ހެލްމެޓް އަޅަން ނުޖެހޭ ސަރަހައްދުތަކުގައި އަޅާނަމަ ފުލުހުން ފާރަވެރިވާނެ

މާލޭގައި ހެލްމެޓް އަޅައިގެން ދުއްވާ މީހެއް؛ އަޅަންނުޖެހޭ ސަރަހައްދުތަކުގައި ހެލްމެޓް އަޅާނަމަ ފާރަވެރިވާނެ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު

މާލޭގައި ހެލްމެޓް އަޅައިގެން ދުއްވާ މީހެއް؛ އަޅަންނުޖެހޭ ސަރަހައްދުތަކުގައި ހެލްމެޓް އަޅާނަމަ ފާރަވެރިވާނެ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު

ހެލްމެޓް އެޅުން ލާޒިމު ކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން ދުއްވާނަމަ ފާރަވެރިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަޅަން ނުޖެހޭ ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަމަށެވެ.

އަދި މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގަިއ ބުނީ ކާކުކަން ވަންހަނާކޮށްގެން ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ފުލުހުން މިހެން ބުނެފައިވާއިރު، ދާދި ފަހުން ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމް ކެފޭ ފުނޑާލާފަ އެވެ.

މޫނު ފޮރުވައިގެން ގޮސް ކެފޭއަށް ގެއްލުން ދިން މައްސަލާގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން "އަދަދު"އަށް ވިދާޅުވީ ކެފޭއަށް ގެއްލުންދީ އެ ކެފޭ ފުނޑާލީ މާލޭގައި ހަރަކާތްތެރިވާ އެހެން ދެ ގޭންގެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

"ހުޅުމާލޭގައި ވިޔަފާރި ހިންގާ ތަނަކަށް އަމާޒުކޮށް ގެއްލުންދިން ދިނުމަކީ، މަސްއޮޑިއޭ ކިޔައިގެން އުޅޭ ބަޔަކާއި ވައިކަންމައްޗޭ ކިޔައިގެން އުޅޭ ބައެއްގެ މެެދުގައި ޖެހިގެން އުޅޭ މައްސަލަ އަކާއި ގުޅިފައިވާ ކަމެއް" ހަމީދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ހެލްމެޓް އަޅައިގެން މޫނު ފޮރުވައިގެން ގޮސް ވައްކަމާއި ފޭރުމުގެ އެކި ކުށްތަކަށް އަރައިގަނެފައިވާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.

ހެލްމެޓް އެޅުން ލާޒިމުކޮށްފައިވާ ސަރަހައްދުތައް ނޫން ސަރަހައްދުތަކުގައި ހެލްމެޓް ނޭޅުމަށް ފުލުހުން އިލްތިމާސްކޮށްފައިވާއިރު، 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ހެލްމެޓް އެޅުން ލާޒިމުވާނެ އެވެ. އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑެއް ހަރުކޮށްފައި ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox