ކެފޭއަށް ގެއްލުން ދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުވާ އެކަކު ހައްޔަރުކޮށްފި

ދެ މީހަކު އެތަނަށް ގެއްލުން ދޭ ތަން ފެންނަ ވީޑީއޯ އަންނަނީ ސޯޝަލް މީޑިއާގައި ދައުުރުވަމުން--

ދެ މީހަކު އެތަނަށް ގެއްލުން ދޭ ތަން ފެންނަ ވީޑީއޯ އަންނަނީ ސޯޝަލް މީޑިއާގައި ދައުުރުވަމުން--

ގޭންގެއްގެ ބަޔަކު ހެލްމެޓާއި މާސްކު އަޅައި މޫނު ނިވާކޮށްގެން ތިބެ، ހުޅުމާލޭ 'ޖޫސް ޓައިމް' ކެފޭއަށް ވަދެގަދަ އެތަން ފުނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި އެވެ.

ފެބްރުއަރީ 17 ވަނަ ދުވަހުގެ ދެ މީހަކު ސައިކަލްގައި ގޮސް، އެ ސައިކަލް ކެފޭ ކުރިމަތީގައި ޕާކް ކުރުމަށް ފަހު ކެފޭގެ ބިއްލޫރި ދޮރުތައް ތަޅާލައި، އެތެރެއަށް ވަދެ، ތަކެއްޗަށް ގެއްލުންދީ، ވަތްގަނޑުގައި ހުރި ފައިސާ ލޫޓުވާލުމަށް ފަހު ފިލާ މަންޒަރު، ލީކްވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަކީ އެ ކެފޭއަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންގެ ތެރެއިން އެކަކު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވެސް އެޕާޓްމެންޓެއް ބަލައި ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހަ ދިވެހި ފިރިހެނުންނާއި އެއް ދިވެހި އަންހެނެއް ހިމެނޭ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ މީހުން ހައްޔަރުކުރިއިރު ތިބި އެޕާޓްމަންޓު ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނުން މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހުޅުމާލޭ ކެފޭއަށް ގެއްލުންދިނުމާއި މާލޭގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާއި ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިއީ މާލޭގައި ހަރަކާތްތެރިވާ ހަތަރު ގޭންގެއްގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކެއްގެ ސަބަބުން ހިނގަމުންދާ ކަންތައްތަކެއް ކަމަށެވެ.

"ހުޅުމާލޭގައި ވިޔަފާރި ހިންގާ ތަނަކަށް އަމާޒުކޮށް ގެއްލުންދިން ދިނުމަކީ، މަސްއޮޑިއޭ ކިޔައިގެން އުޅޭ ބަޔަކާއި ވައިކަންމައްޗޭ ކިޔައިގެން އުޅޭ ބައެއްގެ މެެދުގައި ޖެހިގެން އުޅޭ މައްސަލަ އަކާއި ގުޅިފައިވާ ކަމެއް" ހަމީދު ވިދާޅުވި އެވެ.

މާރާމާރީތަކުގައި ހަރަކާތްތެރިވާ މީހުން މާލެތެރޭގައި ހަރަކާތްތެރިވަނީ ހެލްމެޓު އަޅައި، ދުއްވާ ސައިކަލުގެ ނަންބަރު ޕުލޭޓް ބަދަލުކޮށްގެންކަން ކަމަށް ހަމީދު ވިދާޅުވި އެވެ.

މި މާރާމާރީތަކަށް ފަހުން ފުލުހުން ބުނެފައިވަނީ ހެލްމެޓް އެޅުން މަޖުބޫރު ނޫން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އުޅޭ މީހުން ބަލައި ފާސްކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox