ޑްރަގާއެކު އެތެރެވެގެން މިހާތަނަށް އަނބުރާ ފޮނުވާލީ އެންމެ މީހެއް

ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތި ފުލުހުން ނައްތާލަނީ؛ އާ ގަވައިދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު މިހާތަނަށް ފޮނުވާލާފައިވަނީ އެންމެ މީހެއް ކަމަށް ބުނޭ-- ފޮޓޯ: އަދަދު ފައިލް

ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތި ފުލުހުން ނައްތާލަނީ؛ އާ ގަވައިދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު މިހާތަނަށް ފޮނުވާލާފައިވަނީ އެންމެ މީހެއް ކަމަށް ބުނޭ-- ފޮޓޯ: އަދަދު ފައިލް

ވައިގެ މަގުން ދިވެހިރާއްޖެ އަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ނަމުގައި 26 ޖެނުއަރީ 2023 ގައި ގެޒެޓުކުރެވުނު ގަވައިދުގެ ދަށުން މިހާތަނަށް ފޮނުވާލާފައިވަނީ އެންމެ މީހެއް ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މިކަމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ލިޔުމުން ސުވާލުކޮށްފަ އެވެ.

އޭނާ ސުވާލުކޮށްފައިވަނީ އެ ގަވައިދުގެ ދަށުން ކިތައް މީހުން އަނބުރާ ފޮނުވާލާފައިވޭތޯއާއި އެ މީހުން އެތެރެ ކުރި މަސްތުވާތަކެތީގެ ބާވަތާއި އަދަދުގެ އިތުރުން އެ މީހުން ނިސްބަތްވާ ގައުމުގެ ސަރުކާރާ ހަވާލުކޮށްފައިވޭތޯ އެވެ.

އެ ސުވާލަށް މިނިސްޓަރު ފޮނުވި ޖަވާބުގައި ވަނީ އިމިގްރޭޝަން އާއި ކަސްޓަމްސްގެ ޖަވާބު އެކަމުގައި ހިމަނައިފަ އެވެ.

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި އެ ގަވައިދުގެ ދަށުން އަނބުރާ މީހުން ފޮނުވުމުގެ ބާރު ލިބިފައިވަނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަށެވެ. އަދި ކަސްޓަމްސްގެ ޒިންމާއަކީ ފޮށި ބަލައި ފާސްކުރުން ކަމަށް ވުމާއެކު، މަސްތުވާތަކެތި ފެނިއްޖެ ނަމަ ފުލުހުންނާ ހަވާލުކޮށް އެ މީހަކު އިމިގްރޭޝަން އާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި ރާއްޖެއިން އަނބުރާ ފޮނުވާލި ފަސިންޖަރުގެ ފޮށި ބަލާ ފާސްކޮށްފައިވަނީ އިންޓެލް މައުލޫމާތު ލިބިގެން ކަމަށްވާތީ އޭނާގެ ފޮށި ފާސްކޮށްފައިވަނީ ފުލުހުންގެ ހާޒިރުގައި ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި އޭނާގެ ފޮށިން ފެނިފައިވަނީ 2.6 ކިލޯގެ ކޮކެއިން ޕެކިނާއެކު ފެނިފައިވެ އެވެ.

އިމިގްރޭޝަންގައި ބުނެފައިވާ ގޮތުގައި ރާއްޖެއަކީ އައިކާއޯގެ މެންބަރު ގައުމަކަށް ވެފައި އިމިގްރޭޝަން ގާނޫނުގެ ދަށުން "އިންއެޑްމިސަބަލް ޕަސިންޖަރުން"ނަކީ ލަސްނުކޮށް އެ ފަރާތަކު އައި ފްލައިޓުން އަނބުރާ ފޮނުވާލަން ޖެހޭ ކަމަށެވެ. އަދި މިހާލަތުގައި ބްރެޒިލްގެ މީހާއާ މެދު އަމަލުކޮށްފައިވަނީ ވެސް އެގޮތަށް ކަމަށް ބުނެފައިވެ އެވެ.

ހަސަން ލަތީފް ވަނީ މިނިސްޓަރުގެ ޖަވާބުގައި އެ ފޮނުވާލެވުނު މީހާ ބްރެޒިލް ސަރުކާރާ ހަވާލުކުރެވުނު ކަން ނުވަތަ ނޫން ކަން ބަޔާން ކުރެވިފައި ނުވާ ކަން ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox