ހުލާސާކޮށް އިއްޔެ: ފުލުހުންގެ ގާނޫނަށް ގެންނަ އިސްލާހު

Mar 10, 2023, 1:11 AM
ފުލުހުން މުޒާހަރާއެއްގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: އަދަދު

ފުލުހުން މުޒާހަރާއެއްގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: އަދަދު

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގެ ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

އެ ބިލުގައި އޮތީ ދެ މާއްދާއެއް ބަދަލު ކުރުމަށެވެ. ބިލުގެ އިބްތިދާއީ ބަހުސް ފެށިގެން ކުރިއަށް ދިޔަ މެންބަރުންގެ ކަންބޮޑުވުމާއި ހިޔާލު ގުޅިފައި އޮތީ އޭގެއިން އެއް މާއްދާއާ އެވެ. އެ މާއްދާގެ އިބާރާތް އޮތް ގޮތުންނެވެ.

ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން، ގަވައިދެއްގެ ދަށުން ބެކްގްރައުންޑް ޗެކްކުރަން ވާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އަދި އެ ކަމަށް "މިގޮތުން ތިރީގައި އެވާ ކަންކަން ކުރަން ވާނެ އެވެ." މި އިބާރާތް ހިމަނައިފައިވެ އެވެ.

އެހެންނަމަވެސް އަލަށް ހުށަހެޅި އިސްލާހުގައި ޗެކް ކުރަން ޖެހޭނެ ކަން ބަޔާން ކޮށް، ދެން އޮތް އިބާރާތް އޮތީ "މިގޮތުން ތިރީގައި އެވާ ކަންކަން ކުރެވިދާނެ އެވެ،" ލާޒިމުކަމެއްގެ ބަދަލުގައި އިހުތިޔާރީ ކަމެއްގެ ގޮތުގައި މާނަކުރެވުމެވެ.

ބުދަ ދުވަހު މި ބިލަށް ބަހުސް ކުރި މެންބަރުންގެ ކަންބޮޑުވުން ގުޅިފައި އޮތީ ވެސް މި އިސްލާހާ އެވެ. އެކަން އެންމެ ފުރަތަމަ ސަމާލުކަމަށް ގެންނެވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު އެވެ.

"ގާނޫނުގައި ފުލުހުންގެ ތެރެއަށް މީހުން ވެއްދޭއިރުގައި ސްކްރީނިންކުރުމާއި، އަދި ފުލުހުންނަކީ ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރާ އިލްމީ ގާބިލު ބަޔަކަށް ހެދުމަށް ޓަކައި ފުލުހުންގެ މުއައްސަސާއަށް ކުރުން ލާޒިމު ބައެއް ކަންކަން ހިމަނާފައި އޮތްކަން ފާހަގަކުރެވޭ. އޭގެ ބައެއް ކަންކަމަށް އަޅުގަނޑުމެން މިއަދު ބަދަލު ގެންނަ ވާހަކަ މިދައްކަނީ،" ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ މިހާރު ގާނޫނުގައި އޮތީ ފުލުހުންގެ މުއައްސަސާއަކީ ވަކި ފެންވަރެއްގެ އަދި ވަކި އަހުލާގެއްގެ ބަޔަކަށް ހެދުމަށް ޓަކައި ކޮންމެހެން ލާޒިމް ކަމެއް ގޮތަށެވެ. އަދި އެކަން ބަދަލު ކުރުމަކީ މާ ހިތްގައިމު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޝިފާއުގެ ވާހަކައަށް ފަހު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް މެންބަރުން ވިސްނުމަށް އެދިވަޑައިގެންފަ އެވެ.

"ގާނޫނުގައި އޮތީ ބެކްގްރައުންޑް ޗެކެއް ހަދަންޖެހޭނޭ، އެކަން ކުރަންޖެހޭނޭ، އިސްލާހުގައި މި އޮތީ ގާތްގަނޑަކަށް ނުކުރިޔަކަސް ހެވޭ، އިހުތިޔާރީ ކަމަކަށް ވެގެންދަނީ،" ޝިފާއު އިސްލާހު ވަރަށް ރަނގަޅަށް ކިޔާފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނު އެކުލަވާލި 241 ކޮމިޓީގައި އިންނަވާ ހެންވެއިރު ހުޅަނގު ދާއިރާ ހަސަން ލަތީފް ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ އެއްވެސް ބަދަލެއް ނުފެންނަ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހަރަދު ވެސް ކުރަން ޖެހޭނެ ކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ އެ މުއައްސަސާއަށް ވައްދަން ޖެހޭނީ އިންޓަވިއުކޮށްފައި ރަނގަޅު، އިތުބާރު ހިފޭ މީހުން ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މީއީ ފުލުހުންގެ ގާނޫނުން އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް، ބޭނުންވި މަގްސަދުތައް، އަދި މިހާރު ވެސް ބޭނުންވާ މަގުސަދުތައް ހާސިލުވާ ގޮތަށް ހުރި އިސްލާހުތަކެއް ކަމަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެ ކޮމިޓީގައި އިންނަވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރާނެ ކަމުގެ ވައުދާއެކު އެމްޑީޕީން ވެރިކަމަށް އައިސް، ގާނޫނު އިސްލާހު ކުރިތާ އަދި ތިން އަހަރު ނުވާ ކަން ފާހަގަކުރައްވައިފަ އެވެ.

އެ ތިން އަހަރު ތެރޭގައި ބެކްގްރައުންޑް ޗެކް ކުރުމަށް ނިންމީ ފުލުހުންގެ މުއައްސަސާއަށް ކޮން ކުރިއެރުމެއް އައިސްގެންތޯ އީވާ ސުވާލު ކުރެއްވި އެވެ.

ބައެއް މެންބަރުންގެ ކަންބޮޑުވުންތައް މިހެން ހުރިނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވަނީ ބިލުގައި އޮތް އެއްޗެއް "ޓްވިސްޓު" ކުރަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

"އިސްލާހުގައި ނެތް ބެކްގްރައުންޑް ޓެސްޓު ނުކުރާ ވާހަކައެއް، ޓެސްޓު ކުރަންވާނޭ އޮތީ،" ބިލު ދިފާއު ކުރައްވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަ މެދުކަނޑާލައްވައި ނަޝީދު ވިދާޅުވީ ބިލުގައި އޮތް ގޮތް ބަލައިނުލާ ވާހަކަ ދެއްކުމަކީ ހަގީގަތް އޮޅޭނެ ކަމެއް ކަމަށާއި ޝަރީފް ވާހަކަ ދައްކަވަނީ ހަގީގަތާ ހިލާފަށް ކަމަށެވެ.

ބިލަށް ބަދަލު ގެންނަނީ ކީއްވެ؟

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

ބިލު ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ ބެކްގްރައުންޑު ޗެކަށް ބަދަލު ގެންނަން ނިންމީ، ބެކްގްރައުންޑު ޗެކު ހަދާ ކޮންމެ ހާލަތެއްގައި ގާނޫނުގައި ބަޔާންކޮށްފައި ހުރިހާ ކަމެއް ފުރިހަމަ ވެދާނެ ކަމަށް ގަބޫލުނުކުރެވޭތީ އެވެ.

"ގާނޫނުގެ ސަތާރަވަނަ މާއްދާގައި ބުނާ ބެކްގްރައުންޑު ޗެކު ހެދުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކަކީ ކުރެވިދާނެ ކަންތައްތަކެއް ކަމުގައި ބެލުމަށް، އަދި އެގޮތަށް އެކަން ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުން،" އަސްލަމް ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުއްދަ ނުހޯދައި ކ. ގުޅިފަޅާއި ކ. ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނުނަގައިފި ނަމަ އެ ކޯޕަރޭޝަނުން އުޅަނދުތައް އެތަނުން ނަގާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު އަންގައިފި އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓަރުންގެ ކުނި އުކައިދޭން ނަގާ ފީ ބޮޑުކޮށްފި އެވެ.

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުން ނަގާ 24 ޕަސެންޓު ޑިއުޓީ ކަނޑާލުމަށް މަސައްކަތް ކޮށްދެއްވުމަށް ޖަރުމަނު ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތުން މަތީ ތައުލީމު ހާސިލުކުރާ އަންހެނުން އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު އިސްލާހު ކުރަން ހައި ކޯޓުން އެމަނިކުފާނުގެ ވަކީލުންނަށް އަންގައިފި އެވެ.

ދަރުމަވަންތަ އިމާރާތުގެ ފެނުގެ ސިސްޓަމަށް ޖެހުނު މައްސަލަ ހައްލުކޮށް އައިޖީއެމްއެޗުގެ ލެބޯޓަރީން ދޭ ހިދުމަތްތައް އަލުން ފަށައިފި އެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކުގައި ރުއްގަހަށް ޖެހޭ ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.

ދުވަހުގެ ކޯޓޭޝަން

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ އެ ޕާޓީގެ މެމްބަރުން ބުދަ ދުވަހުގެ ޖަލްސާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ ބޭފުޅުންނަށް ރައްދު ދެއްވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ؛

އިއްޒަތްތެރި ރައީސް، މި ތާނގައި ޓްވިސްޓުކޮށްގެން، ރޯބުހުތާނު ދޮގު ހަދަމުން ދަނީ މަނިކުފާނުގެ އަމުރަށްކަން މިހާރު ސާފުވެއްޖެ. ވަރަށް ހިތާމަހުރި ކަމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނާއި ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައްގުތަކަށް ހެވިލާފައި އަރައިގަންނަމުންދާތީ،"

ދުވަހުގެ ފޮޓޯ

ސްޓެލްކޯގެ މުވައްޒަފުންނަށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދިނުމަށް ހިންގާ ޕްރޮގްރާމުގައި މި އަހަރު ހައްޖަށްދާ މުވައްޒަފުންނާ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ މުވައްޒަފުންނަށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދިނުމަށް ހިންގާ ޕްރޮގްރާމުގައި މި އަހަރު ހައްޖަށްދާ މުވައްޒަފުންނާ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފުންނަށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދިނުމަށް ހިންގާ ޕްރޮގްރާމުގައި މި އަހަރު ހައްޖަށްދާ މުވައްޒަފުންނާ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ: ސްޓެލްކޯ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox