ހުލާސާކޮށް އިއްޔެ: ލެކްޗަރާއިންނަށް އުފާވެރި ހަބަރެއް

Mar 3, 2023, 1:00 AM
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ: ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ވަނީ ބޮޑުކޮށްފައި. -- ފޮޓޯ: އަދަދު

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ: ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ވަނީ ބޮޑުކޮށްފައި. -- ފޮޓޯ: އަދަދު

ސަރުކާރު ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސަންޓަށް އިތުރުކޮށްފައިވާ ކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ އިއުލާނު ކުރެއްވެވި އެވެ.

ތ. ހިރިލަންދޫ ސްކޫލްގެ 71 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުސާރައިގެ މި ކުރިއެރުމާއެކު، އާންމު ލެކްޗަރާއިންނަށް ކުރިން ލިބެމުން އައީ 18،680ރ. ކަމަށް ވިޔަސް މި މަހުން ފެށިގެން އިތުރު ވަގުތުގެ ފައިސާ ނުހިމަނައި، 29،900ރ. ލިބޭނެ ކަމަށެވެ.

"މިއީ 59 އިންސައްތައިގެ ކުރިއެރުމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސީނިއާ ލެކްޗަރާއަކަށް ކުރިން 20،830ރ. ލިބުނު ނަމަވެސް، މި މަހުން ފެށިގެން 34،000ރ. ލިބޭނެ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ޔުނިވާސިޓީތަކުގެ އެހެން ސީނިއާ މަގާމުތަކުގައި ތިބި ޕްރޮސެފަރުންނާއި ލެކްޗަރާއިންގެ މުސާރައަށް ގެނައި ބަދަލު އިއުލާންކުރެއްވި އެވެ.

titledesc

ލެކްޗަރާއިންގެ އިތުރަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ ވެސް އަންނަ މެއި މަހުން ފެށިގެން ބޮޑުވާނެ ކަމަށް، މިދިޔަ މަހު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ސިއްހީ ދާއިރާގެ އިތުރުން ބައެއް އެހެނިހެން މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މެއި މަހުން ފެށިގެން އެލަވަންސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު ޓީޗަރުންގެ މުސާރަ ވެސް ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ. ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި، އެޑިއުކޭޝަން ޕްރޮފެޝަނަލްސްގެ މުސާރަ، ގާތްގަނޑަކަށް 50 ޕަސެންޓަށް ކުރިއެރުން ގެނެސްފައިވެ އެވެ.

މުހިންމު ބައެއް ހަބަރު

  • ސަރުކާރުން ގެންނަ ތަރައްގީގެ މަޝްރޫއުތައް ރާވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދިމާކޮށް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
  • ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަނުގެ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވައިފި އެވެ.
  • ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ހަތަރު މީހަކު ކުރިމަތިލައިފި އެވެ.
  • ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަނުގެ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވައިފި އެވެ.
  • ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އެއްވެސް ސަރުކާރެއްގައި ނާޖާއިޒު ފައިދާ ހޯދާފައިވާ އަދި އެކަމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ވެސް ނޫން ކަމަށް އެ ޕާޓީން ބުނެފި އެވެ.
  • ޓީ-ޖެޓީ އާއި ނޯތު ހާބަރުން ދޭ ހިދުމަތްތަކުގެ އަގަށް ގެނައި ބަދަލާއެކު، ހިދުމަތް ދިނުމުގައި ލަސްނުވާނެ ފަދަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން އަގަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރަން އެމްޕީއެލުން ނިންމައިފި އެވެ.

ދުވަހުގެ ކޯޓޭޝަން

މްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ އެއްވެސް ސަރުކާރެއްގައި ނާޖާއިޒު ފައިދާ ހޯދާފައިވާ އަދި އެކަމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ވެސް ނޫން ކަމަށް އެޕާޓާނީ ތަރުޖަމާނު އަލީ ސޯލިހު އިއްޔެ ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން އިތުރަށް އޭނާ ވިދާޅުވީ؛

އެފަދަ މުއާމަލާތެއް ކުރުމުގެ ވިސްނުންފުޅެއް ދުވަހަކު ވެސް ނުގެންގުޅުއްވަ އެވެ. އެފަދަ މުއާމަލާތެއްގެ މުގާބިލުގައި އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކުރެއްވިކަން އެއްވެސް އިރަކު ފެންނާކަށްވެސް ނެތެވެ،"

ދުވަހުގެ ފޮޓޯ

ގޯލްޑެން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ގޯލްޑެން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގޯލްޑެން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox