ހަތަރު އަހަރުގެ ކުއްޖަކު ބެލްކަނިން ވެއްޓި މަރުވެއްޖެ

Mar 13, 2023, 1:17 AM
ހަތަރު އަހަރުގެ ކުއްޖާ ވެއްޓުނު ހ. އެސްޕީ ވިލާ. އެ ކުއްޖާ ވެއްޓުނީ އެ ގޭގެ ފަސް ވަނަ ފަންގިފިލާގެ ބެލްކަނިން. -- ފޮޓޯ: އަދަދު

ހަތަރު އަހަރުގެ ކުއްޖާ ވެއްޓުނު ހ. އެސްޕީ ވިލާ. އެ ކުއްޖާ ވެއްޓުނީ އެ ގޭގެ ފަސް ވަނަ ފަންގިފިލާގެ ބެލްކަނިން. -- ފޮޓޯ: އަދަދު

މާލޭގެ ގެއެއްގެ ބެލްކަނިން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.

އެ ކުއްޖާ ވެއްޓުނީ، ހ. އެސްޕީ ވިލާ ފަސް ވަނަ ފަންގިފިލާގެ ބެލްކަނިންނެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު 2:00 ޖަހާކަންހާއިރު ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

އެ ކުއްޖާ ވެއްޓެއް މެދުވެރިވި ސަބަބެއް އަދަދު ނޫހަކަށް ކަށަވަރެއް ނުވެ އެވެ.

ނަމަވެސް އާއިލާގެ މީހަކު ބުނީ ކުއްޖާ ވެއްޓުނުކަން އެނގުނީ ކޮޓަރީގައި ނެތިގެން ހޯދަމުން ދަނިކޮށެވެ.

"އެ ކުއްޖާ އޮތީ ނިދާފައި. އެ ކޮޓަރީގައި އޭނާގެ ބޭބެ ހުރެފައި ގޭގެ ތެރެއަށް ނުކުމެލާފައި ދެން ވަން އިރު ނެތިންގެން ބެލީ. ގޭގެ އެއްވެސް ތަނެއްގައި ނެތިގެން ތިރިއަށް ބެލިއިރު ވެއްޓިފައި އޮތީ. ކުއްޖާ ނެގީ މަގުމަތިން ބަޔަކު،" ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެސްޕީ ވިލާ ހުންނަނީ ދެ ބަޔަކަށްވާ ގޮތަށް ވަކިން އިމާރާތް ކޮށްފަ އެވެ. ކުއްޖާ ވެއްޓުނީ އުނިމާ ގްރޭންޑާ ހޮޓެލްއާ ޖެހިގެން އިރަށް ހުރި ބައިގެ ފަސް ވަނަ ފަންގިފިލާއިންނެވެ. އެ އިމާރާތުގެ ބެލްކަނިތައް ހުރީ ރާނައިފަ އެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުޅުމާލޭ އިމާރާތެއްގެ ފަސް ވަނަ ފަންގިފިލާއިން ހަތަރު އަހަރުގެ އަންހެން ކުއްޖަކު ވެއްޓި މަރުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox