން

ސަރުކާރުކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުގެ ކުނި ނެގުމުގެ އަގު ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ބޮޑުކުރުމާ ގުޅިގެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ސިރާޖު ވިދާޅުވީ؛

ބައެއް ބަދަލު ގެނެވިފައި މިވަނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، އެގޮތުން އިދާރާތަކަށް އަލަށް ކަނޑައެޅި ރޭޓަކީ 1.25ރ، ކުންފުނިތަކަށް ކަނޑައެޅި ރޭޓަކީ ކިލޯއަކަށް 2.25ރ، އޭގެ އިތުރުން އަމިއްލަ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުންޏަށް އަލަށް ކަނޑައެޅުނު ރޭޓަކީ 1.06ރ،"

ދުވަހުގެ ފޮޓޯ

ޗައިނާގެ އެހީގައި މާލޭގެ ބޮޑުތަކުރުފާނުގެ ބައެއްގައި ޖެހި ޒަމާނީ ބޮކި ދަނޑިތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ޗައިނާގެ އެހީގައި މާލޭގެ ބޮޑުތަކުރުފާނުގެ ބައެއްގައި ޖެހި ޒަމާނީ ބޮކި ދަނޑިތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޗައިނާގެ އެހީގައި މާލޭގެ ބޮޑުތަކުރުފާނުގެ ބައެއްގައި ޖެހި ޒަމާނީ ބޮކި ދަނޑިތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox