ހުލާސާކޮށް އިއްޔެ: އިތުރު ޕޮންޒީ ސްކީމެއްގެ ބިރު

Mar 11, 2023, 1:42 AM
ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ ފަރާތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ވެރިން. -ފައިލް ފޮޓޯ

ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ ފަރާތުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ވެރިން. -ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނިން ފޮރެކްސް ޓްރޭޑިންގެ ނަމުގައި އެތައް ސަތޭކަ މީހުންގެ އަތުން ނެގި 98 މިލިއަން ރުފިޔާގެ ތެރެއިން 65 މިލިއަން ރުފިޔާ އަނބުރާ ނުދޭ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.

ކިންގްސް ކެޕިޓަލްގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަކީ ކިންގްސް ފޮރެކްސްގެ ނަމުގައި ހިންގި ސްކީމްގެ ދަށުން އާންމުންގެ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރި ކަަމަށް ތުހުމަތުކުރެވޭ މައްސަލަ އެވެ.

ފުލުހުން ބުނި ގޮތުގައި މިހާތަނަށް އެ އިދާރާއިން ހޯދި ހޯދުންތަކުން، ފޮރެކްސް ޓްރޭޑިން ވިޔަފާރިއަށް ކަމަށް ބުނެ ކިންގްސްއިން ވަނީ 1864 އިންވެސްޓަރެއްގެ އަތުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް އެނގިފައިވާކަމަށް ބުނެފައިވެ އެވެ.

އޭގެ ތެރެއިން ގިނަ ފައިސާއިން ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށާއި ދެން ހުރި ފައިސާ އެ ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން، އިންވެސްޓަރުންނަށް ޕޭއައުޓުގެ ގޮތުގައި ދީފައިވަނީ 39 މިލިއަން ރުފިޔާ ކަމަށާއި، ދޭން ޖެހޭ ފައިސާގެ ތެރެއިން 65 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ނުދޭކަންވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ. އަދި އިންވެސްޓަރުންނަށް އަނބުރާ ދިން ފައިސާއަކީ ފަހުން އިންވެސްޓުކުރި ފަރާތްތަކުގެ އަތުން ހޯދި ފައިސާކަން ފުލުހުން ވަނީ ހޯދާފަ އެވެ.

"މި މައްސަލައިގައި ފުލުހުން ކުރި އިއުލާނާ ގުޅިގެން ފުލުހުންނަށް ހުށަހެޅި ފަރާތްތަކުގެ މައްސަލަތަކުގެ ދައުވާ ވަކި ވަކި މައްސަލަތަކެއްގެ ގޮތުގައި ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މި ހިދުމަތުން މި ދަނީ މަޝްވަރާ ކުރަމުން" ފުލުހުން ބުނެފައިވެ އެވެ.

އިތުރު ސްކީމެއް ހިންގާތީ ކަންބޮޑުވުން

ކިންގްސް ކުންފުންޏާ ދެކޮޅަށް ތަހުގީގެއް ހިންގަމުންދާއިރު، އެ ކުންފުނިން މި ހަފްތާގެ ތެރޭގައި ވަނީ ކޮޕީ ޓްރޭޑިންގެ ނަމުގައި އާ ސްކީމެއް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފަ އެވެ.

އެއާއެކު، އެ ކުންފުނީގެ މައްޗަށް ތަހުގީގެއް ހިނގަމުންދަނިކޮށް އާ ސްކީމެއް ފަށައިގެން ކުރިއަށް ގެންދާތީ އެކަމަށް އާންމުން ސަމާލުވުމަށް ފުލުހުން އެދުނެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު "އަދަދު" އަށް ވިދާޅުވީ މި މައްސަލައިގައި ރެގިއުލޭޓަރީ އިދާރާތަކުން އެންމެ އެކަށީގެންވާ ހަލުވިމިނެއްގައި ފިޔަވަޅު ނާޅާތީ ކަންބޮޑުވާ ކަމަށެވެ.

"ކްރިމިނަލް ނޭޗާ މިކަމުގެ ތެރޭގައި އޮތް ކަމަކަށް ވާއިރު އަދި މިހާރުވެސް ވަރަށް ގިނަ ބައެއްގެ ފައިސާ ގެއްލިގެން ގޮސްފައިވާއިރު އަނެއްކާވެސް މިފަދަ ސްކީމެއް ފެށުން މިއީ ކަންބޮޑުވާ ކަމެއް،" ހަމީދު ވިދާޅުވި އެވެ.

އަދި، މިކަމުގައި ޖިނާއީ އިޖުރާތުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ތައްޔާރުވަމުންދާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

ބޭންކާ ދެކޮޅަށް ކުރި ދައުވާ

މި މައްސަލަ ފެންމަތި ވުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކިންގްސް ކެޕިޓަލްގެ އެކައުންޓުތައް ބަންދުކޮށްފަ އެވެ.

ނަމަވެސް އެ ކުންފުނިން ވަނީ އެކަން ބީއެމްއެލް އިން ކުރީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ބޭންކާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

ކިންގްސް ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރީ ބީއެމްއެލުން އެ ކުންފުނީގެ އެކައުންޓުތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮތް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ކިންގްސްގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވަމުން އަންނަ ސަބަބު ބަޔާން ކޮށްދިނުމަށް އީމެއިލް މެދުވެރިކޮށް އެންގުމަށް ފަހު ދުވަހެއްގެ ތެރޭގައި އެކައުންޓުތައް ޑީއެކްޓިވޭޓް ކުރީ، ކޯޓު އަމުރެއް ނެތި ކަމަށެވެ.

ނަމަވެސް ބީއެލްއެމް އިން މިހާރު ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފުކުރުމަށްފަހު ބީއެމްއެލުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ސިވިލް ކޯޓުން ނިންމި ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާ ޝަރުއީ އަދި ގާނޫނީ ނުކުތާތަކަށް، އިސްތިއުނާފީ މަރުހަލާގައި ހައި ކޯޓޫން ރިއާޔަތްކޮށް އިންސާފުވެރި ނިންމުމެއް ނިންމާނެ ކަމަށް އެ ބޭންކުން ގަބޫލުކުރާ ކަމަށެވެ.

މުހިންމު ބައެއް ހަބަރު

  • ރައްޔިތުންގެ މަޖިލީހުގެ ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނިން ފޮރެކްސް ޓްރޭޑިންގެ ނަމުގައި އެތައް ސަތޭކަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައެއް ބަލަމުން ދަނިކޮށް އެ ކުންފުނިން މި ފަހުން ފެށި އާ ސްކީމެއް ހުއްޓުވަން އިދާރާތަކުން ފިޔަވަޅު އަޅާފައިނުވާތީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަންބޮޑުވުން ފާޅުކުރެއްވެވި އެވެ.
  • މާލެ ސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު ހެދުނު ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތް، ފުލުހުން ހުއްޓާލީ ސިޓީ ކައުންސިލާ މަޝްވަރާކުރުމެއް ނެތި ކުއްލިއަކަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ގަތަރު އަދި ޖަރުމަނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމާ އާ ބައްދަލުކުރެއްވެވި އެވެ.
  • ސައުދީ އަރަބިއާ އާއި އިރާނާ ދެމެދު ޖެހިފައި އޮތް މައްސަލަތައް ހައްލުކޮށް އެ ދެ ގައުމުގެ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމި ނިންމުމާއެކު ރާއްޖެއިންވެސް އަލުން އިރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމި އެވެ.
  • ނައިބު ރައީސް ފައިސަލް ނަސީމް، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޖުމްހުރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް ސަން އައިލެންޑަށް ވަޑައިގެންނެވި އެވެ.

ދުވަހުގެ ކޯޓޭޝަން

އާ ޕޮންޒީ ސްކީމެއް ފަށައިގެން ކުރިއަށް ގެންދާތީވެ އެކަމާ ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ؛

ކްރިމިނަލް ނޭޗާ މިކަމުގެ ތެރޭގައި އޮތް ކަމަކަށް ވާއިރު އަދި މިހާރުވެސް ވަރަށް ގިނަ ބައެއްގެ ފައިސާ ގެއްލިގެން ގޮސްފައިވާއިރު އަނެއްކާވެސް މިފަދަ ސްކީމެއް ފެށުން މިއީ ކަންބޮޑުވާ ކަމެއް،"

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox