ހުލާސާކޮށް އިއްޔެ: ބެކްރައުންޑު ޗެކްކުރުމާ ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރުގެ ބަސް

Mar 12, 2023, 12:55 AM
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު -- ފޮޓޯ: އަދަދު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު -- ފޮޓޯ: އަދަދު

ފުލުހުންގެ ހިދުމަތަށް މީހުން ނެގުމުގެ ކުރިން ހަދަން ޖެހޭ ބެކްގްރައުންޑު ޗެކު އިހުތިޔާރީ ކަމަކަށް ހެދުމަށް ހުށަހެޅީ އެކަމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭތީ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށް ހިމަނައިފައިވެ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ގިނަ މެންބަރުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސީޕީ ހަމީދު "އަދަދު" އަށް ވިދާޅުވީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ފުލުހުންގެ މުވައްސަސާއަށް ވައްދާ އެންމެހާ މުވައްޒަފުން، ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ބެކްގްރައުންޑު ހަދަން ޖެހޭ ކަމަށެވެ.

މިގޮތުން މަސައްކަތަށް މީހަކު ވެއްދިޔަސް، ގާނޫނުގައި ބަޔާން ކުރާ "ޕޮލިގްރާފް" ޓެސްޓު ހަދަން ޖެހޭއިރު އެ ކަމުގައި ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ޕޮލިގްރާފް ޓެސްޓު ހެދުމަކީ ފުރަތަމަ ކަމަކަށް، އެއަށް ބޭނުންވާ ވަސީލަތްތާއި އެ މެޝިނަރީ އާއި އެއަށް ހޭދަވާ ވަގުތާ މި ކަންކަމާ ގުޅިގެން ވަރަށް ގޮންޖެހުންތަކެއް ހުންނަ ކަމެއް، ޕޮލިގްރާފަކީ މިހާރު ދުނިޔޭގައި އެހައި ރިލަޔަބަލް އެއްޗެއް ވެސް ނޫން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ޕޮލިގްރާފް ޓެސްޓު ހެދުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ޕޮލިގްރާފް މެޝިން ހަލާކުވެއްޖެ ހާލަތްތަކާއި މެޝިން އޮޕަރޭޓު ކުރާނެ ފަރާތްތައް ތަމްރީނު ކުރުމުގައި ވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ޓްރޭނިންނަށް ފޮނުވަން މިޖެހެނީ ރަށްރަށުގައި މަސައްކަތް ކުރަން ތިބި ފުލުހުންނާއި އިދާރީ މުވައްޒަފުން ނެގުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"މިދޔަ ފެބްރުއަރީ މަހުގައި ފަށަން އޮތް ތަމްރީނު ޕްރޮގްރާމެއް ވެސް ނުފެށިގެން މި އުޅެނީ، ޕޮލިގްރާފު ހެދުމާއި ޕޮލިގްރާފް މެޝިންގެ ކަންތައްތަކާއި، އެ މެޝިން އޮޕަރޭޓުކުރުމާއި މެޝިން އޮޕަރޭޓުކޮށްގެން އެ ހޭދަވާ ވަގުތާ މި ހުރިހާ ލޮޖިސްޓިކް، އިދާރީ ކަންތައްތަކާ ހުރެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން މި އުޅެނީ،" ހަމީދު ވިދާޅުވި އެވެ.

ފުލުހުން ބޭނުން ވަނީ ގާނޫނުގައި ޕޮލިގްރާފް ހެދުން ވަކިވަކި ކަންތައްތަކަކަށް ލާޒިމުކޮށްފަ އޮތީމަ އެކަންކަން ލާޒިމުކުރުމަށް އޮތް އޮތުން، ބައެއް ކަންކަމަކީ އިހުތިޔާރެއް ކަމަށް ދޫކޮށްލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލުގެ އިބްތިދާއީ ބަހުސްގައި މި ބަދަލު ގެންނަނީ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ވެއްދުމަށް ކަމަށް ބުނެ ބައެއް މެންބަރުން ކުރެއްވި ތުހުމަތުތައް ސީޕީ ވަނީ ދޮގުކުރައްވައިފަ އެވެ.

ސީޕީ އިތުރަށް ވިދާޅުވީ ގާނޫނު ވުޖޫދުވުމުގެ ކުރިން ވެސް ފުލުހުންނަކީ މީގެ ކުރިން ވެސް ރަނގަޅު ފެންވަރަކަށް ވަޒީފާތަކަށް މީހުން ނަގަމުން އައި މުވައްސަސާއެއް ކަމަށެވެ.

"ހާއްސަކޮށް ފުލުހުންގެ ޔުނިފޯމް އަޅާ ވަޒީފާތަކަށް ރަނގަޅަށް ވެޓްކުރޭ. ސިފައިންގެއަށް ވައްދާ ފަރާތްތަކުގެ ވެސް ބެކްރައުންޑް ޗެކްކުރަނީ ދިވެހި ފުލިހުންގެ ހިދުމަތުން. ފުލުހުންގެ ހިދުމަތަކުން ނޫޅޭ ބެކްރައުންޑް ޗެކްކުރުން ހުއްޓާލާކަށް،" ހަމީދު ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންއަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދާ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކަށް އިބްރާހިމް ޝާޒު ހޮވިއްޖެ އެވެ.

ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައިގައި ތަރައްގީކުރާ ކެފޭ އަދި ރެސްޓޯރެންޓްތައް ތަރައްގީ ކުރުމަށް ހަ ކުންފުންޏަކާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ސޮއިކޮށްފި އެވެ.

ދުވަހުގެ ކޯޓޭޝަން

ފުލުހުންގެ ހިދުމަތަށް މީހުން ނަގާއިރު ބަލަންޖެހޭނެ ކަމަށް ގާނޫނުން ޝަރުތުކޮށްފައިވާ ބައެއް ކަންކަން ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން އިހުތިޔާރީ ކަމަކަށް ބައެއް ކަންކަން ބަދަލު ކުރުމަށް، ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ،

ހާއްސަކޮށް ފުލުހުންގެ ޔުނިފޯމް އަޅާ ވަޒީފާތަކަށް ރަނގަޅަށް ވެޓްކުރޭ. ސިފައިންގެއަށް ވައްދާ ފަރާތްތަކުގެ ވެސް ބެކްރައުންޑް ޗެކްކުރަނީ ދިވެހި ފުލިހުންގެ ހިދުމަތުން. ފުލުހުންގެ ހިދުމަތަކުން ނޫޅޭ ބެކްރައުންޑް ޗެކްކުރުން ހުއްޓާލާކަށް،"

ދުވަހުގެ ފޮޓޯ

ގޯންޑެން ފުޓްސަލް މުބާރާތުގައި ރޭ އޭދަފުއްޓާއި ކުޑަހުވަދޫ ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ގޯންޑެން ފުޓްސަލް މުބާރާތުގައި ރޭ އޭދަފުއްޓާއި ކުޑަހުވަދޫ ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގޯންޑެން ފުޓްސަލް މުބާރާތުގައި ރޭ އޭދަފުއްޓާއި ކުޑަހުވަދޫ ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox