ހުލާސާކޮށް އިއްޔެ: އެޗްޑީސީގެ ނަމުގައި ފޭކް މެސެޖްތަކެއް

Mar 5, 2023, 1:26 AM
އެޗްޑީސީގެ މައި އޮފީސް އިމާރާތް. -- ފޮޓޯ: އަދަދު

އެޗްޑީސީގެ މައި އޮފީސް އިމާރާތް. -- ފޮޓޯ: އަދަދު

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ފޭކު މެސެޖުތަކެއް ފޮނުވަމުން ދާތީ ސަމާލުވާން އެ ކުންފުނިން އިލްތިމާސްކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެޗްޑީސީގެ ނަމުގައި ގުނަމުން ދަނީ 7240232 ނަންބަރުން ކަމަށާއި، އެ ނަންބަރުން ގުޅައި ޒާތީ މައުލޫމާތާއި ފޯނަށް އަންނަ ކޯޑެއް ހިއްސާކޮށްދިނުމަށް އެދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެޗްޑީސީގެ ނަމުގައި ލިންކުތަކެއް ވެސް ފޮނުވަ އެވެ.

ނަމަވެސް، އެފަދަ ގޮތަށް މެސެޖާއި ފޯނުން ގުޅައި ޒާތީ މައުލޫމާތާއި ފޯނަށް އަންނަ ކޯޑެއް ހޯދަން އެ ކުންފުނީގެ ފަރާތުން ނުގުޅާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މިފަދަ ކޯލުތައްކޮށް މީހުން އަތުން ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ބައެއް ފަހަރު ފޯނަށް އަންނަ ކޯޑު ހިއްސާކުރުމުން ބޭންކު އެކައުންޓުން ވައްކަންކޮށްފައި ވެސް އެބަހުއްޓެވެ. އަދި ބޮޑެތި ކުންފުނިތަކުގެ ނަމުގައި ލަކީޑްރޯތަކުން އަގު ބޮޑެތި އިނާމު ލިބޭ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަން ވެސް މަސައްކަތްކޮށްފައި އެބަހުއްޓެވެ.

މުހިންމު ބައެއް ހަބަރު

  • ސީރިޔާ އަދި ތުރުކީގެ ބައެއް ހިސާބުތަކަށް މިދިޔަ މަހު އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ކަމަށް ބުނެ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ނަން ބޭނުން ކުރަމުންދާތީ އެގޮތަށް ކަންތައް ނުކުުރުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.
  • ވިލިމާލޭގައި ކޮމާޝަލް އިމާރާތެއް އެޅުމަށް ރެޑްވޭވަށް ބިމެއް ދޫކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ބުންޏެވެ.
  • ހދ. ވައިކަރަދޫ ކައުންސިލުން ހުސްވި އަންހެން ކައުންސިލަރުގެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަން ބޭއްވި ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީ އާއި އެ ކޯލިޝަންގައި ދެން ހިމެނޭ އަދާލަތު ޕާޓީން ވާދަކޮށް އެ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރި އެވެ.
  • ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިއްޔެ ފުރާވަޑައިގެންނެވި އެވެ.
  • ދެ މީހަކަށް ތޫނު ހަތިޔާރަކުން ހަމަލާދީ، އެއިން އެކެއްގެ އިނގިލީގައި ދަތް އަޅައި އިނގިލި ބުރިކޮށްލި ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކުރި އެވެ.

ދުވަހުގެ ކޯޓޭޝަން

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، އެމްއާރުއެމްގެ ރައީސަކަށް މިހާރު ހުންނެވި އަހުމަދު ފާރިސް މައުމޫން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ

ވަކި ބޭފުޅަކު ވަކި ކޮޅަކަށް ހުންނެވީކީއެއް ވެސް ނޫން، ޕާޓީގެ އެކްސްކޯގައި ތިއްބެވި ބޭފުޅުންގެ ވެސް ހިޔާލުތައް އެބަ ހުރި ދެކޮޅަށް ވެސް، މިހާރު އޮތް ހާލަތާއި ސަރުކާރުގައި އޮތް ހިތްހަމަޖެހުންތަކާއި ހިތްހަމަނުޖެހުންތައް ވެސް ކޮންމެ ބޭފުޅެއްގެ ވިސްނެވުމުގައި ވެސް އެބަ ހުންނެވި،"

ދުވަހުގެ ފޮޓޯ

އުރީދޫން ބޭއްވި ސްޓެމް ފެއާގެ ފަނޑިޔާރުންގެ ވޯޓުން އެންމެ މަތިން މާކްސް ހޯދައިގެން އެއްވަނަ ލިބުނު އިސްކަންދަރަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އިނާމު ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އުރީދޫން ބޭއްވި ސްޓެމް ފެއާގެ ފަނޑިޔާރުންގެ ވޯޓުން އެންމެ މަތިން މާކްސް ހޯދައިގެން އެއްވަނަ ލިބުނު އިސްކަންދަރަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އިނާމު ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އުރީދޫން ބޭއްވި ސްޓެމް ފެއާގެ ފަނޑިޔާރުންގެ ވޯޓުން އެންމެ މަތިން މާކްސް ހޯދައިގެން ފެއާގެ އެއްވަނަ ލިބުނު އިސްކަންދު ސްކޫލަށް، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އިނާމު ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox